އިލްމުވެރިންގެ %87 ތާއީދު ޑރ.މުޢިއްޒަށް, ރައީސަށް %4

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ “އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާގައި ތިއްބަވާ އިލްމުވެރިންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވޯޓެއް ނަގައިފިއެވެ.

“އިލްމުވެރިންގެ ގުޅުން“ ޖަމްއިއްޔާއަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާގައި 150 އަށްވުރެ ގިނަ އިލްމުވެރިން ތިއްބަވައެވެ.

އެ ޖަމްއިއްޔާއިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ ދިރާސީ ރިޕޯޓެއް ހަދާފައެވެ. އެ ދިރާސާގެ ހޯދުންތަކާބެހޭ މައުލޫމާތު އެ ޖަމްއިއްޔާގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިންނަށް ހުށަހެޅުމުގެ ކަންކަން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެ އިލްމުވެރިއަކަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓުލުމުގެ ކަންކަން 24 ގަޑިއިރަށް ކުރިއަށް ގެންގޮސްފައިވާއިރު, ވޯޓުގައި ބައިވެރިވެވަޑައިގަތީ 105 އިލްމުވެރިއެކެވެ.

އޭގެތެރެއިން އެންމެ ގިނަ ބޭފުޅުންނަށް އެންމެ ރަނގަޅު ކެންޑިޑޭޓެއް ކަމަށް ފެނިވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 87 (%82) ވޯޓެވެ. ޢުމަރު ނަޞީރު 9 (%8) ވޯޓު ލިބިވަޑައިގެންނެވިއިރު, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 5 (%4) ވޯޓެވެ.

ޤާސިމް އިބްރާހިމާއި އަޙްމަދު ފާރިސް މައުމޫނާއި އިލްޔާސް ލަބީބާއި މުޙައްމަދު ނާޒިމް މި ހަތަރު ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަތީ 1 ވޯޓެވެ. ޙަސަން ޒަމީލަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވައެވެ.

Loading

2 Responses

  1. ދިރާސާ ރިޕޯރޓް ހަދާނެ ބަޔަކު ތިބީ މިލިއަނެއްހާ ރުފިޔާ ދީގެން އުފައްދާފައޭ ބުނާތީ އަޑު އިވެއެވެ. އެހެންނާފަހެ ރައްޔިތުންނަށް ޚިދުމަތްކުރަންނިކުމެ އުޅޭއިރު ދެއަކުރު ދޭތެރޭ ވަކި މީހަކު ރައްކާތެރިކޮށް ވަކިމީހަކުގެ ސިޔާސަތ ތަންފީޒުކުރަން ހަރު އަޑުން ވިދާޅުވަމުން ގެންދިއުމަކީ އަމިއްލަ ވިސްނުމުގައި ހުރި ވަރަށްބޮޑު ހުސްކަމެއް ހާމަކުރުން ކަމުގައި ނޫނީ ނުބެލެވޭނެއެވެ. ރައްޔިތުންގެ ވެރިކަން ލިބިއްޖެނަމަ އެ ރައްޔިތުންގެ ހައްގުތައް އަދާކުރުމުގައި އަމިއްލަ ސިކުނޑީގައި އޮތް އަމިއްލަ ވަންތަ ސިޔާސަތެއް ގެންގުޅުއްވާނަމަ ތާއީދު ކުރުން ރަނގަޅެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް