ގެއްލިގެން ހޯދާ ޒުވާނާ އެރި ހުދުކުލައިގެ ކާރު ދެނެގަނެވިއްޖެ އޭގެ ފަހުން ފޭސް އެކަކުން ފެނުނު: ފުލުހުން

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ. ބޮނޑިކަނދޮޅުގެ މުހައްމަދު އަޒުހާން ހުދުކުލައިގެ ކާރަށް އަރާ މަންޒަރު ފެނި ފުލުހުން އެ ކާރުހޯދުމަށް ކުރި މަސައްކަތުން އެ ކާރު މައުލޫމާތު ދެނެގަނެވިއްޖެ ކަމަށާ އޭގެ ފަހުން ހުޅުމާލޭ ފޭސް އެކެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާ މަންޒަރުފެންނަ ވީޑިއޯއަކާ ގުޅިގެން ފުލުހުން ބެލި ބެލުމުން އެކާރު ދެނެގަނެވި ކަމަށާ އަދި ހުދުކުލައިގެ ކާރަކަށް އަރާ ވީޑިއޯއެއް ފެނިފައިވާ ކަމަށާ އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުްނ އަންނަ ކަމަށެވެ.

އޭގެ ފަހުން ރޭ ފުލުހުން ބުނެފައިވަނީ އެ ކާރު ދެނެގަނެވިއްޖެކަމަށާ ހިޔާ 13 ވަނަ ޓަވަރަށް އެރުމަށްފަހު އަޒުހާން ވަނީ ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި އޭނާ ދަތުރުކޮށްފައިވަނީ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް ކަމަށެވެ.

އެގޮތުން އެ ދެ ކާރުގެ ޑްރައިވަރުން ހޯދިފައިވާއިރު އެންމެފަހުން އަޒުހާން އުޅުނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުގައިކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަޒްހާން ވައިގެމަގުން ރާއްޖޭގެ އެއްވެސް އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިނުވާކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާކަމަށެވެ.

އަޒްހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 19:00ހާއިރުއެވެ.

އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަޒްހާން އާއި ބެހޭ އެއްވެސް މައުލޫމާތެއް އެގޭ ފަރާތެއްވާނަމަ  ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351  ނުވަތަ  ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް