އެގްރޯނެޓްގެ އެމްޑީ މަގާމުން ވަކިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އުފައްދާފައިވާ ކުންފުނި, އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

2020 ވަނަ އަހަރުގެ އޭޕްރީލްގައި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ގއ.ވިލިނގިލީ ހިޔަލީގޭ ހާރޫން ރަޝީދު އެ މަގާމުން ވަކިިކުރެއްވީ މިއަދުއެވެ. 

ގއ.އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާފައިވާ ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތައް މަގާމުން ވަކިކުރައްވަމުންނެވެ.

އެ ގޮތުން އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަކިކުރައްވައިފައެވެ. އަދި އޭގެކުރިން ވަނީ އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު ވެސް މަގާމުން ވަކިކުރައްވައިފައެވެ.

Loading

One Response

  1. Thafaathu visnun thakaaekuves kuriah dhiumuge gaabil kan raees ibuge hunnaane ekamaku haraankoaruvaameehunah fiyavalhu alhan jeheyne thikankulasvejje

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް