” ފަނާކުރަނިވި  ބޮޑު ހަތް ފާފައާއި  ދުރުހެލިވުން“ 2

https://sandhaanu.today/22026/  އާއި ގުޅޭ… 2. ދެވަނަ ފާފަ: ސިޙުރު ސިޙުރަކީ: ކަރުދާސް ނުވަތަ ގޮށްގޮށަށް ފުމެ ހަށިގަނޑަށާއި ހިތަށް އޭގެ އަސަރުކޮށް ބަލިކޮށްލަން ކިޔެވޭ އަދި ލިޔެވޭ ކޮންމެ އެއްޗެކެވެ. އަދި އޭގައި ބައެއް މީހުން މަރުވެ، އަދި ދެމަފިރިން ދުރުކޮށް މީހުންގެ މެދުގައި ރުޅިވެރިކަމާއި ނުތަވަސްކަން މެދުވެރިކޮށްދެއެވެ. ސިޙުރަކީ އޭގައި ޙަޤީޤަތެއްވާ އެއްޗެއް ހެއްޔެވެ؟ނުވަތަ ނޫން ހެއްޔެވެ؟ ޢިލްމުވެރިންގެ ރައުޔު މިކަމުގައި ތަފާތުވެ ދެބަޔަކަށް ބެހިގެން ދެއެވެ. ފުރަތަމަ ރައުޔު:ސިޙުރަކީ އޭގައި ޙަޤީޤަތެއް އަދި އަސަރުތަކެއްވާ އެއްޗެކެވެ. […]

އުދައިގައި ހަންކެޑެ ބުރިޖަށް ބޮޑެތި ގެއްލުންތަކެއް

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާއިން އައްޑޫ ސިޓީ، ހަންކެޑެ ސަރަހައްދުގައި އަޅަމުން އަންނަ ބުރިޖުގެ ބައެއް ގިރާލައިފިއެވެ. އިއްޔެއިން ފެށިގެން މޫސުން ގޯސްވެ އައްޑުއަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ތެރޭގައި ހަންކެޑެ ބުރިޖު އެޅުމަށް ހިއްކާފައިވާ ސަރަހައްދުގެ ބޮޑުބައެއް ވަނީ ގިރާލައިފައެވެ. އަދި އެ ބުރިޖު އެޅުމަށް އެތަނުގައި ބަހައްޓާފައިވާ ބައެއް ސާމާނުވެސް ވަނީ ހަލާކުވެފައެވެ. އެގޮތުން ކޮންޓެއިނަރުތައް ގޮސްފައިވެއެވެ. ބުރިޖުގެ މަސައްކަތައް ބޭނުންވާ ތަކެތި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތައް ދައުރުކުރަމުން އަންނައިރު، އޮޔާދިޔަ ތަކެތީގެ […]

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައިފިއެވެ. އައިޖީއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ޖިންސުގެ ދިވެހި ޒުވާނުން ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސްއިން ތަމްރީނުކުރި ޓީމް: ހުސައިން […]

ނޫސްވެރިންނާއި ދެކޮޅަށް ބިލް ފާސްކުރުމުން ބޭރުގެ ނުރުހުން ރާއްޖެއަށް

ނޫސްވެރިން ލިޔާ ލިޔުންތައް ފުޅާ ދާއިރާއެއްގައި، މަސްދަރު ހާމަކުރާ ގޮތަށް މަޖްބޫރުކޮށް، ހެއްކާއިބެހޭ ބިލު ފާސް ކުރުމަށް ރައްޔިތުންގެ މަޖްލިހުން މަސައްކަތް ކުރަމުން ދަނިކޮށް ނޫސްވެރިން މި ބިލާދެކޮޅަށް މަޖްލިސްކުރާ ގޭދޮށުގައި އެމީހުންގެ ޝުޢޫރު  ފާޅު ކުރުމުންވެސް އެބިލް މަޖްލިހުން ފާސް ކުރުމުން ބައިނަލް އަޤްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތް ތަކުގެ ނުރުހުން ވަރަށް ބޮޑަށް ރާއްޖެއަށް އަމާޒުވެއްޖެއެވެ. ބައެއް ހާލަތްތަކުގަ ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ކޯޓުން ކަނޑައެޅޭގޮތަށް އެމް.ޑީ.ޕީ ގެ ސުޕަރ މެޖޮރިޓީ އޮންނަ މި މަޖްލިހުން އިއްޔެ ވަނީ އެބިލް ފާސްކޮށްފައެވެ. އެބިލުގައި ވާގޮތުން، މަސްއަލައެއްގައި ހިމެނޭ […]

ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 3

https://sandhaanu.today/22017/ އާއި ގުޅޭ…. ހަވަރުތުނަދޫގެ މުޅިއާބާދީ އަށް ސަރުކާރުން މިފަދަ ބޮޑު އަނިޔާއެއް ދިނީ ބަޣާވާތް ކުރީމައޭވެސް ބައެއްމީހުން ބުނެއެވެ.ބަޣާވާތަކީ ކޮބައި ހެއްޔެވެ. އައްޑޫ އަތޮޅު ހިތަދޫ އަކީ ދެކުނުގެ ހަތަރު އޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅަން ޖެހުނީ މަލިކުގެ ރައްޔިތުންނަށް ކުރިމަތި ވި އެކަނި ވެރިކަމާ ހިތްދަތިކަން ދެކުނުގެ 4 އަތޮޅަށް ކުރިމަތި ވިޔަ ނުދިނުމަށްޓަކައެވެ. ދިވެހިސަރުކާރުގައި މަލިކުގެ ރައްޔިތުންނަށް ދޭނެ ކާޑުކޮޅެއްހާ މިންވަރުވެސް ނެތި ބަނޑަށް ޖެހި އިންޑިޔާގެ އެހީއަށް އެދެން ޖެހުނީ ވެސް […]

އެމެރިކާގެ މިލިޓްރީ ސިޔާސަތު ދުނިޔެއިން ފެންނަގޮތް 

މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރިން އެމެރިކާގެ ރައީސް އަދި ދެވަނަ ބޮޑުހަނގުރާމައިގެ ހީރޯ އައިޒަން ހާވަރ އެމެރިކާއަށް އިއުލާންކުރައްވައި އިރުޝާދު ދެއްވާފައިވަނީ އެމެރިކާ އަބަދުވެސް އޮންނަންޖެހޭނީ މިލިޓްރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސް އެއްގެ ގޮތުގައިކަމަށެވެ. އެ އިރުޝާދު އެމެރިކާގެ ސިޔާސީ ވެރިންނާއި މިލިޓްރީން އަދި މިލިޓްރީ އިންޑަސްޓްރީތަކުން އެގެންދަނީ ތަންފީޒު ކުރަމުންނެވެ.  އަދި ދުވަހެއް ދުވަހަކަށް އެމެރިކާގެ މިލިޓްރީ ބާރު ގަދަކުރަމުންނެވެ. އެމެރިކާގެ މިލިޓްރީއާއި މިލިޓްރީ އިންޑަސްޓްރީ ތަކަށް މިލިޓްރީ ޕްލޭޓްފޯމްތައް އެމެރިކާ ސަރުކާރުން އަބަދުވެސްއޮންނަނީ ސިޔާސީގޮތުން ކަށަވަރު ކޮށްދީފައެވެ. އަދި މިލިޓްރީގޮތުން ދުވަހެއް ދުވަހަކަށް ބާރު ގަދަކުރުމަށްޓަކައިތަޖްރިބާ ކުރުމުގެގޮތުން ރަޙްމަތްތެރި އަދި ގުޅިފައިވާ ގައުމުތަކުން މިފަދަ މިލިޓްރީ ޕްލެޓްފޯމުތަކަށް އެގައުމުތަކުގެ ޚަރަދުގައި ގެންދަނީ މަގުހުޅުވައިދީ […]