އަހަރުތަކަކަށްފަހު އައްޑުއިން އެއްފަރާ 500 ގޯއްޗަށް ހުޅުވާލައިފި
ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުން އައްޑޫ ސިޓީއިން އެއްފަހަރާ 500 ގޯއްޗަށް ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ގޯއްޗަށް ހުޅުވާލައިފައިވަނީ އައްޑޫ ފޭދުއާއި ހުޅުދޫގެ އިތުރުން މީދުއިންނެވެ. އެގޮތުން ފޭދުއިން 1500 އަކަފޫޓުގެ 300 ގޯއްޗަށް ހުޅުވާލައިފައިވާއިރު، ހުޅުދުއާއި މީދޫން ކޮންމެ ރަށަކުން ވަނީ 2،000 އަކަފޫޓުގެ 100 ގޯއްޗަށް ހުޅުވާލައިފައެވެ. ގޯތި ދިނުމުގައި ދެ ކެޓެގަރީއަކަށް ބަހާލާފައިވާއިރު، އެ އަވަށެއްގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ 90 އިންސައްތައެވެ. ދެވަނަ ކެޓެގަރީގައި ހިމެނޭ އައްޑޫގެ […]
ގަން އެއާޕޯޓް ހިންގަން އިނގިރޭސިން ޝައުގުވެރިވޭ: ނަޝީދު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިނގިރޭސިވިލާތުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އައްޑޫ މަރަދޫގައި އެމަނިކުފާނުގެ ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައިދެއްވުމަށްފަހު ނަޝީދު ވިދާޅުވީ އެމަނިކުފާނާ އިނގިރޭސި ވަޒީރުންނާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުވުމުން އެ ބޭފުޅުން އައްޑޫއާއި ގަމުގެ ކަންކަން އޮޅުންފިލުއްވާ ކަމަށެވެ. ”ކޮންމެ ކޮންމެ ފަހަރަކު އަޅުގަނޑާ އިނގިރޭސި ވަޒީރަކާ ދިމާވިޔަސް، އަދި އެމީހުންގެ ވިޔަފާރިވެރިންވެސް ކިރިޔާވެސް ރާއްޖެ އެނގޭ މިންވަރުގެ […]
މަސްއޫލިއްޔަތު އަދާކުރާ ކަމަށް ބުނި ނަމަވެސް ބެލުނު ވައްކަމެއް “ހަރާމް“
ކޮރަޕްޝަން މައްސަލަތައް ތަޙްޤީޤުކޮށް އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. އޭސީސީން މިރޭ ބުނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން ”ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީ ކަމަށް“ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށް އޭސީސީން ބުންޏެވެ. […]
ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމް ”ޑިމޮކްރެސީ“
ދިވެހިރާއްޖޭގެ ޑިމޮކްރެސީއަކީވެސް ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ޑިމޮކްރެސީއެއްގައި އެނގެންޖެހެއެވެ. ޢަދުލް އިންސާފު އެންމެނަށް ކަށަވަރު ކޮށްދޭ ވެރިކަމުގެ ނިޒާމެކޭ އެބައިމީހުން ބުނެއެވެ. ކަރަޕްޝަނާއި ފަސާދައަށް ފާރަވެރިވެއޮވެ ރައްޔަތުންގެ ކިބައިން އުފެދި ރައްޔަތުންނަށް ޚިދުމަތްކުރުމަށް އުފެއްދޭ ނިޒާމެކޭވެސް އެއުރެން ބުނެތެވެ. މި ލިއުމަކީ މުޅިން ސަންދާނުގެ އުފެއްދުމެއް ނޫނެވެ. ލޯކަލް އަދި ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ “ ކަނުބަނދެފައިވާ ޑިމޮކްރެސީ “ އިން މިލިއުމުގ ބޮޑު ބައެއް ޙިއްސާކުރެވޭތޯ ބަލާނަމެވެ. މިލިއުން ކިއުންތެރިންނާއި ހަމަޔަށް މިގެނެސް ދެނީ […]
އިންތިހާބާއި ދިމާކޮށް ސަރުކާރުން ކޮރަޕްޝަން ހިންގުމުގެ ޝަކުވާ ހިފައިގެން އިދިކޮޅުން އޭސީސީއަށް
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ނުފޫޒުގެ ބޭނުންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެ މައްސަލަތައް ހިފައިގެން އިިދިކޮޅުން ޕީޕީއެމް-ޕީއެންސީއިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮސްފި އެވެ. އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަން މި އޮތީ ހައްދުފަހަނަ އަޅާފައި ކަމަށާއި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން 2019 ވަނަ […]
އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރަން ނިންމައިފި
އދ.ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ. އިންޑިއާއިން ކުރިމަތިލާފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށެވެ. އެ ދައުރަށް މެންބަރަކު އިންތިހާބުކުރުން އޮންނާނީ 2027 ވަނަ އަހަރުގައި އޮންނަ އދ.ގެ އާންމު މަޖިލީހުގެ 85 ވަނަ ބައްދަލުވުމުގައެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ރާއްޖެއިން ތާއީދުކޮށްފައިވަނީ އެ ގައުމުގެ ހާރިޖީވަޒީރު ޑރ. ސުބްރައްމަންޔަމް ޖައިޝަންކަރު މިދިޔަ ހަފްތާގައި ރާއްޖެއަށް […]
ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި
އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހުށަނޭޅުމުގެ ސަބަބުން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ. އީޕީއޭ އިން ބުނީ އެ ކުންފުނި ޖޫރިމަނާ ކުރީ އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތަކުގައި އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ […]
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ނުބަލާތީ އިދިކޮޅުގެ ލީޑާޝިޕް އޭސީސީއަށް
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އޭސީސީއަށް ވަޑައިގަތީ މިއަދު 11:00 ގައެވެ. އޭސީސީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށެވެ. “އަޅުގަނޑުމެންގެ ވަރަށް ގިނަ ސުވާލުތައް އޭސީސީއާ ކުރިން. ލިޔުމުން […]
ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ ނަޝީދެއް ނޫން, އަޅުގަނޑުމެން: ރައީސް
ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ކުރި މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. “ކުރީގަ ރަށްރަށުގަ ގެސްޓުހައުސް ހެދުމަކީ މަނާކަމެއް. ހަމައެކަނި މާލޭގަ ނޫނިއްޔާ ހެދޭ ގޮތަކަށް ނޫން އޮތީ. އެއަށްފަހުގައި ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް.“ ރައީސް ޞާލިޙް […]
ރަޝިޔާގެ ނިއުކްލިއަރ ޙަމަލާގައި ނޭޓޯ ނެތިކޮށްލެވިގެން ދާނެ
ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އޭގެކުރިން ދުނިޔޭގެ އިގްތިސާދު ހީއަނަރުވެ މުޅި އިންސާނިއްޔަތަށް ބަނޑުހައި ހޫނުކަން އާންމު ވެދާނެކަމުގެ ބިރު މިހާރުވެސް މިއޮތީ ހަގީގަތަކަށް ވެފައެވެ. ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ނޭދެވޭ ބަދަލެއްގެ ނިކަމެތިކަން އެންމެ ބޮޑަށް ފޯރާނެ ބަޔަކުކަމުގައި ދިވެހިރައްޔިތުން ވާނެކަން ކަށަވަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑުމެންގެ ރައްޔިތުން އުޅުނުކަމަށް ބުނެއުޅޭ ނިކަމެތިކަމަށްވުރެން މިހާރު ދިމާވެދާނެ އެފަދަ ޙާލަތެއްގައި ދިވެހިން މާބޮޑަށް ނިކަމެތި ވާނެކަން ޔަގީނެވެ. އޭރު […]