އިނގިރޭސި ތަޚްތަށް ޗާލްސް އިސްކުރެވުނީ ގޯހަކުން

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ތާރީޚުގެ އެއްވެސް ޒަމާނެއްގައި މީހަކާއި އިނދެ ވަރިކޮށްފައިހުރި މީހަކަށް އިނގިރޭސި ވިލާތުގެ ރަސްމީ ފައްޅިން އިނގިރޭސިވިލާތުގެ ރަސްކަމުގެ ތާޖު އަޅުވާދީފައެއް ނުވެއެވެ. 

ޝާހީ ތަޖްރިބާކާރު އެންތަނީ ހޯލްޑަން ދެކޭގޮތުގައި ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ބެހެއްޓުން ސައްޙައެއް ނުވާނެއެވެ. ސަބަބަކީ ފާއިތުވެގެން ދިޔަ ޒަމާންތަކުގައި ޗާލްސް ފިޔަވައި އެއްވެސް ރަސްކަލަކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގިކަމަށް އިއްތިރާފް ވެފައެއް ނުވެއެވެ. 

ޗާލްސްވަނީ ޑަޔާނާއާއި އިނދެގެން އުޅެމުން މިހާރު އޭނާ އިނދެގެންއުޅޭ އަދިމިހާރުގެ ކުއީން ކަމީލާއާއެކު ކައިވެނިންބޭރު ގުޅުންހިންގިކަމަށް ޢިއްތިރާފްވެ ވަޑައިގެންފައެވެ. އަދި ހަމައެފަދައިން މީހަކާއި އިނދެ ވަރިވެފައިވާ މީހަކަށްވެސް މީގެކުރިން ރަސްކަމުގެ ތާޖު އަޅުވާދީފައެއް ނުވެއެވެ. ރަސްކަމުގެ ޢާއިލާއިންވެސް މިހާރު އުންމީދުކުރަނީ ޗާލްސްގެ ރަސްކަން ސައްޙަ ނުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމާނެ ކަމަށެވެ.                                                                 

ދި ގާރޑިއަންއަށް އެންތަނީ ހޯލްޑަން ލިޔުއްވާފައިވާ ގޮތުގައި ކުރީގެ އާރޗްބިޝޮޕް އޮފް ކެންޓަރބެރީ ވިދާޅުވެފައިވާ ފަދައިން ޗާލްސްގެ މި އަމަލުގެ ސަބަބުން ޕާރލަމެންޓުން ވަކިގޮތެއް މިކަމުގައި ކަނޑައަޅަން ޖެހޭނެއެވެ. އަދި ރަސްކަމުގެ ހުވާގެ އިބާރާތްވެސް ބަދަލު ކުރަންޖެހޭނެއެވެ.

އެހެންނަމަވެސް މިއީ ޕާލަމެންޓަށް ވަރަށް އުނދަގޫ ގޮންޖެހުމަކަށް ވާނެއެވެ. ޕާރލަމެންޓުގައި މިކަމާއި ދޭތެރޭ ބަހުސްކުރެވޭނީ ރަސްގެފާނު ޗާލްސްގެ ހުއްދަ ލިބިގެންނެވެ.  

ހުއްދަ ހޯދުމަށްޓަކައި ރަސްގެފާނުގެ އަރިހަށް ބޮޑުވަޒީރު ވަޑައިގަންނަވަންޖެހޭނެއެވެ. ދެންވާނީ ކިހެނެއްކަން އެކަކަށްވެސް ބުނާކަށްނޭގެއެވެ. ނަތީޖާއަކަށް ވެގެންދާނީ ބޮޑުވެގެންވާ ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް އިނގިރޭސި ވިލާތް ވެއްޓިގެން ދިއުމެވެ.                             

ބައެއް އެހެން ޝާހީ ތަޖްރިބާކާރުންގެ ވިސްނުން ތަފާތެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޗާލްސްއާއި ކަމީލާއާއި ދެތެރޭ ގުޅުމެއް އޮތްނަމަވެސް އެ ދެބޭފުޅުންގެ ކައިވެނި އާރޗްބިޝޮޕް ރޮވާން ވިލިއަމްސްގެ ދުޢާއާއި ބްލެސިންގ އާއެކު 2005 ވަނައަހަރު އަގުދު ކުރެވިފައި އޮތުމާއެކު އެންތަނީ ހޯލްޑަން އާއި ކުރީގެ އާރޗްބިޝޮޕް އޮފް ކެންޓަރބެރީގެ ވިސްނުންފުޅަށް ބަލާކަށް ނުޖެހެއެވެ. 

މި ޚިޔާލަށް ލަންޑަނުގެ ކިންގްސް ކޮލެޖުގެ ޕްރޮފެސަރ ސަރ ވަރްނަން ބޮގްޑާނޯރ އާއި ބެރިސްޓަރ ގޯފްރީ ރޮބާޓްސަން ވެސް ތާއީދު ކުރައްވައެވެ. ސަބަބަކީ ކުރީގެ އާރޗްބިޝޮޕް އޮފް ކެންޓަރބެރީ އެހެން ވިދާޅުވެފައިވަނީ 1980 ގެ އަހަރުތަކުގައި ކަމަށްވެފައި މިހާރު ޒާމާނާއި މުޖުތަމާ ދެކޭގޮތްވެސް ބަދަލުވެފައިވުމެވެ. 

އަދި ރަސްގެފާނުގެ އިސްތަށިފުޅުގައި ތާޖް ބެހެއްޓުމުގެ ޙަފްލާ ޗާރޗް އޮފް އިންގްލޭންޑުގައި ބޭއްވުމަކީ އެފައްޅިން އަންޒަމާނުއްސުރެން މީހުން ބިރުގެންނެވުމުގެ ބޭނުމުގައި ހިންގާ ވަހުމާއި ޚަރާފާތުގެ ކަމެއްކަމުގައެވެ. 

އެއީ މިޒަމާނަށް ފެތޭ ކަމެއްވެސް ނޫނެވެ. އަދި އެހާކުޑަކުޑަ ފައްޅިއެއްގައި އެ ރަސްމިއްޔާތު ބޭއްވުމުގެ މާނައެއްވެސް ނެތެވެ.                                          

ކިންގް ޗާލްސް ހިންގެވި ލޯބީގެ ކަންތަކުގެ ސަބަބުން މި ވާހަކަތައް މިހާރު އޮތީ ދުނިޔޭގެ ފަލަ ސުރުޚީއަށް ވެފައެވެ. ހަމައެއާއި އެކު  ގޮވަން ތައްޔާރުވެފައިވާ ” ބޮން ” ގޮވުމާއިއެކު ދެން އުސްއަލިތަކުގެ ތެރެއިން ފެންނާނީ ޕްރިންސް ހެރީ ކަމަށްވެސް އެ ސުރުޚިތަކުގައި އަންނަނީ ކުލަޖެހެމުންނެވެ.                                             

Loading

2 Responses

  1. މިވަނީ ހަމައަހަރެމެންނަށްވެސް ވާވަރު. ކަންތައް ނިމިގެންދާ ފަހުން މިއެނގެނީ އަދި ގޯހެއް އެބަ އުޅޭކަން. އަހަރެމެންނަށްވެސް މިއުޅެވެނީ ނޮވެމްބަރ 17 ތޯ ނޮވެމްބަރު 11 ތޯ ވެސް ކަނޑައަޅަން އުނދަގޫވެގެން.

  2. ކާ(.)ރު ކަންތައް ކުރާ ހިތްވުމުގައި ރަސްކަލެއް ރަނިކަމަނާއެއް ފާދިރީއެއް ތަފާތު ނުކުރެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް