ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބާއްވައިފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022“ ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ. މި ކޮންފަރެންސް ބާއްވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެންނެވެ. ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުން ޖުމްލަ 50 މުވައްޒަފުންނާ އެކީ އިސްކަންދަރު ބިލްޑިންގައި އިއްޔެއާއި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވަޒީފާގެ މާހައުލާއި ދިރިއުޅުމުގެ އެހެނިހެން […]

އެމްއެންޑީއެފްން ގައުމީ ދުވަހާއި ގުޅިގެން ލަވް އަލްބަމެއް ނެރެފި

ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެންޑީއެފް އިން “ ދިވެހި ރާއްޖެ“ ނަމުގައި ލަވަ އަލްބަމެއް ނެރެފިއެވެ. އެމްއެންޑީއެފްން ބުނީ މި ލަވަ އަލްބަމަކީ އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ޤައުމީ ލަވަ އަލްބަމް ގެ މި އަހަރުގެ އަލްބަމް ކަމަށެވެ. ”ދިވެހިރާއްޖެ“ މި ތީމަށް ހާއްސަކޮށްފައިވާ މި ލަވައަލްބަމްގައި ޖުމްލަ ހަތް ލަވަ ހިމެނޭއިރު މި ލަވަ އަލްބަމްގައި ހިމެނޭ އިރު ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން […]

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ޢަދުލުއިންޞާފު 

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޢަދުލުއިންޞާފު ކަށަވަރުވުމެވެ.  އެމްޑީޕީ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނާއެކު ފެށްޓެވި އިންޞާފުގެ ދަތުރުގެ މިސްރާބު އެޕާޓީ އަށް ވެރިކަން ލިބުމާއެކު ބަދަލުވެއްޖެއެވެ. މިއީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ނުފޫޒާ ބާރުން އެއްކިބާވެފައިވާ މުސްތަގިއްލު މިނިވަން ފަނޑިޔާރުގެ އެއް ހޯދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ނިމިދިޔަ ވެރިކަމުގެ ތެރެއިން ޢަދުލު އިންޞާފު ނުލިބި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވަމުން ދިޔަ އެތަކެއް ސިޔާސީ ލީޑަރުން ޖަލު ގޮޅިތަކުގައި ބަންދު ކުރެވިފައިވާ ކަމަށް ގަބޫލުކުރުވި ރައްޔިތުން ނުކުމެ […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި މިއަދު ނައްތާލައިފި އެވެ. ފުލުހުން ބުނީ މި ތައްކެއްޗަކީ  2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި އެވިޑެންސްތަކުގެ ތެރެއިން ނިމިފައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، މި މުއްދަތުގައި ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ މައްސަލަތަކުގައި […]

ފައިސާގެ އާ ނޫޓް ޗާޕްކޮށްފި

ދިވެހި ރުފިޔާގެ އާ ނޫޓްތަކެއް ޗާޕް ކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ޗާޕްކޮށްފައިވަނީ ރަންދިހަ ފަހެއް ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާގެ ނޫޓް ކަމަށެވެ. އަދި  މި ނޫޓު ޗާޕްކުރަން ޖެހުނީ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ. ނަމަވެސް އެއީ ކިހާ ފައިސާ އެއްކަމަށް އެމްއެމްއޭ އިން ހާމައެއް ނުކުރެއެވެ.   އެމްއެމްއޭއިން ބުނީ އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް ރާއްޖެގަނައި އިއްޔެ ކަމަށާ އެ […]

ރައީސް ތިލަދުންމަށްޗަށް ވަޑައިގެންފި

.ރައީސުލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަމަށާ މި ދަތުރުފުޅުގައި އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ދަތުރުކުރައްވާނެކަމަށެވެ. އެއީ ހދ. ނައިވާދޫ އާއި ހދ. ފިނޭގެ އިތުރުން ހއ. އުތީމް އަދި އެއަތޮޅު ދިއްދޫ އަށް ކަމަށް ވެސް ރައީސް އޮފީހުން ހާމކުރެއެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. […]

ގަސްތައް ކަނޑާތީ ރައީސް ނަޝީދު ސަރުކާރަށް އިންޒާރު ދެއްވައިފި

އަމީނީ މަގުގައި ތާރުއަޅައި  މަގު ހެނދުމަށް ގަސްތައް ކަނޑަމުން އަންނާތީ ކޯޓަށް މައްސަލަ ވައްދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ދެއްވައިފިއެވެ. އަމީނީ މަގު ހެދުމަށް އެ މަގުން ގަސްތައް ކަނޑާތީ އެކަމާ މީގެ ކުރިންވެސް ނުރުހުންފާޅުކޮށްފައިވާ ރައީސް ނަޝީދު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުގައި އިންނަވާ ވިދާޅުވީ އެ ނޫން ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ ނޫނީ އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިދާނެކަމަށެވެ. ”އަޅުގަނޑު […]

ގެއްލިގެން ހޯދާ ޒުވާނާ އެރި ހުދުކުލައިގެ ކާރު ދެނެގަނެވިއްޖެ އޭގެ ފަހުން ފޭސް އެކަކުން ފެނުނު: ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ. ބޮނޑިކަނދޮޅުގެ މުހައްމަދު އަޒުހާން ހުދުކުލައިގެ ކާރަށް އަރާ މަންޒަރު ފެނި ފުލުހުން އެ ކާރުހޯދުމަށް ކުރި މަސައްކަތުން އެ ކާރު މައުލޫމާތު ދެނެގަނެވިއްޖެ ކަމަށާ އޭގެ ފަހުން ހުޅުމާލޭ ފޭސް އެކެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފިއެވެ. މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާ މަންޒަރުފެންނަ ވީޑިއޯއަކާ ގުޅިގެން ފުލުހުން ބެލި […]

އެޗްޑީސީގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި  ބަޔަކު ހޯދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސައި)ގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ނޫކުލައިގައި ޓީޝާޓެއްލައިގެން ހުރި ފިރިހެނަކު މާލޭގެ މަގުމަތީ ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން އިންދައެވެ. ދެ މި މައްސަލައާއި ގުޅިގެން ދެން ހޯދަމުން އަންނަ މީހާގެ ވެސް ވީޑީއޯ އިން ވެސް ފެންނަނީ ގޮޅިޖެހި ގަމީހެއްލައިގެން ހުރި […]

އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ޖާގައެއް ނުދެވޭނެ – އީރާން      

އީރާނުން އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ދެން ދުވަހަކުވެސް ޖާގައެއް ނުދެވެނޭކަމަށް އީރާނުގެ ފުލުހުންގެ ވެރިޔާ ހުސޭން އަޝްތަރީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސަރުކާރަށް ރައްޔަތުންގެ ލޯތްބާއި ތާއިދު އޮތްމިންވަރު ދައްކާލުމަށް ބޭވުނު އެއްވުމުގައި މިލިއަނުން ސަޕޯޓަރުން މަގުރަކަށް ނިކުމެ މުޅިދުނިޔެއަށް  ދައްކާލެވިފައި ވާނެކަމަށް ޙަރަކާތުގެ ބައިވެރީން ބުނެއެވެ.  ފުލުހުންގެ ބަންދުގައިހުރި 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާގުޅިގެން އިރާނުގެ އެތެރޭގެ މާޙައުލު ސަރުކާރާ ދެކޮޅަށް ގޯސްކުރަމުން އަންނަމިދަނޑިވަޅުގައި އިރާނު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މިދިޔަ ހުކުރު ދުވަހު އީރާނުގެ ވަރަށް ގިނަ ޝަހަރުތަކެއްގެ […]