އެމްއެންޑީއެފުގެ ކަމެއް ގޯސްވާއިރަށް އަޅުގަނޑަށް ފާޑުކިޔަނީ އަޅުގަނޑަކީ އަންހެނަކަށްވާތީ: މާރިޔާ

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި އޭނާާއަށް ފާޑުކިޔަނީ އަންހެނަކަށްވާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުންދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސް ޞާލިޙާއެކު އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒަހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅައިފައެވެ.

ހިނގަމުންދިޔަ މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުމަކީ އިއްތިފާގެއްކަމަށް ނުބެލެވޭ ކަމަށް ބުނެ މާރިޔާ މަގާމުން ވަކިކުރަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. 

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް މާރިޔާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ބައެއް މެންބަރުން ވަނީ މާރިޔާގެ އިސްތިއުފާއަށް ވެސް ގޮވައިލައްވައިފައެެވެ.

ާފާޑުކިޔުންތަކާ ގުޅިގެން މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގެ ހިންގުން ގޯސްވެއްޖެނަމަ އެއްވެސް މީހަކު ހެލްތް މިނިސްޓަރެއް ކުށްވެރިއެއް ނުކުރާ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ކަމެއް ގޯސްވެއްޖެނަމަ އެއްވެސް މީހަކު ހޯމް މިނިސްޓަރު ކުށްވެރިއެއް ނުކުރާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަލް/ޓެކްޓިކަލް ލެވެލްގައި އެމްއެންޑީއެފްގެ ކަމެއް ގޯސްވުމުން އޭނާއަށް ފާޑުކިޔަނީ އޭނާއަކީ އަންހެނަކަށްވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ސިފައިންނާއި ފުލުުހުން މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ސިފައިންގެ އިސް ވެރިޔާ ކާނަލް ޢަބްދު ﷲ އިބްރާހިމް އިއްޔެ ސަސްޕެންޑްކޮށްފައިވާއިރު, ހާދިސާއާ ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ޑިފެންސް މިނިސްޓްރީން ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.

Loading

3 Responses

  1. Thi magaamuga nuhuray isthufadhee. eyrun faadeh nukiyaane asluves maariya isthiufaa dheynjehay. thi huri haakameh thihen vanee verin ge kanfathah adu ivaythee PG ge cp team ge HOD enme furathama beyrukuran jehay meehakee.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް