އިންޑިޔާ ގުޖުރާތުގެ ޤަތުލުއާންމު  - ބީބީސީ

Loading

Facebook
Twitter
WhatsApp

27  ފެބްރުއަރީ 2002 ގައި، ގުޖުރާތުގައި ހިންގި އަނިޔާވެރި ޤަތުލުއާންމު ތަކަށް 21 އަހަރު ވީއެވެ. ނަރެންދުރަ މޯދީގެ ހަތިޔާރު އެޅި ހައްދުފަހަނަ އަޅާފައިވާ ހިންދޫ ޖަމާޢަތްތަކުން މުސްލިމުންގެ އަވަށްތަކުގެ ތެރެއަށް ވަދެ، މަދުވެގެން 3،000 މުސްލިމުން ޝަހީދުކޮށްލައި، އެތަކެއް ހާސް ގެތަކުގައި ހުޅުޖަހައި އަދި އެތައް ހާސް މުސްލިމް އަންހެނުންނާއި އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތެވެ.

އެ ހިންދުތުވާ ސުޕްރަމެސީ ޖަމާއަތްތަކުން، މުސްލިމުންގެ ކަރުތެރެއަށް ސާފުތެލާއި، ޕެޓްރޯލް އެޅުމަށްފަހު، ރޯކޮށްފައިވާ އަލިފާން ދަނޑި ކަރުތެރެއަށް އަޅާ، އެތައްބަޔަކު ދިރިތިއްބާ އަންދާލިއެވެ. މުސްލިމުންގެ 20،000 އަށްވުރެ ގިނަ ގެދޮރު އަންދާ އަޅިއަށް ހަދާލިއެވެ. 150،000 އަށްވުރެ ގިނަ މުސްލިމުން ބޯހިޔާ ކޮށްލެވޭނެ ގޮތެއް ނެތި މަގުމަތިވެގެން ދިޔަ ގަތުލް ޢާމްއެކެވެ.

މަންޒަރު ދުށް މީހަކު، ”ސިޓިޒަންސް ޓްރައިބިއުނަލްއަށް“ ހެކިބަސްދެމުން ކިޔައިދީފައިވާ ގޮތުގައި އުމުރުން އެންމެ 6 އަހަރުގެ ޢިމްރާން ނަމަކަށް ކިޔާ ކުޑަ ކުއްޖެއްގެ ކަރުތެރެއަށް ފެނުގެ ބަދަލުގައި ޕެޓްރޯލް އަޅާ، ރޯކޮށްފައިވާ އަލިފާން ދަނޑިއެއް އެ ކުއްޖާގެ ކަރުތެރެއަށް އެއްލާލުމުން، އެ މަޢުސޫމު ކުއްޖާގެ ހަށިގަނޑު ބޮމެއް ގޮވާހެން ގޮވައި ކުދިކުދި ވެގެން ދިޔަމަންޒަރު ދުށީމެވެ.

އިންޑިއާގެ ސިޔާސީ މީހެއް ކަމަށްވާ އިޙުސާން ޖަޢުފަރީ، އެ ދުވަހު ހައްދުފަހަނައެޅި ހިންދޫއިން ގާތު، އަންހެނުންނަށް އަނިޔާނުކޮށް ދޫކޮށްދިނުމަށް އެދި އާދޭސް ކުރުމުން، އޮރިޔާންކޮށް ގަންހިންގުވައި، ”ޖޭ ޝްރީ ރާމް“ ކިޔުމަށް އަމުރުކުރިއެވެ.

އެއަށްފަހު، އޭނާގެ ބޯ ކަނޑާލުމަށްފަހު، އަލިފާންގަނޑަކަށް އެއްލާލައި އަނދާލީއެވެ. އަދި އޭނާގެ ގެއަށް ވަދެ، އޭނާގެ ޢާއިލާވެސް އަންދާލީއެވެ. އޭގެ ތެރޭގައި ކުޑަ ދެ ފިރިހެން ކުދިންވެސް ހިމެނެއެވެ.

ނަރޯޑާ ޕަޓިއާލާގެ ސާއިރާ ބާނޫ، އެ ދުވަހު ހައްދުފަހަނައެޅި ހިންދީއިން ހިންގި ލާއިންސާނީ ޢަމަލުތައް ކިޔައިދެމުން ބުނެފައިވެއެވެ. ”އެމީހުން އަހަރެންގެ ފަހަރީގެ ކޮއްކޮ، ކައުސަރ ބާނޫއަށް ކުރި އަނިޔާއަކީ ބިރުވެރި އަދި ނަފްރަތުކަން ބޮޑު އަނިޔާއެކެވެ.

އޭރު އޭނާގެ ބަނޑަށް ނުވަ މަސް ވެއްޖެއެވެ. އެމީހުން އޭނަގެ ބަނޑު ކަނޑިއަކުން ފަޅާލާފައި، އޭނަގެ ދަރިފުޅު ނެގުމަށްފަހު އަލިފާންގަނޑެއްގެ ތެރެއަށް އެއްލާލިއެވެ. އަދި އެއަށްފަހު، އެމީހުން އޭނަވެސް އަންދާލިއެވެ.“

ގުޖުރާތުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ކަނޑި ބެހުމާއި، މުސްލިމުންގެ ޢިއްފަތްތެރިކަން ފޭރުމަށްފަހު މަރާލުމަށް ގިނަ ބަޔަކަށް ބާރުއެޅުމުގެ ކުށް، ގުޖުރާތުގެ ކުރީގެ މިނިސްޓަރު މާޔާ ކޮޑްނާނީގެ މައްޗަށް ސާބިތުވި އެވެ. ސުވާލަކީ ލާއިންސާނީ ޢަމަލު ހިންގުމަށް އޭނާއަށް އިރުޝާދު ދިނީ ކާކު ހެއްޔެވެ؟

އިންސާނިއްޔަތާއި ދެކޮޅަށް ނަފްރަތު އުފެދޭ ޖަރީމާތައް ހިންގުމަށް ހައްދުފަހަނައެޅި ހިންދީ ޖަމާޢަތްތަކަށް އިރުޝާދު ދިނީ ކާކުކަން، އަޅުގަނޑުމެންނަށް އެނގެއެވެ. ގޫގުލް ސާރޗް ކޮށްލުމުންވެސް އެ ގަތުލު ޢާމްގެ އެންމެ އިސްވެރިޔަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީކަން އެނގެން އޮތެވެ. ގުޖުރާތުގެ ގަތުލުޢާމް އާއި ގުޅިގެން މޯދީ އަކީ ޓެރެރިސްޓެއްކަމަށް ޢިއުލާނުކުރެވި ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާއަށް އޭނާ ދަތުރުނުކުރެވޭގޮތަށް ހަމަޖެއްސިއެވެ.

ނަމަވެސް އިންޑިޔާގެ ބޮޑުވަޒީރުކަން ލިބުމާއިއެކު ޑިޕްލޮމެޓިކް ޢިނާޔަތް ލިބޭތީ ޓެރެރިސްޓް ލިސްޓުން މޯދީގެ ނަން މިހާރުވަނީ އުނިކުރެވިފައެވެ. ސުވާލަކީ ޓެރެރިސްޓެއްގެ ނަން ލިސްޓަކުން ނެގުމަކުން ޓެރެރިސްޓެއްގެ ވިސްނުމާއި ފިކުރަށް ބަދަލު އަތުވެދާނެތޯއެވެ؟

މިއަދު އިންޑިއާގެ ބާރުގެ އެންމެ މަތީ ދަރަޖައަށް ވާސިލްވެގެން ހުރި ކަމުގައިވިޔަސް  ގިނަބަޔަކު އަދިވެސް ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ދުވަހަކުން، އޭނާގެ އެ އަނިޔާވެރި ޖަރީމާތަކުގެ މައްޗަށް އޭނާ ޖަވާބުދާރީ ކުރެވޭނެ ދުވަހެއް އަންނާނެއެވެ.

އިންޑިޔާގެ އެންމެބޮޑު މުސްލިމް ޖަމާޢަތުން ބުނިގޮތުގައި މިހާރު ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އިންޑިއާގެ ޝަރުޢީ ނިޒާމު ހައިޖެކް މޯދީ ހުންނެވި ކަމުގައިވިޔަސް، އެފަދަ އަނިޔާވެރިންގެ މައްޗަށް ނަސްރުދެއްވާ އިލާޙްގެ ޢަދުލުގެ ނިޒާމުން މި ހައްދުފަހަނައެޅި އަނިޔާވެރިއާއި އޭނާގެ އެނުލަފާ ބައިވެރީން ސަލާމަތެއް ނުވެވޭނެ ކަމަށެވެ.

ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި ދެއްކުން ކިތަންމެ ވަރަކަށް މަނާކުރިއަސް، މި ޙަގީގަތެއް ނުފޮރުވޭނެ ކަމަށެވެ. އެހެނީ މިއީ ރޯމާ ދުވާލު މޯދީ އިސްވެހުރެގެން ހިންގާފައިވާ ލާއިންސާނީ ބޮޑު ޓެރެރިޒަމްގެ ޖަރީމާއެކެވެ. ބުނެވޭގޮތުގައި މޫސާގެފާނުގެ ޒަމާނުގައި ޔަހޫދީން ލައްވާ ގެރިއަށް އަޅުކަން ކުރުވި ސާމިރީއަކީވެސް އިންޑިއާއިން މިސްރަށް ގޮސް އުޅުނު ހިންދީއެކެވެ.

އެހެންކަމުން، މި ހިންދުތުވާ ޖަމާޢަތަކީ މިއީ ޔަހޫދީންނަށްވުރެވެސް ނުބައިކަންބޮޑު ބައެކެވެ.

ލޮބުވެތި ރައްޔިތުން ނިކަން ވިސްނާ ފިކުރު ކޮށްބަލަށެވެ.

ބީބީސީގެ މިޑޮކިއުމެންޓެރީ ބަލާލުމަށްފަހު އަޅުގަނޑު ހިތައްއެރީ ސަހަރޯއެވެ! މިއަދު މި ކުޑަކުޑަ ސައްތައިން ސައްތަ މުސްލިމް ދިވެހި ދައުލަތްވެސް ގޮތް ނިންމަން ޙަވާލުކުރެވިފާތިބީ އެބުނެވިދިޔަ ހަރުކަށި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ހަރުކަށި ހިންދުތުވާ ޖަމާޢަތުގެ މީހުންކަމެވެ. ދިވެހިގައުމު އަބަދުގެ އަބަދަށްމެ ސަލާމަތާއި ރައްކާތެރިކަންމަތީ ލަހަށްޓަވާށިއެވެ. އާމީން!

Loading

2 Responses

  1. މޯޑީ ޢަކީ ވަލު ކުއްތާއެއްގެ ދަރަޖައިގެ ޖަނަވާރެއް. އެ ޖަނަވާރަށް ހަލާކު ހުރި. 😡 އާމީން

  2. މިވަރުގެ މީހަކާއި އިދެގެން ސޯލިޙު ސަރުކާރު އެ އުޅެނީ. ހުރިހާ މުއުމިނުންނީ އަޚުންނޭ ކިޔާ ރޮއިރޯފާ އަދާލަތުގެ އިމްރާނާއި އިޔާޒްވެސް އެ ގެރި ވޯޝިޕާރގެ ފޫކޮޅުގައި……… އަޅެ ހެޔޮވަނީ ކިހިނެއް. އިންޑިޔާގެ މުސްލިމުންގެ ދިވާގުގައި ބަހެއް ބުނެލަންނުކެރި މިފަދަ ނުލަފާ
    މި މީހުންނާއި ބަޢަލްދީރުކޮށް ހަމަ ހެވިފާ. ވޯޓުން މިސަރުކާރު ބަލިވެގެން އިންޑިޔާގެ ޢުދުވާނުން ސަލާމަތްވާންޖެހޭނެއެވެ. އެކަން ކުރެވޭނީ މިހާރު ފެންނަން މިއުޅޭ ސިޔާސީ ކޫޑިގެތަކަށް ނޯ އޭ ބުނާ ޔާމީނު އަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް