ސްރީލަންކާއަށް މިވީ ކިހެނެއް، ދިވެހީން ވިސްނަންޖެހޭ!
ބީ ބީ ސީ ޚަބަރުގައި އައިޝާ ޕެރޭރާ ކިޔާދީފައިވާ ގޮތުގައި ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމަށް މެދުވެރިވި އެންމެ ފުން އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދޭން ނިންމައިފިއެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި އަސާސީ ޚިދުމަތްތައްވެސް ލިބޭނެ ގޮތެއް ނެތިފައި އޮތް ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަންފެށުމުން ރައްޔިތުން ދޫކޮށްލާފާ ގައުމުގެ ރައީސް ފިލައިގެން ދިޔައީއެވެ. […]
ހޮސްޕިޓަލް ތަކުން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަކީ މުޞީބާތެއް
ސަރުކާރުގެ ހަސްފަތާލު ތަކުން ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމަކީ މުޞީބާތެއް ފަދަ ކަމެކެވެ. ކުރިން ކިއޫގައިޖެހިގެން ޚާއްޞަޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓް ހެއްދި ދުވަސްވަރަށްވުރެ ޓެކްނޯލޮޖީގެ ރޮގުން ކުރިއަރާފައިވާ މި ދުވަސްވަރު ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެދޭގޮތަށް ނިޒާމު ބަދަލު ވެފައި ވީނަމަވެސް ކިޔޫގައި ތިން ހަތަރުމަސް ވަންދެން ތިބެގެން ނޫނީ ޚާއްޞަ ޑޮކްޓަރަކަށް ދެއްކޭނެ ގޮތެއް ނުވެއެވެ. މިމައްސަލަ އަކީ ހައްލު ނުވި މައްސަލައެކެވެ. ރައްޔަަތުންގެ ވަރަށް ގިނަ ޝަކުވާތަކެއް މިއުނދަގުލާއި ހެދި ހެލްތް މިނިސްޓަރާއި ހަމަޔަށްވެސް ތަކުރާރުކޮށް ވަނީ ފޮނުވިފައެވެ. އެޕޮއިންޓްމެންޓް ނޯޓު […]
ބްރެޒިލް އާއި ޗައިނާގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު ކަފުންކޮށް
ބައިނަލް އަގްވާމީ މީޑިއާއިން ޚަބަރުލިބޭގޮތުގައި ބްރެޒިލް އާއި ޗައިނާއިން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރު އެއްފަރާތްކޮށް އެދެ ގައުމުގެ ފައިސާއިން މުޢާމަލާތުކުރުމަށް މާރޗް 29 ވަނަދުވަހު ދެގައުމުން އެއްބަސް ވެއްޖެއެވެ. ބްރެޒިލްގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރޮމޯޝަން އޭޖެންސީ ( އެޕެކްސް ބްރެޒިލް ) އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަމަށާއި މުދަލުގެ އަގުވެސް ދަށަށް ދާނެކަމަށެވެ.ޗައިނާއަކީ ބްރެޒިލްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔާއެވެ. ބްރެޒިލްއަށް އެތެރެކުރެވޭ މުދަލުގެ ވިހި އިން ސައްތަ އެތެރެކުރެވެނީ ޗައިނާއިންނެވެ. އަދި ބްރެޒިލްގެ އެކްސްޕޯރޓް މާކެޓްގައިވެސް އެއްވަނައިގާ އުޅެނީ ޗައިނާއެވެ. ހަމައެއާއެކު […]
ރައީސް ޔާމީން މިނިވަން ކުރުމަށް މުޒާހަރާކުރާ މީހުން ގެއަށް ވަންނާނީ އެމަނިކުފާނާއެކު: ޝަރީފް
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީން ޢަބްދުލްްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރަމުން އަންނަ މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށާއި މުޒާހިރީން ގެއަށް ވަންނާނީ ރައީސް ޔާމީނާއެކު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޖަލަށް ގެންދިޔަތާ މިއަދަށް 94 ދުވަސްވެފައިވާއިރު, އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް […]
ސުލްޙައިގެ ވާހަކަތަކަށް ޖާގައެއްނެތް – ޔޫކްރެއިން
ރަޝިޔާގެ ސިފައިންނަށް ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ކުރެވުމުގެ ފުރުސަތު ނެތް ކަމުގައިވިޔަސް ރައީސް ޕޫޓިން އެކަން ގަބޫލެއް ނުކުރައްވައެވެ. ހަމައެމޭރުމުން ޔޫކްރެއިނަށް ތިން ފުރުސަތެއް ހުޅުވިފާ އޮތްކަމަށް ތަޖްރިބާ ކާރުން ދެކިވަޑައިގަތަސް އޭގެތެރޭގައި ސުލްޙައިގެ ވާހަކަތަކަށް މޭޒެއް ބަހައްޓާނެ ޖާގަނެތްކަމަށް ޔޫކްރެއިނުން ބުނެއެވެ. އެހެންވީމާ ހަނގުރާމަ ކޮށްގެން ރަޝިޔާ ބަލިކުރުން އެއީ ޔޫކްރެއިންގެ މަގްސަދެވެ. ބުނެލަން ފަސޭހަ މޮޅު ބަސްކޮޅެއްކެވެ. ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އަހަރު ދުވަހަށްވުރެން ދިގުލައިގެންދާ މި ހަނގުރާމާގައި ދެފަރާތަށްވެސް ބޮޑެތި […]
ދަރަނިވެރިވެފައިވާ ގައުމުތަކަށް ޗައިނާގެ އެހީ
ރޮއިޓަސް މަޢުލޫމާތު ދޭގޮތުގައި 2008 ން 2021 ށް ތަރައްގީ ވަމުންއަންނަ 22 ގައުމަކުން މަގުހެދުންފަދަ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން 240 ބިލިއަން އެމެރިކާ ޑޮލަރު ނުދެއްކިއޮތުމުން އެ ދަރަނި އަދާކުރެވޭނެ ލުއިގޮތަތަކެއް ހޯދާދިނުމަށް ޗައިނާއިން މަސައްކަތްފަށައިފިއެވެ. މިފަދަ ދަރަނީގެ ތެރެއިން %80 އިން ސައްތަ ނަގާފައިވަނީ 2016 ން 2021 ގެ ތެރޭގައެވެ. ވޯލްޑް ބާންކުގެ ރިޕޯރޓުގައި ބުނެފައިވަނީ އާންމުގޮތެއްގައި ދަރަނި ނަގާފައިވަނީ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. އޭގެތެރޭގައި މޮންގޯލިއާ އާއި އާރޖެންޓީނާއާއި ޕާކިސްތާނުވެސް ހިމެނެއެވެ. […]
އެންވަޔަރަމަންޓް މިނިސްޓްރީން ލަބީޤް ވަކިކުރައްވައިފި
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީޤް މުޙައްމަދު މާހިދު މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ. މއ.މަނަދޫ ވިއު، ލަބީޤް މަގާމުން ވަކިކުރެއްވިކަން އަންގަވައި ރައީސް އޮފީހުން އޭނާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. ސަރުކާރުން މިހާރު ގެންދަނީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސް މަގާމުތަކުން […]
އެގްރޯނެޓްގެ އެމްޑީ މަގާމުން ވަކިކުރައްވައިފި
ސަރުކާރުގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އުފައްދާފައިވާ ކުންފުނި, އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން ވަކިކުރައްވައިފިއެވެ. 2020 ވަނަ އަހަރުގެ އޭޕްރީލްގައި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ގއ.ވިލިނގިލީ ހިޔަލީގޭ ހާރޫން ރަޝީދު އެ މަގާމުން ވަކިިކުރެއްވީ މިއަދުއެވެ. ގއ.އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާފައިވާ ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު […]
ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފި
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރު ކުރައްވައިފިއެވެ. ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ރައީސް ޔާމިންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއަށާއި,ސަން ކޮންސްޓްރަކްޝަނާއި, ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. ފުއްގިރި މައްސަލައިގެ ޝަރީއަތް […]
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޤާސިމް ހަމަޖެހިއްޖެ
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަމުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހަމަޖެހިއްޖެއެވެ. ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި, ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 16 ވަނަ ދުވައެވެ. އެ ފުރުސަތު މިއަދު 12:00 ގައި ހަމަވިއިރު ފޯމު ހުށަހެޅުއްވީ ޤާސިމް އެކަންޏެވެ. ފޯމާއެކު ޤާސިމް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ރިޔާސީ ކެންޑިޑޭޓެއްގެ ގައިގައި ހުންނަންޖެހޭ […]