އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އދ.ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

އިންޑިއާއިން ކުރިމަތިލާފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށެވެ. އެ ދައުރަށް މެންބަރަކު އިންތިހާބުކުރުން އޮންނާނީ 2027 ވަނަ އަހަރުގައި އޮންނަ އދ.ގެ އާންމު މަޖިލީހުގެ 85 ވަނަ ބައްދަލުވުމުގައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ރާއްޖެއިން ތާއީދުކޮށްފައިވަނީ އެ ގައުމުގެ ހާރިޖީވަޒީރު ޑރ. ސުބްރައްމަންޔަމް ޖައިޝަންކަރު މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައެވެ.

އިންޑިއާއަކީ މިހާރު ރާއްޖޭގައި އޮތް ސަރުކާރާ ގާތް ގުޅުމެއް އޮންނަ ގައުމަކެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތައްވެސް ހަވާލުކޮށްފައިވަނީ އިންޑިއާއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް