މޫދަށް ކުނި އެޅުމުން ތުލުސްދޫ ކައުންސިލަށް ބޮޑު ޖޫރިމަނާއެއް

މޫދަށް ކުނި އެޅުމުން ކ. ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފިއެވެ. އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ތުލުސްދޫ ކައުންސިލުން ހިލާފުވެފައިވާތީ އެކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. ޖޫރިމާނާގެ އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި […]
އުރީދޫގެ އާ ލޯގޯއާއި ޓެގްލައިޓް ރާއްޖެއަށް ތައާރަފްކޮށްފި

މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ ގްރޫޕް ރީބްރޭންޑްކޮށްފިއެވެ. އިއްޔެ ވަނީ އުރީދޫގެ އާ ލޯގޯ އާއި ޓެގްލައިންވެސް ރާއްޖެއަށް އިފްތިތާހްކޮށްފައެވެ. އަޕްގްރޭޑް ކޮށްފައިވާ އުރީދޫގެ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް ހަސަން އަލް ހަމީދީއެވެ. އެ ލޯގޯ އިފްތިތާހްކޮށްފައިވަނީ، މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި މޫދުގެ ހަރަކާތްތަކެއްގައެވެ. އުރީދޫން ބުނީ އެކުންފުނީގެ އާ ޓެގްލައިން ”އަޕްގްރޭޑް […]
އިމްރާން ޚާނުގެ އަރިސް ބޭފުޅަކު ހައްޔަރު ކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަރިސްބޭފުޅަކު ކަމުގައިވާ ތަހްރީކޭ އިންސާފް ސިޔާސީ ޕާރޓީގެ ޗީފް އޮފް ސްޓާފް ޝާހްބާޒް ގިލް ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ސިފައިން ލައްވާ ސިފައިންގެ އިސް ބޭފުޅުންނާ ދެކޮޅަށް އުދުވާން ރޭވުމުގެ ތުޙުމަތު ގައެވެ. އެހެންނަމަވެސް އެ ޕާރޓީންނާއި އަދި އިމްރާންގެ އަމިއްލަ ހައިސިއްޔަތުންވެސް ފުލުހުންގެ އެވާހަކަތައް ދޮގުކުރެއެވެ. އަދި ޝަހްބާޒް ހައްޔަރުކުރުން ކުށްވެރި ކުރިއެވެ. އިމްރާންގެ ޕާރޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ހައްޔަރުކުރުމެއް ނޫންކަމަށާއި ވަގަށްނެގުމެއް ކަމުގައެވެ. އަދި އެއްވެސް ގައުމެއްގެ ޑިމޮކްރެސީގައި ސިޔާސީ ގޮތުން […]
މަކުނު ވިދުރިން ދުނިޔެ ބޮޑު ނުރައްކަލަކާ ދިމާލަށް

މިފަހަކަށް އައިސް ބައިނަލް އަގްވާމީ މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ހަމަގައިވެސް ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެއް ކަމުގައިވާ މަކުނުވިދުރީގެ ވާހަކައެވެ.މިލިއުމުގައި ބޭނުން ކުރެވިފައިވާ ބަހުރުވައިގެ ތެރޭގައި ދިވެހިންގެ ރީތި އާދަކާދައަށް ނުފެތޭ ބަހުރުވަވެސް ބޭނުން ކުރެވިފައި ހުރެދާނެއެވެ. އެކަމުން އެއްކިބާވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. މަކުނު ވިދުރިއާރި ފިރިހެންކުޅީގެ ވާހަކަ އަޅުގަނޑުމެން ލިޔާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެނަނަމަވެސް މިއީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންގެ ނާސްތާ މޭޒުތަކުގެ ވަށައިގެންވެސް މިހާރު އެންމެ ގިނައިން ބަހުސް ކުރެވޭ […]
ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އާލާ: ރޭޕްކުރީ ސޯފާގައި، ކުރެވުނުހާވެސް ކަމަކީ ރުއިން!

“ އޭނާ އަހަރެންގެ ފައިގައި ބައްދައި، އަހަރެން އުފުއްލައިގެން ގެންގޮސް ސޯފާއަށް އެއްލައިލީ، އަހަރެން ހަޅޭލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރަމުންދަނިކޮށް އޭނާ ގަދަކަމުން އަހަރެން ލައިގެން ހުރި ހެނދުން ބޭލުވީ، ދެެން އެއަށް ފަހު އަހަރެން އަޑިން ލައިގެން ހުރި އެއްޗެހި ގަދަކަމުން ބޭލުމަށް ފަހު އަހަރެން ރޭޕްކުރީ“ މިއީ މިފަހުން މާލޭގައި ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އާލާ މުހައްމަދު އޭނާގެ ވާހަކަތައް ޓުވިޓާއަށް ބަންޑުންކޮށްލަމުން ބުނެފައިވާ ޖުމުލައެކެވެ. އާލާ ބުނާ ގޮތުގައި އޭނާ ރޭޕްކުރީ، […]
ޔޯގާ ހަމަނުޖެހުން: އިތުރު ބަޔަކު ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އިތުރު ހަތަރު މީހަކު މިއަދު ދޫކޮށްލައިފިއެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ފުލުހުން މިއަދު ބުނީ، އޭގެ ތެރެއިން ބައެއް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށެވެ. ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައިހް ފަޒްލޫން […]
މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

މާލޭ ސިޓީގައި އަންހެނަކު ރޭޕުކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ، ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބެލެވޭ އަންހެން މީހާ މިއަދު ވަނީ އެކަން ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މިއަދު ކުރި ޓުވީޓެއްގައި ބުނީ، އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ އަށް ވަރަކަށް މީހުންގެ ”ގެޓްޓުގެދާ“ އަކަށް ކަމަށެވެ. ގެޓްޓުގެދާ ނިމުމުން އެވަގުތު […]
ހުވަދޫ އަތޮޅުގެ ރައްޔިތުން އެ އަތޮޅު ގައްދުއަށް އަރާ އެރަށުގެ ރައްޔިތުންގެ މުދާ ފޭރިގަތު

ދުވަސްވަރަކީ ލ.އަތޮޅުން ދެކުނު3 އަތޮޅުގެ ރައްޔިތުން މާލޭ ސަރުކާރާ ވަކިވެ އެ 3 އަތޮޅު ހިމެނޭ ގޮތުން ސުވަލްދީބޭ ކިއުނު ސަރުކާރު އުފައްދަން މަސައްކަތް ކުރަމުން ދިޔަ ދުވަސް ވަރެވެ. ގައްދޫ އަކީ އޭރުއޮތް ރާއްޖޭގެ ސަރުކާރާއި ގުޅުންއޮތް ހަމަ އެކަނި ރަށެވެ. އެރަށު ޢަލީ ކަލޭފާނަކީ ބޮޑުވަޒީރު އިބްރާހިމް ނާޞިރުގެ ސަރުކާރުގެ އިސް ބޭފުޅެކެވެ. އަދި މަހުޖަނެއްވެސް މެއެވެ. ޢަލިކަލޭފަނަކީ އޮޑިދޯނިފަހަރު ގިނަ ރަށުގެ ގަދަރުވެރި ބޭފުޅެކެވެ. ޢަލިކަލޭފާނު އެދަނޑިވަޅު މާލެއަށް ދަތުރު ކުރެއްވުމަކީ […]
ރަޝިޔާގެ ހައިޕާސޮނިކް މިސައިލް ލެބޯޓްރީގެ ޑިރެކްޓާ ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ މިސައިލް ލެބްގެ ޑިރެކްޓާ، އެންޑްރެއި ޝިޕްލިޔުކް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަސްކަރީ ސިއްރުތައް ނުހިފެއްޓުމާއި ގައުމަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތާ އެކުގައެވެ. ހައިޕާސޮނިކް މިސައިލަކީ އަޑު ދަތުރުކުރާ ސްޕީޑުގެ ނުވަ ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ. ރަޝިޔާގެ ރައީސް، ވްލަޑްމީރް ޕުޓިން ވަނީ މީގެ ކުރިން މި މިސައިލްތަކަށް ތައުރީފްކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައިވާ މި މިސައިލްތަކުގެ ސަބަބުން ރަޝިޔާގެ އަސްކަރީ ބާރު […]
ރާއްޖެ ދޫކޮށް ދިއުމުގެ ބިރު އޮތުމުން އަލްމިގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި 18 މީހެއްގެ ޕާސްޕޯޓް ހިފަހަށްޓައިފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ […]