ޓީއެމްއޭ 500-700 މިލިއަން ޑޮލަރަށް ވިއްކާލަނީ!

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކާލަން އެ ކުންފުނީގެ ހިއްސާ އޮންނަ ކާލައިލް ގްރޫޕުން ވިސްނަމުންދާ ކަމަށް ވިޔަފާރި ހަބަރުތައް ގެނެސްދޭ ”ބްލޫމްބާގް“ ނޫހުން ރިޕޯޓުކޮށްފިއެވެ. ބްލޫމްބާގެ ރިޕޯޓެއްގައި ވަނީ ކާލައިލް އާއި އެ ކުންފުންޏާ އެކު އިންވެސްޓްކޮށްފައިވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑެވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓުން ޓީއެމްއޭ ވިއްކާލަން މަސައްކަތް ކުރަމުންދަނީ 500 މިލިއަން ޑޮލަރާ 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށެވެ. އެ […]

ފަހަށް އެނބުރި ބަލައިލުމެއް: ތާރީޚުގެ އިބުރަތްތެރި ސަފުޙާތަކުގެ ތެރެއިން ތުރުކީ އިން ފިލާވަޅެއް:

ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލެއްގެ މައްޗަށެވެ.  ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތް ކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރި ކުރެވޭ ގޮތުގެ މިސާލެެއްގެ މައްޗަށެވެ. އާދެ، 1918ގައި ފުރަތަމަ […]

ރަޝިޔާއިން ފޯރުކޮށްދޭ ގޭހަކީ ޔޫރަޕްގެ ގައުމުތަކަށް ކިހާ ބޭނުން އެއްޗެއް؟ 

ޗައިނާއަށް ފޯރުކޮށްދޭންޖެހޭ ގުދުރަތީގޭހުގެ މިންވަރ މާ ބޮޑަށް އިތުރުވުމާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކަށް ބަރާބަރަށް ގޭސް ފޯރުކޮށް ނުދެވޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ބިޔަ ގޭސް ކުންފުނި ގޭޒްޕްރޯމް އިން ބުނެފައިވަނީ ނޯޑް ސްޓްރީމް 1 ގެ ގުދުރަތީ ގޭސް ފޯރުކޮށްދޭ ހޮޅި މަރާމާތު ކުރުމަށް ޓަކައި ބަންދުކުރެވިފައިވާތީ ޔޫރަޕްގެ ގައުމުތަކަށް ގޭސް ފޯރުކޮށްދިނުމުގެ އެއްބަސް ވުމުގައި އޮންނަ “ އިންސާނުންގެ ބާރު ނުފޯރުވޭ ޙަލަތުގެ މާއްދާގެ ދަށުން “ މިވަގުތު ގޭސް ފޯރުކޮށް ދެވެން ނެތީކަމަށެވެ.  އަދި މިޙާލަތުގައި ރަޝިޔާއިން އިތުރަށް ކުރެވޭނެކަމެއް ނެތުމާއެކު އޭގެ […]

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުން 200 ވުރެ ގިނަ، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ހިމެނޭ!

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއްޖިންސިން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ މަތިކަން އެނގިއްޖެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ”ސަންދާނަށް“ ބުނީ، އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި ބައެއް ބިދޭސީންގެ އިތުރުން ބައެއް ޒުވާނުންވެސް ހިމެނޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އަލަމްގިރީގެ މައްސަލައިގެ ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް […]

ސްރީލަންކާއަށްދިމާވި ޙާލަތުން ދިވެހިން ލިބިގަންނަންޖެހޭ ދަރުސްތައް 

މި ލިއުމުގެ ބޭނުމަކީ އެއްވެސް މިންވަރަކަށް ސްރީލަންކާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރުމެއް ނޫނެވެ. ހަމައެފަދައިން އެގަމުގައި ހިނގަމުންދާ ކަންތަކަށް ފާޑުކިއުމެއްވެސް ނޫނެވެ.                                           ސްރީލަންކާއަކީ އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި އެއްގައުމެވެ. ކެއިންބުއިމާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ސިފަތަކެއް ދެ ގައުމުގެ […]

ތުއްތު ކުދިންނަށް ސިހުރު ޖެހިފައިވާ ނަމަ ފެންނާނެ އަލާމާތްތަކާއި އޭގެ ފަރުވާ

ސިހުރާއި އެސްފީނާއާއި ރޫހާނީ އުނދަގޫތަކަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ތުއްތު ކުދީންވާ ފަހަރުވެސް މަދެއް ނޫނެވެ. ތުއްތު ކުދީން ރޫހާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ ނަމަ ބައެއް އަލާމާތްތައް ތަކުރާރުކޮށް ފެންނނެއެވެ. އޭގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ގިނައިން ރޮއެ ހަޅޭލަވައި ހެދުމާއި ހާސްވެގެން އުޅުން ހިމެނެއެވެ. ފެނިދާނެ އެހެން ބައެއް އަލާމާތްތައް؛ ކުއްޖާ ހިކި އަނަރޫފަވެ، ކެއުމާއި ދުރުވުންގިނައިން އާފުރުންމޫނު ރީނދޫވުން.މައިންބަފައިންނަށް ނުކިޔަމަންވެ ބަސްނޭހުމާއި ކުއްޖާގެ އުޅުމަށް ބަދަލު އައުން (މާބޮޑަށް […]

ސްރީލަންކާގެ ރައީސްގެ މަގާމާއި ރަނީލް ހަވާލުވެވަޑައިގެންފި 

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުކަމުގެ މަގާމް އަދާކުރައްވާފައިވާ އުމުރުން 73 އަހަރުގެ ރަނީލް ވިކްރެމެސިންގް އެ ގައުމުގެ ރައީސް ކަމާ ހަވާލުވެލައްވައި މިއަދު ރަސްމީކޮށް ހުވާކުރައްވައިފިއެވެ.  ގައުމުގެ އިގްތިސާދު ދަށަށް ގޮސް ރައްޔިތުން ހާލުގައި ޖެހުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ވަނީ މުޒާހަރާކޮށް ކުރީގެ ވެރިކަން ވައްޓާލާފައެވެ. ގައުމުގެ ވެރިކަމާއި ރަނީލް ހަވާލުވެލެއްވުމުން ސްރީލަންކާގެ ރައްޔިތުންގެ ހިތްތައް ވަނީ މާޔޫސްކަމާއި ޝަކުވާއިން ފުރިފައެވެ. އެ ގައުމުގެ ގިނަ ބަޔަކު ރާޖަޕަކްސާސްގެ ވެރިކަމާއި ދެކޮޅޭވެ. ރަނީލް އަކީ ރާޖަޕަކްސާސްގެ ގާތް […]

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސްވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ. އެ މައްސަލައާ ގުޅިގެން އަޒާން މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ. އަޒާން ފުލުހަށް ހާޒިރުކުރުމުން ބައެއް ނޫސްވެރިންނާއި އާއްމު […]

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މީހާ ބަންދު ނުކުރަން ސްޕްރީމް ކޯޓުން އަމުރުކުރުން: ބޮޑު ހައިރާން ކަމެއް 

އިންޑިއާގެ ބޮޑު ވަޒީރުކަން ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވި ފަހުން އެ ގައުމުގެ ސްޕްރީމް ކޯޓުން ނެރޭ ބައެއް އަމުރުތަކާ މެދު ވަރަށް ގިނަ ބަޔަކު ހައިރާންވެ ފާޑުކިޔަމުން ގެންދެއެވެ. ކީރިތި ރަސޫލާ  ﷺ  އަށް ފުރައްސާރަކުރި އިންޑިއާގެ ވެރިކަން ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރު ޝަރުމާގެ މައްޗަށް ހުށަހެޅިފައިވާ 9 މައްސަލައިގެ މައްޗަށް ބިނާކޮށް އޭނާ ބަންދު ނުކުރެވޭނޭކަމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ދާދިފަހުން ބުނުމާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބި ފާޑުކިޔަމުން […]

ޝަރުތުކޮށްފައި ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަކަރާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ. ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހުގައެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝައިހް ފަޒްލޫން ހިމެނޭހެން އަށް މީހަކު ދޫކޮށްލާފައިވާއިރު، ޝައިހް ފަޒްލޫނާއެކު، އެ ހަރަކާތުގައި އިސްކޮށް […]