ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރު ކުރައްވައިފިއެވެ.

ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ރައީސް ޔާމިންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއަށާއި,ސަން ކޮންސްޓްރަކްޝަނާއި, ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރުކުރެއްވީ, އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާތީ , އެފަދަ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.

ހައިކޯޓުން މިއަދު ނެރުއްވި އަމުރުގައިވަނީ އެ މައްސަލައިގައި އެ ކޯޓުން ހުކުމް ކުރައްވަންދެން ނުވަތަ ވަކި ގޮތެއް އަންގަވަންދެން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މަޖިލިސްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް އަންގަވައިފައެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް