މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކޮށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް
ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަގޮތަކަށް ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި، ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ […]
ހުޅުމާލޭގައި ކުރިއަށްގެންދާ ތަމްރީނުގައި ޖަހާ ބަޑީގެ ވަޒަން ދަތުރުކުރާނީ 11 ނޯޓިކަލް މޭލު ބޭރުން: އެމްއެންޑީއެފް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ”އެމް.އެން.ޑީ.އެފް“ އިން ހުޅުމާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ އަސްކަރީ ތަމްރީނުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފްއިން ބުނީ މިތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 06:00 އިން 17:30 އަށް ކ. ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ […]
ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވަނީ
ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވިދާޅުވީ މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފައިވާ ކަމަށެވެ. މިއީ މާރުކޭޓު ސަރަހައްދަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށާއި މި ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އެއް އިމާރާތަކަށް […]
ފަރެސްމާތޮޑާ ވެއްޔަށް ބޭނުންވެފައި ވަނިކޮށް ފުވައްމުލަކަށް ވެލިގެންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި
ގދ. ފަރެސްމާތޮޑާ ރަށްޔިތުން އެރަށުގެ އެކި ކަންކަންމަށް ވެލި ބޭނުންވެ އެކަމުގެ މަޝްވަރާތަށް ސަރުކާރުގެ އިދާރާތަކާ ކޮށްފައި ވަނިކޮށް އެރަށުގެ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށު ފުޓުބޯޅަ ދަނޑަށާއި އަދި ރަށް ހިއްކުމަށް ބޭނުންވާ ވެލި ބޭނުންވެފައިވާއިރު އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. “ ފަރެސްމާތޮޑާ ފުޓްބޯޅަދަނޑު ރަނގަޅު […]
ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ. ޝާޒް މެންބަރުކަމުގެ ހުވާކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރިމަތިފުޅުގައި ޝާޒްއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ޝުޖޫންއެވެ. ޝާޒް މެންބަރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ބޭއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި […]
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ މި މަހުގެ 12 ދުވަހު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ […]
ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފި
ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފިއެވެ. 600 އެއްހައި މީހުން ދިރިއުޅޭ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމެއް ވީދައިލީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިދިޔަ އޮކްޓޫބަރު މަހުގައި ވެސް ވަނީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން ދިހަވަރަކަށް ޚަތިމް ވީދައިލާފައެވެ.
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ ރޭ 23:02 ހާއިރު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ […]
“ޓިނެޓަސް” އާއި ކޯވިޑް-19 ވެކްސިންއާ ގުޅުމެއް ވޭތަ؟
ކަންފަތުގެ ބައްޔެއް ކަމައްވާ ޓިނެޓަސް ނުވަތަ ކަންފަތުގައި އަޑެއް ހުރުމާއި ކޯވިޑް-19 ގެ ވެކްސިނާ ގުޅުމެއްވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއްޖެއެވެ. ވެކްސިން ޖެހި ގިނަ ޢަދަދެއްގެ ބަޔަކު މި ބަލި ހުރި ކަމަށް ބުނަމުންދާއިރު މިހާރު ސައިންވެރިންދަނީ މިކަމުގެ ހަޤީޤަތް ހޯދުމައް މަސައްކަތް ކުރަމުންނެވެ. ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ޕްރޮފެސަރެއް ކަމުގައިވާ ޝާއޯވެން ބާއޯ ވިދާޅުވަނީ މީ ތެދު ޚަބަރެއް ކަމުގައިވާނަމަ ކޯވިޑްގެ ވެކްސިންގެ ސަބަބުން ސިކުނޑީގެ ފަށަލައެއް ނުވަތަ މައިބަދައިގެ ފަށަލައެއް ދުޅަވުން އެކަށީގެންވާ […]
ހަންޏާސް ވިމެންސް ފުޓްސަލް ކަޕް ކާމިޔާބު ކަމާއެކު ނިންމާލައިފި، ޗެމްޕިއަންކަން ޓީމް އަސުރުމާއަށް!
ހަންޏާސް ވިމެންސް ފުޓްސަލް ކަޕް 2023 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ، އދ. ހަންޏާމީދޫގެ ކްލަބް ޖަމިއްޔާއެއްކަމަށްވާ ”ހަންޏާސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް“ގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން މި އަހަރުގެ ފިތުރު އީދު ދުވަހާ ދިމާކޮށް ބޭއްވި މުބާރާތެވެ. މިއީ ހަންޏާމީދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ވަޅު އީދު ދުވަހު ހަވީރު ފެށި މި މުބާރާތުގައި ޖުމްލަ […]