އިންޑިޔާ ގުޖުރާތުގެ ޤަތުލުއާންމު – ބީބީސީ
27 ފެބްރުއަރީ 2002 ގައި، ގުޖުރާތުގައި ހިންގި އަނިޔާވެރި ޤަތުލުއާންމު ތަކަށް 21 އަހަރު ވީއެވެ. ނަރެންދުރަ މޯދީގެ ހަތިޔާރު އެޅި ހައްދުފަހަނަ އަޅާފައިވާ ހިންދޫ ޖަމާޢަތްތަކުން މުސްލިމުންގެ އަވަށްތަކުގެ ތެރެއަށް ވަދެ، މަދުވެގެން 3،000 މުސްލިމުން ޝަހީދުކޮށްލައި، އެތަކެއް ހާސް ގެތަކުގައި ހުޅުޖަހައި އަދި އެތައް ހާސް މުސްލިމް އަންހެނުންނާއި އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތެވެ. އެ ހިންދުތުވާ ސުޕްރަމެސީ ޖަމާއަތްތަކުން، މުސްލިމުންގެ ކަރުތެރެއަށް ސާފުތެލާއި، ޕެޓްރޯލް އެޅުމަށްފަހު، ރޯކޮށްފައިވާ އަލިފާން ދަނޑި ކަރުތެރެއަށް އަޅާ، […]
ރައީސް ވިދާޅުވީ އެމްޑީޕީގައި ނަޝީދަށް ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް އިއްޔެ ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުގައި ރައީސް ޞާލިޙް ވިދާޅުވީ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ނަޝީދަށް މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ. “އެކަމެއް ނުކުރެވޭނެ ނޫންތޯ, ނުކުރެވޭނެ.“ “ފިކުރެއްގެ […]
އެމްއެންޑީއެފުގެ ކަމެއް ގޯސްވާއިރަށް އަޅުގަނޑަށް ފާޑުކިޔަނީ އަޅުގަނޑަކީ އަންހެނަކަށްވާތީ: މާރިޔާ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި އޭނާާއަށް ފާޑުކިޔަނީ އަންހެނަކަށްވާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޯމަ ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުންދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސް ޞާލިޙާއެކު އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒަހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅައިފައެވެ. ހިނގަމުންދިޔަ މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުމަކީ އިއްތިފާގެއްކަމަށް ނުބެލެވޭ ކަމަށް ބުނެ މާރިޔާ މަގާމުން ވަކިކުރަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް […]
ބޮޑު ދެ ޕާޓީއަކަށް ނެތް ސޮލިޑްކޮށް ކެންޑިޑޭޓަކު ދެއްކޭކަށް, ކާމިޔާބުކުރާނީ އަޅުގަނޑު: ޢުމަރު
ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް ވެސް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް ނެތް ކަމަށާއި, އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު މިހެން ވިދާޅުވީ “ސަންދާނު“ އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމްގެ ރިޔާސީ […]
ލަންޑަންގައި ހިނގާދިޔަ މުޒާހަރާއަށްފަހު އިނގިރޭސި ޑިޕްލޯމެޓަށް ސުވާލު
ލަންޑަންގައި ހުންނަ އިންޑިއަން ހައިކޮމިޝަން ކައިރީގައި ބަޔަކު ހަމަނުޖެހުން ހިންގުމާއި ގުޅިގެން ނިއުދިއްލީގައި ހުންނަ އިނގިރޭސި ވިލާތުގެ ސިޔާސީ އިސްބޭފުޅަކު އިންޑިއާގެ ޚާރިޖިއްޔާއަށް ގެނުވައިފިއެވެ. އެ މުއައްސަސާއިން ހާމަކުރިގޮތުގައި އިނގިރޭސި ޑިޕްލޯމެޓް ހާޒިރުކުރެވުނީ އިންޑިއާގެ ހައިކޮމިޝަންގައި ސެކިއުރިޓީ ނެތި ދިޔައީ ކީއްވެގެންތޯ އޮޅުންފިލިވުމަށްޓަކައެވެ. ލަންޑަންގެ ވެސްޓްމިންސްޓަރުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންކައިރިއަށް އާދީއްތަ ދުވަހު އެއްވިމީހުންތައް އެ އިމާރާތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅާލިއެވެ. އަދި މިހާދިސާގައި ސެކިއުރިޓީ ގާރޑުންގެ ދެމީހަކު ޒަޚަމްވިއެވެ. އެއްވިމީހުންތަކުގެ ތެރެއިން ފުލުހުންނަށް ކިޔަމަންނުވި މީހަކު ވަނީ ތަހުގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ފަހުން އެމީހާވަނީ […]
އިސްރާއީލުގެ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމު މިދަނީ ހަލާކުގެ މަގުން
http://sandhaanu.today/27989/ އާއި ގުޅޭ ނަތަންޔާހޫގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމާދެކޮޅަށް ކުރަމުންގެންދާ މުޒާހަރާއަށް 11 ހަފްތާ ފުރުނީއެވެ. މުޒާހަރާގެ ބައިވެރިންގެ ބިރަކީ މިހާރު ޕާލަމެންޓުގައި ބަހުސް ކުރެވެމުންދާ ބިލްތައް އެމީހުންގެ އަޣްލަބިއްޔަތާއި އެކު ފާސްވުމެވެ. އެހެންވެއްޖެނަމަ ޝަރުއީ މަރުޙަލާ ތަކުގައި ސިޔާސީ ވެރިންގެ އަތް ގަދަވެގެން ދާނެއެވެ. އޭރުން އިސްރާއީލުގައި ޑިމޮރެސީ ނިތި ދިޔައީކަމަށް މުޒާހަރާގެ ބައިވެރީން ބުނެއެވެ. އުފެދިގެންއުޅޭ މައްސަލަތަކަށް ރަނގަޅު ޙައްލެއް ގެނައުމުގެ ބޭނުމުގައި އިސްރާއީލުގެ ރައީސް އައިޒާކް ހަރޒޯގް ސަރުކާރަށް ތަޖްވީޒެއް ހުށައެޅުއްވިއެވެ. އެހެންނަމަވެސް އެ ހުށައެޅުން ސަރުކާރަށް […]
ގެއްލިގެން ހޯދަން އިއުލާނުކުރި ނާޝިދު ފެނިއްޖެ
ގެއްލިގެން ހޯދަން އިއުލާނުކުރި ކ. މާލެ/ހ.ކޯލީފްލާވަރ, އަޙްމަދު ނާޝިދު (46އ) ފެނިއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ނާޝިދު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ ފުލުހުން އޭނާގެ ފޮޓޯ އާންމުކުރީ މިއަދު 11:47 ގައެވެ. އޭގެ ތިންގަޑިއިރު ފަހުން ފުލުހުން ވިދާޅުވީ ނާޝިދު މިހާރު ފެނިފައިވާ […]
ޗައިނާގެ ރައީސް މޮސްކޯއަށް ވަޑައިގެންފި
ރަޝިޔާއިން ޔޫކްރެއިންގައި ސްޕެޝަލް އޮޕަރޭޝަން ހިންގަންފެށިފަހުންް ޗައިނާގެ ރައީސް ޝީ ޖިންފިން ފުރަތަމަ ފަހަރަށް މޮސްކޯއަށް ވަޑައިގެންފިއެވެ. ރައީސް ޝީ ވަޑައިގަތީ ދެދުވަހުގެ ރަސްމީ ދަތުރު ފުޅެއްގައި ރައީސް ޕޫޓިންއާ މަޝްވަރާ ކުރެއްވުމަށްޓަކައެވެ.އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގުގައި ރައީސް ޝީގެ ދަތުރުފުޅު މިއައީ ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމަ ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރުވެސް ރަޝިޔާއިން ހުސްވާން ކައިރިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޗައިނާއިން ބަރު […]
ސަޢޫދީ ރަސްގެފާނުގެ ދައުވަތު އީރާނުގެ ރައީސަށް
ރޮއިޓާރސް ޚަބަރު ދީފައިވާގޮތގައި އިއްޔެގެ ވަގުތެއްގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ދައުވަތެއް އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ދައުވަތަށް މަރުޙަބާ ދަންނަވާ ކަމަށް އީރާނުގެ ރައީސް އޮފީހުން ހާމަކޮށްފިއެވެ. އެއީ ރައީސް އިބްރާހިމް ރައީސީ ސަޢޫދީ އެރޭބިޔާއަށް ވަޑައިގަތުމަށް ދެއްވި ދައުވަތެއް ކަމާށާއި އެހެންނަމަވެސް ވަކިތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސަލްމާނުގެ ސިޓީފުޅުގައި މާރޗް 10 ގެ އެއްބަސްވުމާމެދު އުފާފުޅުކުރައްވާކަން ހާމުރައްވާފައިވެއެވެ. މި ޚަބަރާބެހޭގޮތުން މަޢުލޫމާތު ސާފުކުމަށް ރޮއިޓާރސް […]
ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މެއިމަހުގެ 05 ގައި
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާ އަންނަ މެއިމަހުގެ 05 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެ ގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމިއެވެ. އެކަމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހެޅުއްވީ އެ […]