އަޔަލަންޑް ގައި ކޮވިޑް ފިޔަވަޅުތައް އުވާލަނީ

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އަޔަލަންޑްގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް ހޮނިހިރު ދުވަހު އުވާލާނެ ކަމަށް ޚަބަރުލިބެއެވެ. ޓީވީ މެދުވެރި ކުރައްވައި ގައުމާ މުޚާޠަބް ކުރައްވަމުން ބޮޑުވަޒީރު މައިކަލް މާޓިން ހުކުރު ދުވަހު ވިދާޅުވީ ގައުމުގެ އާބާދީގެ ބޮޑު އިންސައްތަ މިހާރު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައި ވުމާއެކު އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ސީރިއަސްކޮށް ބަލިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށް ކުރެވުނު ކަމަށާއި އަޔަލަންޑަށް މިހާރު މިވަނީ ތޫފާނުގެ ގަދަ ހިސާބު ހުރަސް ކުރެވިފައި […]
ފަތްކޭލުގެ ބާވަތަކުން ދުނިޔެ ކާޑަށް ޖެހުން ހުއްޓުވިދާނެތަ؟

އިތިއޯޕިޔާގައި އާންމުކޮން ހައްދަމުން އަންނަ ފަތްކެޔޮ އާއިލާގެ ބާވަތެއްކަމަށް ”އެންސެޓް“ މި ގަސް ފުޅާ ދާއިރާއެއްގައި ހައްދައިގެން ދުނިޔޭން ކާޑުގެ ދަތިކަން ފިލުވުމަށް އެހީތެރިވެދީފާނެ ކަމަށް އަލަށް ހެދި ދިރާސާ އަކުން ދައްކައިފި އެވެ. މިބާވަތުގެ ގަސް މުހިންމު ވަނީ މިއީ ހޫނު މޫސުމުގައިވެސް ހެއްދޭ ބާވަތަކަށް ވާތީއެވެ. ދިރާސާ ހެދި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރަށް ވުރެ ފުޅާކޮށް މިބާވަތް ހައްދައި ފޯރުކޮށްދީފިނަމަ ސަތޭކަ މިލިއަނެއްހާ މީހުންނަށްވެސް ކެއުމަށް ފުދޭވަރަށް ހެއްދިދާނެއެވެ. ނަމަވެސް އެންމެ ހައިރާން […]
ގާނާގައި ބޮން ހިފައިގެން ދަތުރުކުރި ކާރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

މައިންތަކުގައި ބޭނުންކުރާ ޒާތުގެ ބޮން ހިފައިގެން ދަތުރު ކުރި އުޅަނދަކާ ސައިކަލެއް އެކްސިޑެންޓްވި ހާދިސާއެއްގައި ގިނަ މީހުންތަކެއް މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ގާނާގެ ހުޅަނގުގައެވެ. މިހާތަނަށް މިހާދިސާގައި މަރުވި މީހުންގެ އަދަދު ޔަގީންވެފައިނުވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. މިހާދިސާގައި ބޮޑު ގޮވުމެއްގޮވައި ކައިރީގައި ހުރި ބައެއް އިމާރާތްތައް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. ގާނާގެ ފުލުހުން ކޮށްފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި […]
ޕާކިސްތާނުގެ ލާހޫރުގެ ބާޒާރަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި

އިރުމަތީ ޕާކިސްތާނުގެ އަވަށެއްކަމަށްވާ ލާހޫރުގެ ބާޒާރަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 3 މީހުން މަރުވެ 28 މީހުންނަށް އެކިވަރުގެ ޒަހަމުތައް ވެފައިވާކަމަށް ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފިއެވެ. ބުރާސްފަތި ދުވަހު ފުލުހުންގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި ބޮން ގޮވާފައިވަނީ ލާހޫރުގެ ގޭޓް ސަރަހައްދުގައެވެ. އެ ސަރަހައްދަކީ ހަނި ގޯޅިތަކެއް އޮންނަ ކުދި ފިހާރަތައް ގިނަ ސަރަހައްދެކެވެ. މިހާދިސާގައި ތިން މީހުން މަރުވިކަން ވަނީ ޔަގީންވެފައެވެ. އަދި ޒަހަމްވެފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ […]
ޓޮޔޯޓާގެ އައު ކާރު ނެރުން 4 އަހަރަށް ލަސްވެދާނެ

މުޅި ދުނިޔޭގައި ވެސް މަގުބޫލު ކަން ހޯދާފައިވާ ލޭންޑް ކްރޫޒަރ އެސްޔޫވީ ކާރުގެ އެންމެ ފަހުގެ މޮޑެލް ގަންނަން ބޭނުންވާ ފަރާތްތަކުން ހަތަރު ވަރަކަށް އަހަރުގެ އިންތިޒާރެއް ކުރަން ޖެހިދާނެ ކަމުގައި ކާރު އުފައްދަމުން ގެންދާ ޓޮޔޯޓާ ކުންފުނިން ބުނެފިއެވެ. ޓޮޔޯޓާގެ މިނިންމުމާ ގުޅިގެން އެކުންފުނީގެ ހިއްސާގެ އަގުވަނީ ހުކުރު ދުވަހު 2.7 އިސައްތަ ދަށަށް ގޮސްފައެވެ. ކާރު އުފެއްދުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ޓޮޔޯޓާ ކުންފުނިން މިފަދަ ލަސްވުމެއް އަންނާނެ […]
ޒުވާން އަންހެންކުއްޖަކު ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑު ގާއިމުކޮށްފި

އުމުރުން ވިހި އަހަރުވެސް ނުވާ އަންހެންކުއްޖަކު ކުޑަ މަތިންދާބޯޓެއްގައި އެކަނި ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑް ގާއިމު ކޮށްފިއެވެ. މިތާރީޚީ ފަޚުރު ހޯދާފައި ވަނީ އިގިރޭސި އަދި ބެލްޖިއަމްގެ ޕާސްޕޯޓް އޮންނަ، އުމުރުން ނަވާރަ އަހަރުގެ ޒާރާ ރަދަފޯޑް އެވެ. ސާޅީސް އެއް ގައުމުގައި ޖައްސައި 52 ހާސް ކިލޯމީޓަރުގެ ދަތުރު ފުރިހަމަކޮށް އޭނާ ބުރާސްފަތި ދުވަހު ބެލްޖިއަމްއަށް ދަތުރު ނިންމާލާފައި ވަނީ ގިނަ ބައެއްގެ ތަރުތީބުގެ ތެރެއިންނެވެ. މިދަތުރާއެކު ޒާރާ ރަދަފޯޑް ވަނީ ދުނިޔޭގެ […]
ބޭހަށް ނުގުޑާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރު ވަނީ

އެންޓީބަޔޯޓިކްސް ބޭހަށް ނުގުޑާ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުގައި 2019ވަނަ އަހަރު އެކަނި ވެސް 1.2 މިލިއަން މީހުން މަރުވެފައިވާކަން ދުނިޔޭގެ ފެންވަރުގައި ހެދި ބޮޑު ދިރާސާ އަކުން ދައްކައިފި އެވެ. މިއީ މެލޭރިޔާ އަދި އެއިޑްސް ޖެހިގެން މަރުވި މީހުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ. ޔުނިވަރިސިޓީ އޮފް ވޮޝިންގޓަންގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން ގެ ފަރާތުންހެދި ދިރާސާ ދައްކާ ގޮތުން މަސްއަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ފަގީރު ގައުމުތަކުގައެވެ. […]
ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަން ނިންމައިފި!

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވީ، ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީން ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދޫކުރާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ. ”ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ“ ލަމާން ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ […]
ހާލަތު ގޯހުން ގޯހަށް: އިތުރު 2137 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2137 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1219 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 547 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 89 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ހަތަރު މީހުން އިއްޔެ މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް […]
ޓޮންގާގެ ރަންވޭ ސާފުކޮށް އެހީ ފޯރުކޮށްދޭ ފްލައިޓްތަކަށް ޖެއްސޭގޮތް ހަދައިފި

ޓޮންގާއިން އެ ގައުމުގެ ބައިނަލްއަގުވާމީ ރަންވޭއެއް ސާފުކޮށް އެހީ ފޮރުކޮށްދޭ ފްލައިޓްތަކަށް ބޭނުންކުރެވޭގޮތް ހަދައިފިއެވެ. އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ޓޮންގާގެ ވެރިރަށަށް ފޭބި އަޅިތަކުގެ ސަބަބުން އެ ގައުމުގެ ގިނަ ރަންވޭތައް ހުރީ ބޭނުން ނުކުރެވޭފަދަ ހާލަތެއްގައެވެ. ޔޫއެންގެ ކްރައިސިސް ކޯޑިނޭޓަރު ޖޮނޮތަން ވެއިޗް ބުނި ގޮތުގައި ޓޮންގާގެ ވެރިރަށުގައި ހުރި ބައިނަލްއަގުވާމީ ރަންވޭއަކުން ވަނީ 10 ސެންޓިމީޓަރުގެ އަޅި ސާފުކޮށް ބޭނުންކުރެވޭ ހާލަތަކަށް ގެނެސްފައެވެ. ރަންވޭ ސާފުކުރެވުނު ނަމަވެސް، އަދި އެ ރަންވޭ ބޭނުންކުރަން […]