ބްރެޒިލް އާއި ޗައިނާގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު ކަފުންކޮށް

Loading

Facebook
Twitter
WhatsApp

ބައިނަލް އަގްވާމީ މީޑިއާއިން ޚަބަރުލިބޭގޮތުގައި ބްރެޒިލް އާއި ޗައިނާއިން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރު އެއްފަރާތްކޮށް އެދެ ގައުމުގެ ފައިސާއިން މުޢާމަލާތުކުރުމަށް މާރޗް 29 ވަނަދުވަހު ދެގައުމުން އެއްބަސް  ވެއްޖެއެވެ.

ބްރެޒިލްގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރޮމޯޝަން އޭޖެންސީ ( އެޕެކްސް ބްރެޒިލް ) އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަމަށާއި މުދަލުގެ އަގުވެސް ދަށަށް ދާނެކަމަށެވެ.ޗައިނާއަކީ ބްރެޒިލްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔާއެވެ. 

ބްރެޒިލްއަށް އެތެރެކުރެވޭ މުދަލުގެ ވިހި އިން ސައްތަ އެތެރެކުރެވެނީ ޗައިނާއިންނެވެ. އަދި ބްރެޒިލްގެ އެކްސްޕޯރޓް މާކެޓްގައިވެސް އެއްވަނައިގާ އުޅެނީ ޗައިނާއެވެ. ހަމައެއާއެކު ލެޓިން އެމެރިކާގެ ގައުމުތަކުން ޗައިނާގެ އިންވެސްޓްމެންޓް ތައްވެސް އެންމެ ގިނައީ ބްރެޒިލްގައެވެ.                                                    

ޑޮލަރު އެއްފަރާތްކޮށް ބްރެޒިލް އާއި ޗައިނާގެ ފައިސާއިން ވިޔަފާރިކުރުމާއިމެދު ދެގައުމުގެ ވިޔަފާރީގެ އިސް ބައިވެރިންގެ ވާހަކަތަކަކަށް ފަހު އުސޫލެއްގެ ގޮތުން މިއަހަރު ޖަނަވަރީ މަހުގެތެރޭގައި ވަނީ އެއްބަސްވުމަކަށް އާދެވިފާކަމަށް ބުނެފައި ވެއެވެ. ބްރެޒިލްގެ މިހާރުގެ ރައީސް ލުއިޒް ޑަ ސިލްވާގެ ރިޔާސަތު ފެށުމާއެކު ބްރެޒިލް ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި އެމަނިކުފާނު ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާދަތުރުފުޅު ނިއުމޯނިއާގެ އާލާސްކަންފުޅެއް ޖެހުމާއެކު މިހާރު ވަނީ ފަސްކުރެވިފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ގާނޫނީ ބޭފުޅުންނާއި ވަޒީރުންނާއި ވިޔަފާރިވެރިންނާއި އަދި ދަނޑުވެރިކަމުގެ ބޭފުޅުންވެސް ހިމެނުމަށް އޮތީ ހަމަޖައްސާފައެވެ.                                                  

ބްރެޒިލް އާއި ޗައިނާގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރަން ނިންމުމާއި ގުޅިގެން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު މީގެކުރިން ބްރެޒިލްގެ ވިޔަފާރީގައި އެއްވަނަ މަގާމުގައި އޮތް އެމެރިކާ އެއްފަރާތް ކޮށްލާފައި އެމަގާމަށް ޗައިނާ އައުމާއި އެމެރިކާގެ ބައިވެރިވުންނެތި އެއްވެސް ގައުމެއްގައި އެއްވެސްކަމެއް ނުކުރެވޭނެކަމަށް އެމެރިކާއިން ދެކެމުން އައި ދުށުން ފާއިތުވެގެން ދާން ޖެހުނުތާ ކިތަންމެ ދުވަހެކެވެ.

ޙަގީގަތަށް ބުރަވާނަމަ މިހާކުއްލިގޮތަކަށް މިބަދަލުއައުމުގެ ފެށުން އުންމީދެއްވެސް ނުކުރެވެއެވެ. އެހެންނަމަވެސް އެމެރިކާގެ ބޮޑާ އަދި ކިބުރުވެރި ހަރުކަށިސިޔާސަތުގައި ރަޝިޔާއާއި ޗައިނާއަށް ފިއްތުން ކުރިމަތި ކުރަން އެމެރިކާއިން ނިންމި ނިންމުމަކީ ދުނިޔޭގެ ވިޔަފާރިއާއި ފައިސާގެ މުޢާމަލާތު  ތަކުގައި ގައުމުތަކުގެ ލީޑަރުންގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ސަބަބު ކަމުގައި ފާހަގަކޮށްފައި ވެއެވެ.                      

Loading

2 Responses

  1. އަހަރެމެން މިބަލަނީ ވީހާވެސް ގިނަ ބަޔަކަށް ކަމިޝަނާ ކަޓް ދީގެން ކަންތައްކުރާ ނިޒާމެއްގެ ފަހަތުން ދުވަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް