ވާރޭދުނީގެ ދިދަތަކާއި ފުއްޕާހަން ނިއު ދިއްލީގެ މަގުތަކަށް

ފާއިތުވެ ދިޔަ ތިންއަހަރެއްހާ ދުވަހު އެބައެއްގެ ޝުޢޫރުތައް ފާޅުކޮށް އިޙްތިފާލު ކުރުމުގެ ފުރުސަތު ނުލިބި އޮތުމަށްފަހު މިހާރު އިންޑިއާގައިވެސް ކޯވިޑް 19 ގެ ބަލިމަޑުކަން މައިތިރިވާން ފެށުމާއިއެކު މަކުނުކުޅީގެ ގުރޫޕް އެއްޖިންސުން ގުޅުންހިންގަން ބޭނުންވާ ދެހާހެއްހާ މީހުން ނިއުދިއްލީގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން އެބަ ގެންދެއެވެ. ވާރޭދުނީގެ ދިދަތަކާއި ފުއްޕާހަންތައް ވިހުރުވަމުން ބެރުޖަހަމުން ނަށަމުން އިންޑިއާގެ ޕާރލަމެންޓް ހުންނަ ޖަންޓަރ މަންޓަރ  ސަރަޙައްދަށް އެމީހުންދިޔައެވެ. 23 އަހަރުގެ ވިޝާލް ރާއި އަށް ހަވާލާދީ  އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރުދޭގޮތުގައި “ ތިން އަހަރުދުވަހަށްފަހު މިއީ […]

ހަރުކަށި ވިސްނުމުގެ ޔަހޫދީ ސަރުކާރާ އިދިކޮޅަށް މަގުމައްޗަށް

އިސްރާޢީލްގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫގެ ސަރުކާރަށް ނުރުހުން ފާޅުކުރުމަށްޓަކައި އެތައް ހާސްބަޔަކު ތެލް އަވީވުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ މި ގައުމުގައި ޔަހޫދީންނާއި އަރަބިންނާއި އަދި ތަފާތު ގައުމުތަކަށް ނިސްބަތްކުރެވޭ މީހުންނަށް އެކުވެރިކާމާއި ސުލްޙަވެރިކަމާއި އެކު ދިރިއުޅެވޭނެ މަގުތައް ބަންދު ނުކުރުމަށެވެ.  ނަތަން ޔާހޫގެ މިސަރުކާރަކީ އިސްރާއީލުގެ ދައުލަތް އުފައްދައިދިނީއްސުރެން ފާއިތުވެގެން މިދާ 74 އަހަރު ދުވަހުގެތެރޭގައި ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު އުފެއްދުނު ފުރަތަމަ ސަރުކާރެވެ. މުޒާހަރާގެ ބައިވެރިން ފާޅުކުރަމުންގެންދާ ޝޫއޫރު […]

ތައިލޭންޑަށް ދަތުރުކުރާ މީހުންގެ ސަމާލުކަމަށް

ބެންގްކޮކް ޕޯސްޓް ޚަބަރު ބުނާގޮތުގައި މިއަދުންފެށިގެން، ޗައިނާ ހުޅުވާލުމާއި ގުޅިގެން  ތައިލޭންޑަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެގެން ދާނެތީ ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޯވިޑް 19 އާއި ގުޅޭ ބައެއް ފިޔަވަޅުތައް އަލުން ތަޢާރުފް ކުރަން ނިންމާފައިވާކަމަށް އެގައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކޮށްފިިއެވެ.   މީގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ތައިލޭންޑަށް ޒިޔާރަތްކުރަން ދަތުރުފެށުމުގެ ކުރިންކޯވިޑް 19 އަށް ފުރިހަމައަށް ވެކްސިން ކޮށްފައިވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ތައިލޭންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މިއަންނަ ހޯމަދުވަހުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ކޯވިޑް 19 އަށް ފުރިހަމައަށް […]

އިނގިރޭސި ތަޚްތަށް ޗާލްސް އިސްކުރެވުނީ ގޯހަކުން

އިނގިރޭސިވިލާތުގެ ތާރީޚުގެ އެއްވެސް ޒަމާނެއްގައި މީހަކާއި އިނދެ ވަރިކޮށްފައިހުރި މީހަކަށް އިނގިރޭސި ވިލާތުގެ ރަސްމީ ފައްޅިން އިނގިރޭސިވިލާތުގެ ރަސްކަމުގެ ތާޖު އަޅުވާދީފައެއް ނުވެއެވެ.  ޝާހީ ތަޖްރިބާކާރު އެންތަނީ ހޯލްޑަން ދެކޭގޮތުގައި ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ބެހެއްޓުން ސައްޙައެއް ނުވާނެއެވެ. ސަބަބަކީ ފާއިތުވެގެން ދިޔަ ޒަމާންތަކުގައި ޗާލްސް ފިޔަވައި އެއްވެސް ރަސްކަލަކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގިކަމަށް އިއްތިރާފް ވެފައެއް ނުވެއެވެ.  ޗާލްސްވަނީ ޑަޔާނާއާއި އިނދެގެން އުޅެމުން މިހާރު އޭނާ އިނދެގެންއުޅޭ އަދިމިހާރުގެ ކުއީން ކަމީލާއާއެކު ކައިވެނިންބޭރު ގުޅުންހިންގިކަމަށް ޢިއްތިރާފްވެ ވަޑައިގެންފައެވެ. އަދި ހަމައެފަދައިން މީހަކާއި އިނދެ […]

ބިންގަނޑު ގަނބައިގެން ދިއުމުން އެތައްބަޔަކުރައްކާތެރި ހިސާބުތަކަށް ގެންދަނީ

އަވަށްޓެރި އިންޑިއާގެ ލަކްނަވުން ޚަބަރުލިބޭގޮތުގައި އިންޑިއާގެ ހިމާލިޔާ ސަރަޙައްދުގެއުއްތަރުކަންދުގެ ޖޮޝިމަތު ޓައުންގެ ބިންގަނޑު ގަބައިގެންދާތީ އެޓައުނުގައި ދިރިއުޅޭމީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށައިފިއެވެ. އަދި ބިންގަނޑު ގަބއިގެން ދިއުމުގެ ސަބަބުން ވެއްޓިފައިވާ ފައްޅި މަރާމާތު ކުރުންވެސް ހުއްޓާލައިފިއެވެ.  ފައްޅިވެއްޓިގެން އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. ޖޮޝިމަތަކީ ފަންސަވީސް ހާހަކަށް މީހުންގެ އާބާދީއެއް ދިރިއުޅެމުން ގެންދާ އަވަށެކެވެ. އަދި އެއީ ފަރުބަދަ މަތީގައި ގާތްގަނޑަކަށް އަށެއްކަ ހާސް ފޫޓު އުސްމިނުގައި އޮންނަ އަވަށެއްވެސް މެއެވެ. މި އަވަށަށް 2013 އަދި 2019 ގައިވެސް ވރަށް ބޮޑަށް ވާރޭވެހި […]

ކެރީބިއަން ޖަޒީރާތަކުގެ ދިވެހިރާއްޖެ

އިންސާނުންގެ ލޮލުގެ ކުރިމަތީގައި ފާޅުވަމުންދާ ރީތި މީހުންނާއި ރީތި ތަންތަކާއި ރީއްޗަށް ހިތްކިއުމަކީ އިންސާނީ ތަބީޢަތު ކަމާމެދު ދެބަސް ނުވެވޭނެއެވެ. އަދި އެއްޗެއްސާއި ތަންތަނުގެ ރީތިކަން ލޮލުގެ ކުރިމަތީގައި ފެނިފެނި ހުރުމުގެ ސަބަބުން އެ ރީތިކަމަށް ހިތްކިއުމަކީ ނުވެ ނުދާނެ ކަމެކެވެ.                               ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ކަނޑުތަކަކީ ގުދުރަތުގެ ވަރަށްރީތި އުފެއްދުމެކެވެ. އެ ރީތިކަން ދުނިޔެއަށް ހާމަނުވެ ފޮރުވިފައި އޮތް އިރުވެސް އެއީ ގުދުރަތުގެ ރީތީ އުފެއްދުމެކެވެ.  […]

ފަސިންޖަރަކު ގަޔަށް ކުޑަކަމުދިޔުމުން ވަޒީފާއިން ވަކިކޮށްފި

ނިއު ޔޯރކުން އިންޑިއާގެ ނިއުދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓުގައި ރާބޮއި މަސްތުވެގެންހުރި އެމެރިކާގެ މަޝްހޫރު ވެލްސްފާރގޯ ބޭންކުގެ އިންޑިއާ އޮޕަރޭޝަންތަކުގެ ވައިސްޕްރެޒިޑެންޓް ޝަންކަރު މިޝްރާ އެ ޕްލައިޓުން ދަތުރުކުރި 72 އަހަރުގެ އަންހެނަކުގަޔަށް ކުޑަކަމު ދިއުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފިއެވެ.  ވެލްސްފާރގޯ އަކީ މުޢައްޒިފުންގެ އަޚްލާގާއި ސުލޫކީ މިންގަނޑުތަކަށް ވަރަށް ފަރުވާތރިކަމއިާއެކު ފާރަލަމުން ގެންދާ ބޭންކެކެވެ. ވަޒީފާއިން ވަކިކުރުމާއި ބޭހޭ ގޮތުން އެ ބޭންކުން ބުނެފައިވަނީ މިހާދިސާގެ ޝަކުވާއަކީ އެ ބޭންކުން އަޑުއަހަންވެސް ބޭނުންވާ ޒާތުގެ ކަމެއް ނޫންކަމުގައެވެ. އަދި އެ މައްސަލަ […]

  ގޭންގް ތަކުގެ ނުރައްކަލުން ޒުވާނުން ސަލާމަތް ސަލާމަތް ކުރެވެން ޖެހޭ

      ބައެއް ޒުވާނުންގެ ދެމެދުގައި އުފެދޭ ހިތްހަމަނުޖެހުގެ މައްސަލަ ތަކާއި ގުޅިގެން ކޮންމެވެސް ގޭންގެ މެދުވެރިކޮށް ނިރުބަވެރި ޙަމަލާ ދޭނޭ ކަމުގެ އިންޒާރުތައް ބައެއް ޒުވާނުންނަށް ލިބެމުން ދާކަމަށް ޒުވާނަކު ބުނެފިއެވެ.       ނަން ހާމަކުރަން ބޭނުން ނުވާ ޒުވާނަކު ކިޔައިދިން ގޮތުގައި އެ ޒުވާއާއި އެޒުވާނާގެ އާއިލީ ރަޙުމަތްތެރިކަން އޮންނަ އެހެން ޒުވާނަކާއި ދެމެދު ޖެހުނު ފައިސާގެ މައްސަލަ އަކާއި ގުޅިގެން އެ ޒުވާނާގެ ޢާއިލީ ރަޙުމަތްތެރިޔާ ގޭންގެއްގެ ނަން ބުނުމަށްފަހު އެގޭންގް މެދުވެރިކޮށް ނިރުބަވެރި ޙަމަލާއެއް […]


އަމިއްލަ ފައިސާއިން މަސްތުވާތަކެތި ގަނެ ބޭނޫން ކުރުން އޯކޭތަ؟

ޑްރަގް ބޭނުން ކުރީ އަމިއްލަ ފައިސާއިން ހޭދަކޮށްގެން ކަމަށްވާތީ ކުށްވެރިޔާ ދޫކޮށްލެވޭނެ ހެއްޔެވެ؟ ގާނޫނު ބުނަނީ ކީކޭ؟ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 17/2011 ގެ  121 ވަނަމާއްދާގައިވާގޮތުން މަސްތުވެ ގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފިމީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ. ތިމާ ހޯދާފައިވާ ފައިސާއިން ގަނެ މިފަދަ ކުށަކަށް އަރައިގަތުމުން އެ ޢަމަލަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވާނެ ޙާލަތެއް ނޫން ކަމަށް ކަނޑައެޅޭނެ ގޮތެއް ނުވިސްނެއެވެ. ނަމަވެސް ޑުރަގުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން މިވަނީ ދޫކޮށްލައިފިއެވެ. […]

ރައީސް ސޯލިހު ބާއްވާނީ ކުޑަ ގޮޅީގައި: އަދުރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވާނީ ކުޑަ ގޮޅީގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ނޫނީ މި ގައުމު ދެކެ ލޯބިވާ ލީޑަރެއް ރާއްޖޭގައި ނެތް ކަމަށެވެ. ”ރައީސް ޔާމީން ވިދާޅުވަނީ ނިކަން […]