އިސްލާމް ފޯބިއާ އާއި ދެކޮޅަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި 

Facebook
Twitter
WhatsApp
06FCC802-C5C8-4984-8161-B4375795DA78


ކީރިތި ނަބީ ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިޖަލްސާގެ ބޭއްވުމުގެ އެންމެހާ އިންތިޒާމެއް ރާވާ ހަމަޖައްސާނީ އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަނުންކަމަށް ބުނެއެވެ.

އަދި މިގޮތުން އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އޮންނާނެކަމަށް ޕީޕީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ ހަވީރުއޮތް ބައިބޮޑު ސައިކަލް ބުރައްފަހު އަދިވެސް މިޖަލްސާ ބޭއްވުމުގެ އެންމެ ބޮޑު މުހިންމުކަމަކީ  އިންޑިއާގެ ހައްދުފަހަނާ އަޅައިފައިވާ ހިންދުތުވާގެ ވެރީންނަށް ދިވެހި މުސްލިމުން އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީ ބާޓީއިން ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރާ ކުރުން ބަލައިނުގަނެވޭނޭކަން ދެއްކުމަށާއި ނަބިއްޔާއަށް ދިވެހީންގެ ހިތުގައި އޮންނަ ލޯބި ދައްކާލުމެވެ.

ކީރިތި ރަސޫލާއަށް ހަޖޫޖަހާ މަލާމަތްކޮށްފައިވަނީ ޕުރައިމިނިސްޓަރ  މޯދީ ޕާޓީބީޖޭޕީ ސްޕޯކްސްޕާސަން ނުޕޫ ޝަރުމަ އާއި މީޑިއާގެ ހެޑް ނަރީން ކުމާރު ޖިންދާލެވެ. އިންޑިއާގެ ހައްދުފަހަނާ އަޅައިފަވާ ހިންދޫތުވާ ބީޖޭޕީން އިން ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ދަނީ ހަރުކަށްި ޢިބާރާތުން ކުށްވެރިކޮށް މަގުމަތީންވެސް ނުރުހުން ފާޅުކޮށްފައެވެ.ބައެއްގައުމުތަކުން އިންޑިއާގެ އެއްވެސް މުދަލެއް ބޭނުން ނުކުރުމަށްވެސް ނިންމައިފާވެއެވެ. 

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫންނަށް ނިސްބަތްވާ ޕާޓީއެކެވެ.އެމީހުން ބުނާގޮތުގައި އެއްވެސް ގައުމެއްގައި 30%އަށްވުރެ އިސްލާމުން ގިނަވެއްޖެނަމަ އެގައުމެއް ޙަލާކާއި ކުރިމަތިލީއެވެ. އެގޮތުން އިންޑިއާގައި އުޅޭ މުސްލިމުން ނަކީ އެހެން އިންޑިއަނުންނަށް ލިބޭ  ރައިޓްސްތަށް ލިބެންނުޖެހޭނެ ބައެއްކަމުގައިވެސް ވަނީ ކަނޑައަޅާފައިވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް