ފެންވަރާއިރު ލަވަ ކިޔެނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp


ފެންވަރާއިރު ލަވަ ކިޔުމަކީ ވަރަށް ގިނަ މީހުން ކުރެވޭ ކަމެކެވެ. އާއްމު ތަންތާނގައި ލަވަ ނުކިޔާ މީހުންވެސް ފެންވަރާ ގަޑީގައި ކޮންމެވެސް ލަވައެއް ނުވަތަ ރާގެއް ލައްވައި ލާނެއެވެ. 

ބައެއް މީހުން މަދުން މިގޮތައް ލަވަކިޔުނު ނަމަވެސް އަނެއްބައި މީހުން އާދައެއް ގޮތަށް މިކަން ކުރެއެވެ. އަދި ބައެއް މީހުންނަށް މިކަންތައް ކުރެވެނީ ގަސްދުގައެއްވެސް ނޫނެވެ.

ފެންވަރާއިރު ލަވަކިޔޭ ގޮތް މެދުވެރިވުމަކީ އާއްމު ކަމަކަށްވާއިރު، ބައެއް ދިރާސާވެރިން ވަނީ އެކަމުގެ ބައެއް ސަބަބުތައްވެސް ހޯދައިފައެވެ. އެގޮތުން، އެއްވެސް މީހަކަށް ތިމާ ލަވަ ކިޔާ އަޑު އިވި ނުވަތަ ފެނި ލަދު ގަންނާނެ ކަމުގެ ބިރު ނެތުމުގެ ސަބަބުން ފެންވަރަމުން ލަވަ ކިޔަން މާ ބޮޑަށް ކެރި، އެކަން ކުރުމަށް ފަސް ނުޖެހެވޭ ގޮތް ދިމާވަނީ ކަމަށެވެ.

ފެނަކީ މީހާއަށް ތާޒާކަން ގެނެސްދޭ އެއްޗެކެވެ. މާގަނޑުން ނުވަތަ އެ ނޫންވެސް ގޮތަކަށް ފެންވެރުމަކީ މީހާއަށް އާދަޔާ ހިލާފު ހިތްހަމަޖެހުމެއް އިހްސާސް ކުރުވާ ކަމެކެވެ. އެވަގުތުގައި ހިތްހަމަޖެހުން ލިބިގަތުމުގެ ގޮތުން ލަވައެއް ކިޔާލެވޭ ގޮތް މެދުވެރިވެއެވެ.

ގިނަ ފާޚާނާތަކަކީ ބެދިފައި ހުންނަ ކުޑަ ގޮޅިއެއް ފަދަ ގޮތަކަށް ބަންދުކުރެވިފައިވާ ތަނަކަށް ވުމުން ފާޚާނާ ތެރޭގައި އިވޭ އަޑުތަކުގައި ބުންވަރު ގަދަވެއެވެ. އެއީ ފާޚާނާގެ ފާރުތަކުގައިވާ މުށިތަކުގައި ޖެހިފައި އަޑު އަނބުރާ ’ބައުންސް‘ ވާތީއެވެ. އެހެންވެ ލަވަ ކިޔާއިރު އިތުރު ރީތިކަމެއް ހުންނަ ކަމަށް ހީވެދެއެވެ.

ފެންވަރާ ގަޑިއަކީ މީހާގެ ހަށިގަނޑު ތާޒާވެ އާރޯކަން ލިބިދޭ ވަގުތެކެވެ. މިއީވެސް ފެންވަރާ ގަޑީގައި ލަވައެއް ކިޔާލުމަށް މަގުފަހިވާ ސަބަބެކެވެ. އެއީ، ފެންވަރާގަޑިއަކީމީހާއަށް ތަފާތު ޖޯޝެއް ލިބި ’އެނާޖައިޒް‘ އިތުރަށް އެނެޖައިޒްވާ ވަގުތެއްކަމުގައި ބުނެފައިވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް