ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ

ޚިޔާލު ފާޅުކުރުމުގެ މިނިވންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްގަށް އެކިސަރުކާ ތަކުން ހުރަސް އަޅަނީ ކީއްވެހެއްޔެވެ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނުނެއްގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާޙައްގެކެވެ. މީހެއްގެ ނުވަތަ ބައެއްގެ ހެޔޮފުޅުކަމުން ލިބޭދެވޭ އެއްޗެއް ނޫނެވެ. އެމްޑީޕީ ގެ ބަހުރުވައިންނަމަ ބޭނުން ތަނެއްގައި ބޭނުންގަޑިޔަކު ފުލުހުންގެ ހުއްދައެއް ހޯދުމެއްނެތި ޖެއްސޭނެއެވެ. އާއެކެވެ. ގާނޫނު ބުނަނީ އެހެންކަމަށް އެމްޑީޕީން މާނަކޮށް އެކަން އެގޮތައްވަނީ ކޮށްފައެވެ. ސުވާލަކީ އެމްޑީޕީގެ ސަރުކާރެއްގައި އެކަން އެގޮތައް ތަށްމިނަށް ނުބޭއްވެނީ ކީއްވެހެއްޔެވެ؟ ކަނޑައެޅިގެން ނޫސްވެރީންނަށްވެސް ފުލުހުން ޙަމަލާދޭތަން އެބަފެނެއެވެ. […]
ފެންވަރާއިރު ލަވަ ކިޔެނީ ކީއްވެ؟

ފެންވަރާއިރު ލަވަ ކިޔުމަކީ ވަރަށް ގިނަ މީހުން ކުރެވޭ ކަމެކެވެ. އާއްމު ތަންތާނގައި ލަވަ ނުކިޔާ މީހުންވެސް ފެންވަރާ ގަޑީގައި ކޮންމެވެސް ލަވައެއް ނުވަތަ ރާގެއް ލައްވައި ލާނެއެވެ. ބައެއް މީހުން މަދުން މިގޮތައް ލަވަކިޔުނު ނަމަވެސް އަނެއްބައި މީހުން އާދައެއް ގޮތަށް މިކަން ކުރެއެވެ. އަދި ބައެއް މީހުންނަށް މިކަންތައް ކުރެވެނީ ގަސްދުގައެއްވެސް ނޫނެވެ. ފެންވަރާއިރު ލަވަކިޔޭ ގޮތް މެދުވެރިވުމަކީ އާއްމު ކަމަކަށްވާއިރު، ބައެއް ދިރާސާވެރިން ވަނީ އެކަމުގެ ބައެއް ސަބަބުތައްވެސް ހޯދައިފައެވެ. އެގޮތުން، އެއްވެސް މީހަކަށް ތިމާ ލަވަ ކިޔާ އަޑު އިވި ނުވަތަ ފެނި […]
“ހެދިހުރި އިންސާނާއަށް“ ޤައުމުގެ ހާލަތު އެނގިވަޑައިގަތީ ކިހާވަރަކަށް

ފެބްރުއަރީ ހަވަނަ ދުވަހުގެ ގަޑިން ހެނދުނު 09:00 ޖަހަނީއެވެ. ސޫޓު ތުރުކުރައްވައި, ބޫޓަށް އަރުއްވައި, ދެން ހުރި އެއްޗެއް ވެސް ތުރުކުރައްވައިގެން ނިޔަނެތި ގޮތް ދައްކަވަމުން ރަތް ދޫލައިގެ މަތިން ހިންގަވާފައި ވަޑައިގެން, “ހެދިހުރި އިންސާނާ“ އެ ވަދެވަޑައިގަތީ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށެވެ. ފަސްވަނަ ފަހަރަށް ޙުޠުބަތުލްޢަރްޝި އިއްވެވުމަށެވެ. ހެދިހުރި އިންސާނާގެ “ނުފޮރުއްޕާނާ“ ހެދި ކުރިމަތިވެފައިވާ “ދުއްޕާނު“ ގެ ސަބަބުން އުފެދުނު ހައިޖާނަކަށްފަހު, ޙުޠުބަތުލްޢަރްޝި އިއްވަވަން ފެށްޓެވިއިރު ގަޑިން 9:40 ވީއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ […]
ގަން އެއާޕޯޓުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއަށް

ސ.ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފިއެވެ. އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަޒާން އަޙްމަދު ވިދާޅުވީ ގަން އެއާޕޯޓުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މީގެ ދެތިން ހަފުތާކުރިން ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވި ގޮތުން މި މަޝްރޫޢުގެ ދަށުން އެންމެ މުހިންމު ކަމަކަށް […]
ކުރިން ބުނި ތާރީޚަށް އަމީނީމަގު ހެދުމުގެ މަސައްކަތް ނުނިމޭނެ ކަމަށް އަސްލަމް ވިދާޅުވެއްޖެ

އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މީގެ ކުރިން ބުނި ތާރީޚަށް ނުނިމޭނެކަން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޙަސަން ލަޠީފް ސުވާލުކުރެެއްވީ އަމީނީމަގުގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރައްވާ ތާރީޚަކީ ކޮބައިތޯއެވެ. އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ ޖުލައިމަހުގެ ތިންވަނަ […]
އެމެރިކާގައި ހައްދުންނެއްޓިފައިވާ ގަތުލު ޢާންމު

ސަޢޫދީ އެރޭބިޔާއާއި އީރާންފަދަ މުސްލިމް ގައުމުތަކުގައި ބޮޑެތި ކުށްވެރިންނަށް އިސްލާމީ ޝަރީޢަތުން މަރުގެ ޙުކުމް ކަނޑައެޅުމަކީ އެމެރިކާއަށް ނިދި ނުލިބި ބުރާންތިވެގެން އުޅެންޖެހޭ ކަމެކެވެ. އެވަރުން ނުފުދިގެން އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އިސްލާމީ ޝަރީޢަތަކީ ޖާހިލު އަދި ނާތަހްޒީބު ނިޒާމެއްކަމުގައި ބުނެ މީސްތަކުންގެ ވިސްނުން ޚަރާބުކުރަން ކެނޑިނޭޅި އެ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހިން ބުނެ އުޅޭ ފަދައިން ތިމާގެ ފޫކޮޅުގައި އޮންނަ ހަޑި ތިމާއަކަށް ނުފެންނާނެއެވެ. ދިވެހިންނަށް މިކަން އެނގޭ އިރު ވެސް ދިވެހިންގެ ތެރޭން […]
އާސަންދައަށް ކުރި ޚަރަދު 4 ގުނަ އިތުރުވީ ޕްރައިމަރީއާ ގުޅިގެންތޯ ނަޝީދު ސުވާލު އުފައްދަވައިފި

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އާސަންދައަށް ކުރި ޚަރަދުތައް ހަތަރު ގުނަ އިތުރުވެފައިވަނީ އެތެރޭގެ އިންތިޚާބަކާ ގުޅިގެންތޯ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ސުވާލު އުފައްދަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހުގައި އާސަންދައަށް ޚަރަދު ކުރިވަރު ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި […]
ބިދޭސީންނަށް 99 އަހަރަށް ބިން ދޭން ނިންމި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ސިނާޢީ ބޭނުމަށް ކ.ތިލަފުށިން ބިން ވިއްކަން ނިންމާފައިވާއިރު, ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށްދޭން ނިންމާފައިވާތީ އެކަން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ. ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް […]
ތުރުކީއަށް އައި ބާރުގަދަ ބިންހެލުން ، މިއީ އެނހީތެރިކަން ފޯރުކޮށް ދޭންވީ ވަގުތު

އިއްޔެ ( 2023 ފެބްރުއަރީ 6 ހޯމަ ) ހެނދުނު ތުރުކީގެ އިރުދެކުނު ކަހްރަމަންމާރަސް ސަރަޙައްދަށް 7.8 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. މި ބިންހެލުމުގައި އިރުދެކުނު ތުރުކީއާއި ސީރިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައިވަރު ޢިމާރާތް ތަކެއް ވަނީ ބިމާހަމަވެފައެވެ. ބިންހެލުން އައިވަގުތު ދިމިޝްގާއި ބޭރޫތުގައިވެސް ރައްޔިތުން ބިރުން މަގުތަކަށް ނުކުތް ކަމަށާއި ބިންހެލުމުގެ ލޮޅުން ގާހިރާއަށްވެސް އެރިކަމަށް ވެއެވެ.މިހާތަނަށް 3400 މީހުން މަރުވެފައިވާކަން އެނގިފައިވާއިރު ރެސްކިއުޓީމު ތަކުން ގެންދަނީ މިޙާދިސާގައި ދިރިތިބިމީހުން ހޯދުމަށް […]
ނަރީޝް ހައްޔަރުކުރީ އޭނާގެ އަޑުކަނޑުވައިލަން, އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް: ސިޓީ ކައުންސިލް

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރު ކުރުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން, ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި, ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް […]