ރަޝިއާގެ ވަގްނާ ގްރޫޕުން ބަޚްމޫތު ހިފާފައިވާކަމަށް ބުނެފި

ރަޝިއާގެ އަމިއްލަ އަސްކަރީ ޖަމިއްޔާއެއްކަމަށްވާ ވަގްނާ ގްރޫޕުން އެތައް މަހެއްގެ ތަޅާފޮޅުމާއި ހަނގުރާމައަށްފަހު އިރުމަތީ ޔޫކްރޭނުގެ ބަޚްމޫތު ސިޓީ ހިފާފައިވާ ކަމަށް އެ ޖަމިއްޔާގެ ޗީފް ޔެވްގެނީ ޕްރިގޯޖިން ހޮނިހިރު ދުވަހު ބުނެފިއެވެ.  ”ބަޚްމޫތް ހިފުމުގެ މަސައްކަތް 224 ދުވަހަށް ދެމިގެންދިޔަ.“ ކާމިޔާބީ ފާހަގަކޮށް ޓެލެގްރާމުން ފޮނުވި ވީޑިއޯއެއްގައި ވާހަކަދައްކަމުން ޕްރިގޯޖިން ބުނާއަޑު އިވެއެވެ.  ސޯވިއެޓް ރަޝިއާއިން ބަޚްމޫތުއަށް ކިޔާއުޅޭ ނަން ބޭނުންކޮށް، ކްރެމްލިން އާއި ހަވާލާދީ ރަޝިއާގެ ސްޓޭޓް ނިއުސް އޭޖެންސީ، ޓީއޭއެސްއެސް އިން ރިޕޯޓުކޮށްފައިވަނީ، […]

ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ 10 ކަމެއް!

ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ކަންބޮޑުވާނަމަ ކުރަން އެންމެ ރަނގަޅުކަމަކީ ނަފްސާނީ ބަލީގެ ތަޖުރިބާކާރެއްގެ އެހީ ހޯދުން ކަމުގައިވީ ނަމަވެސް، ނުދަންނަ ފަރާތަކާއި ވާހަކަދެއްކުމަކީ އެންމެ ފަސޭހަކަމެއްކަމުގައި ނުވެދާނެއެވެ.  އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ. ކަސްރަތުކުރުމާއި، ކެއުމާއި، ނިންޖަށް ސަމާލުވުން ތިމާގެ ޚިޔާލުތަކާއި އިޙްސާސްތަކަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ހީކުރުމަކީ ކުށްހީއެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ދެކަމެވެ. މިގޮތުން، ކަސްރަތުކުރުމުން މީހާގެ ”މޫޑް“ ނުވަތަ އެވަގުތަކު ހުންނަ […]

“ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީ ރަޖިސްޓްރީކުރަން  ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އާ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. އާ ޕާޓީ ހަދަން ހުށަހެޅީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައެވެ. ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ކިތައް ފޯމުކަމެއް އަދި ސާފެއް ނުވެއެވެ. އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން […]

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ސޮއިކޮށްފިން: ނާޒިމް

ޗާގޯސް ކޯލިޝަން މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީއިން  ’ނާޒިމް ބުނީ ކީކޭ؟‘ ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ދެއްކެވި ވާހަކައިގައެވެ. ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ކޯލިޝަނުގައި އެމްއެންޕީގެ އިތުރުން ހިމެނެނީ ޕީޕީއެމް/ޕީއެންސީ, ޖޭޕީއާއި ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން” ފެކްޝަނާއި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރާއި […]

އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން މަނާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ރަޝިއާ ސަރުކާރުން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތުންނަށް ރަޝިއާއަށް އެތެރެނުވެވޭ ގޮތަށް މިހާރު ވަނީ މަނާކޮށްފައެވެ. އެ ގައުމުގެ މި ނިންމުމަކީ ވޮޝިންގްޓަނުން ނެރުނު އަމުރުތަކާއި ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެއެވެ.  ”ރަޝިއާ ސަރުކާރާ ދެކޮޅަށް ބައިޑެން ސަރުކާރުން ނެރުނު އަމުރުތަކާ ގުޅިގެން […]

އިޓަލީ: 6 މަހުގެ ވާރޭ 36 ގަޑިއިރުގެ ތެރޭގައި!

މިދިޔަ ހުކުރު ދުވަހު އިޓަލީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައިނަލްއަގުވާމީ އެހީތެރިކަން ދީފައިވާއިރު، މި ކާރިސާ ސިފަކޮށްފައިވަނީ ފާއިތުވި ގަރުނުގައި އިޓަލީއިން ދުށް އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާގެ ގޮތުގައެވެ. މި ކާރިސާއާއި ގުޅިގެން 14 މީހުން މަރުވެފައިވާއިރު، ފެންވަދެފައިވާ ގެތަކާއި އިވެކިއުއޭޝަން ސެންޓަރުތަކުގައި އެތައް ހާސް ބަޔަކު ތާށިވެފައިވެއެވެ.  ފެންބޮޑުވެފައިވާ ސަރަހައްދުގައި ހުރި ގެތަކުން މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ. 

ފުރަތަމަ ކުއާޓާގައި 10,000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި 10,000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގައި 10,617 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ. ސްޓިކާ ޖެހި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 5093 ސައިކަލާއި 3979 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 107 ޖިޕާއި 111 ޓްރަކެވެ. މީގެއިތުރުން ގަވާއިދާ ޚިލާފުވެގެން 543 ސައިކަލަކާއި 40 ކާރާއި 13 ބައިސްކަލާއި 08 ޕިކަޕާއި 7 ވޭނާއި […]

ފޯޅަވަހީގެ ނަމުގައި ސިޔާސީ ދެބޯގެރި ދުއްވުން

މިދުވަސްވަރު ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކަށް ފޯޅަވަހީގެ ވާހަކައަށް މިވަނީ ވެފައެވެ. ކުރިމަތީގައި އޮތް ބޮޑު އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅޭގޮތަށް ދެބޯގެރި ދުވާނެ ރަނގަޅު ވާހަކައެއް ފާޅުވީމައެވެ.  ފޯޅަވަހި ދިވެހިންގެ ތަނަކަށް ހެދުމަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކުރާނެކަން ހޭދަވާ ޢިބާރާތްތައް ސިޔާސީ ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ. މިއީ އެކަހަލަ ވާހަކަ ދައްކަން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ކަންކަމުގެ ޙަގީގަތް އޮޅޭގޮތަށް އިންތިޚާބު ކާމިޔާބުވުމުން ނުކުރާނެ ކަމަށް ހިތްނިޔަތް ގަނެފައިވާ ކަންތައްތައް ކުރާނެކަމަށް ވަޢުދު ވުމަކީދެކެފާވާ މަޒީގައި ސިޔާސީ ބޭފުޅުންގެ ފަލްސަފާއެވެ.   […]

“މިލޮސޮވިޗްގެ ކަޅު ދަބަސް“

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދަށްވުރެ ނުބައިނުލަފާ ޣައްދާރެއް މި ރާއްޖެއަކު ނުހުންނާނެ ކަމަށާއި އޭނާއަކީ “މިލޮސޮވިޗްގެ ކަޅު ދަބަސް“ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ 19 ވަނަ މަޖިލީހުގައި އެންމެ ފުރަތަމައަށް ކުރި މަސައްކަތަކީ މަސްވެރިކަމާ ބެހޭ ގާނޫނެއް އެކުލަަވައިލުން ކަމަށާއި, އެ ގާނޫނުގައި އޮފްޝޯ ޕްލެޓްފޯމްތައް އެޅުމުގެ ވާހަކައާއި ދިވެހިރާއްޖޭގެ […]

އިންޑިޔާގެ ނަސްލީ ނިރުބަވެރިކަން: ޙައްލަކީ ހަމައެކަނި ވަކި ސްޓޭޓެއް ލިބުން

އިންޑިއާގެ އިރު އުތުރު ސްޓޭޓެއްކަމުގައިވާ މަނިޕޫރުގެ ބައެއްގެތައް މިހާރު ފެންނަނީ އަޅިފުންޏެއްގެ ގޮތުގައެވެ. ހަމަ އެއާޖެހިގެންހުރި ގެއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މިއީ މިހާރު އިންޑިޔާގެ މަނިޕޫރު ގައި އުފެދިގެން އުޅޭ ނަސްލީ ދެކޮޅުވެރިކަން އެންމެ ރަނގަޅަށް ސިފަކޮށްދެވޭނެ ގޮތްކަމުގައި އަމްރިތު ދިލޯން ރިޕޯރޓްކޮށްފައި ވެއެވެ. މި ދެކޮޅުވެރިކަމުގައި މިހާތަނަށް ހަތްދިހަވަރަކަށް މީހުން މަރާލެވި ތިރީސްހާސްމީހުން ވަނީ ވިއްސިވިހާލި ކުރުވާފައެވެ. މި ލޭ އޮހޮރުވުން ފެށިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި ދެކޮޅުވެރިކަން ހަމަޔަކަށް އެޅޭނެ ގޮތެއް އަދި ދުވަހެއްވެސް ނޭގެއެވެ. ކާބޯތަކެތި ލިބޭނެ ގޮތެއް […]