އެޗްޑީސީގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި  ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސައި)ގެ ނަމުގައި ގުޅައިގެން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ނޫކުލައިގައި ޓީޝާޓެއްލައިގެން ހުރި ފިރިހެނަކު މާލޭގެ މަގުމަތީ ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން އިންދައެވެ. ދެ މި މައްސަލައާއި ގުޅިގެން ދެން ހޯދަމުން އަންނަ މީހާގެ ވެސް ވީޑީއޯ އިން ވެސް ފެންނަނީ ގޮޅިޖެހި ގަމީހެއްލައިގެން ހުރި ޒުވާނަކު ސައިކަލަކަށް އަރައިގެން ދުއްވާލާ މަންޒަރެވެ.

ފުލުހުން ބުނީ  ވީޑިއޯއިން ފެންނަ ދެމީހުންނަކީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުންނެވެ.

https://www.youtube.com/watch?v=mHzejs_BlXE

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

އެކި މުއައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނަގާ މައްސަލަ ބޮޑުވެ މިކަމާގުޅިގެން ސަމާލުވުމަށް މީގެ ކުރިންވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް