ބަށީގެ ވާހަކަ
އެއްދުވަހަކު ރަސްގެފާނު އެމަނިކުފާނުގެ ޚާދިމަށް ވިދާޅުވިއެވެ. ”މިއަދު އަހުރެން ބަށި ކާ ހިއްވެއްޖެއެވެ“. ދެން، ޚާދިމު ރަސްގެފާނަށް ދެންނެވިއެވެ. ”އެހެންތޯއެވެ؟ ދެން، އެހެން ނުވާނީ ވެސް ކީއްވެތޯއެވެ؟ މާތްރަސްކަލާނގެ ބަށީގައި ބަރަކާތްލައްވާފައި ވެއެވެ. ބަށި ފިހެގެން ކެވެއެވެ. އަދި، ތެލުތައިގެން ވެސް ކެވެއެވެ. ބަށީގައި ރިހަ ކެއްކެއެވެ. އަދި މަސްހުނި ވެސް ހެދެއެވެ. ބައްޓަކީ އެއްވެސް ސަރުބީއެއް ނުހުންނަ އެއްގަމު މަސްފަދަ އެއްޗެކެވެ. ހުޅުނބެއް، ކައްޓެއް، ނުހުންނަ ކަނޑު މަސްފަދަ އެއްޗެކެވެ!“ ދެން، ރަސްގެފާނު ވިދާޅުވިއެވެ. ”ނަމަވެސް، […]
އެމްޓީޑީން 3000 މެންބަރުން ހަމަކޮށް ފޯމުތައް ހުށަހަޅައިފި
ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތައް ވަކިކުރަން ނިންމުމާއި ގުޅިގެން އެ އަދަދު ހަމަނުވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން 3،000 މެންބަރުން ހަމަކޮށް މެންބަޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއްގެ ނަން އިއުލާންކޮށް އުވާލާނެކަމުގެ އިންޒާރު ދީ އެޕާޓީތަކަށް އީސީން ވަނީ މިމަހު ފެށުނު އިރު ނޯޓިސް […]
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ. މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ. ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ. ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު […]
މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާފަންނު ގެއެއްގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
ސޫދާންގެ ބޯޓެއް ކަނޑުވެ 15000 ކަންބަޅި ބަކަރި މަރުވެއްޖެ
އިއްޔެގެ ވަގުތެއްގައި ސޫދާން އިން ސައުދީއަށް ދަތުރުކުރަމުން ދިޔަ އާގު ބޯޓެއް ކަނޑުވެ 15000 އަށް ވުރެ ގިނަ ކަންބަޅި ބަކަރި ވަނީ މަރުވެފައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ސޫދާންގެ ސީނިޔާ ޕޯޓް އޮފިޝަލަކު މިކަމާ ގުޅިގެން އެ ގައުމުގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ކުރިމަތިވެފައިވަނީ އާގުބޯޓަށް އުފުލޭ ވަރަށް ވުރެ ގިނަ ޖަނަވާރު އަރުވައިގެން ބޯޓު ދަތުރުކުރަން އުޅުމުގެ ސަބަބުންނެވެ. ބޯޓު ކަނޑުވި އިރު […]
އަނިޔާވެރި ގޮތަކަށް އާންމުންގެ ބަޔަކު މަރާލި މައްސަލައިގައި އިންޑިޔާ ފުލުހުންނަށް ދައުވާ ކޮށްފި
އިންޑިޔާގެ ނެގަލޭންޑްސްގެ ޕޮލިސް ޑިޕާޓްމެންޓް ގެ ޗީފް، ޓީޖޭ ލޮންގް ކުމާރް މިދިޔަ އާދިއްތަ ދުވަހު އެ ގައުމުގެ މީޑިޔާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިނެ އާންމުންގެ ބަޔަކު މަރާލި މައްސަލައިގާ ޝާމިލްވާ 30 ފުލުހުންގެ މައްޗަށް މިހާރު ވަނީ ކުށް ސާބިތުވެ ދައުވާ އުފުލާފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހާދިސާގައި މަރުވެފައިވަނީ ކޮންޔަކް ޓްރައިބްއަށް ނިސްބަތްވާ 13 މީހުންނާއި ސިފައިންގެ […]
އިސްލާމް ދީން ނައްތާލަން ގޮވާ ބަޔަކާއިއެކު ގުޅުން ބަދަހި ކުރުމަކީ ނުރައްކާތެރި ބިރުވެރިކަމެއް
އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާ ގައުމަކާ ގުޅުން ބަދަހި ކުރުމަކީ މުސްލިމް ގައުމުކުން ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫނެވެ. މާނައަކީ އެގައުމަކާ ޖެހިގަންނަވާހަކައެއް ނޫނެވެ. އިސްލާމްދީން ޙިމާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ. ދުނިޔޭގައި އޮތް ހަމަ އެކަނި ސައްތައިން ސައްތަ އިސްލާމީ 2 ގައުމަކީ ސަޢޫދީ ޢަރަބިއްޔާއާ ދިވެހި ރާއްޖެއެވެ. ސަޢޫދީން އިން ވެސް މިހާރު އެވަނީ އިންޑިއާ އާއި އެކު ކުރިން އޮތް ގުޅުން ކަނޑާލައިފައެވެ. ދެން އޮތީ ރާއްޖެއެވެ. ރާއްޖެއަކީ ސަޢޫދީފަދަ އަސްކަރީ ބާރާ […]
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެ
ގޭމް ކުޅެން ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެއެވެ. މި މުބާރާތަކީ އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި 200 ޓީމަކުން 400 ބައިވެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގެ އިނާމު ދިނުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އެއީ މުބާރާތުން އެއްވަނަ އަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި […]
އިސްލާމް ފޯބިއާ އާއި ދެކޮޅަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި
ކީރިތި ނަބީ ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިޖަލްސާގެ ބޭއްވުމުގެ އެންމެހާ އިންތިޒާމެއް ރާވާ ހަމަޖައްސާނީ އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަނުންކަމަށް ބުނެއެވެ. އަދި މިގޮތުން އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އޮންނާނެކަމަށް ޕީޕީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިއްޔެ ހަވީރުއޮތް ބައިބޮޑު ސައިކަލް ބުރައްފަހު އަދިވެސް މިޖަލްސާ ބޭއްވުމުގެ އެންމެ ބޮޑު މުހިންމުކަމަކީ އިންޑިއާގެ ހައްދުފަހަނާ އަޅައިފައިވާ ހިންދުތުވާގެ ވެރީންނަށް ދިވެހި މުސްލިމުން އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީ ބާޓީއިން ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރާ ކުރުން ބަލައިނުގަނެވޭނޭކަން ދެއްކުމަށާއި ނަބިއްޔާއަށް ދިވެހީންގެ ހިތުގައި އޮންނަ ލޯބި […]
މާބްލް ޝީޓްތަކެއްގެ ތެރޭ ތާށިވެގެން މީހަކު މަރުވެއްޖެ
ހުޅުމާލޭގެ ފޭސް ދޭއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މާބްލް މުށިތަކެއްގެ ތެރޭގައި ތާށިވެގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ އެ މީހާ މަރުވެފައިވަނީ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓޭނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި މަރުވިމީހާގެ އިތުރުން އެހެން މީހަކުވެސް ތާށިވިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާދިސާގައި ދެން ތާށިވީވެސް ބިދޭސީ އެއް ކަމަށާ އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 3:30 […]