ގާނާގައި ބޮން ހިފައިގެން ދަތުރުކުރި ކާރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ގާނާގައި ބޮން ހިފައިގެން ދަތުރުކުރި ކާރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

މައިންތަކުގައި ބޭނުންކުރާ ޒާތުގެ ބޮން ހިފައިގެން ދަތުރު ކުރި އުޅަނދަކާ ސައިކަލެއް އެކްސިޑެންޓްވި ހާދިސާއެއްގައި ގިނަ މީހުންތަކެއް މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ގާނާގެ ހުޅަނގުގައެވެ. މިހާތަނަށް މިހާދިސާގައި މަރުވި މީހުންގެ އަދަދު ޔަގީންވެފައިނުވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މިހާދިސާގައި ބޮޑު ގޮވުމެއްގޮވައި ކައިރީގައި ހުރި ބައެއް އިމާރާތްތައް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ގާނާގެ ފުލުހުން ކޮށްފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ޗިރަނޯ ރަން މައިނެއްގައި ބޭނުން ކުރާނެ ބޮންތަކެއް ގެންދިޔަ އުޅަނދެއް ސައިކަލެއްގައި ޖެހިގެންނެވެ. މިހާދިސާއާ ގުޅިގެން އެކްސިޑެންޓް ހިނގި ސަރަހައްދާ ކައިރި ހިސާބު ތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ދުރުގައި ހުރި އަވަށްތަކަށް ދިޔުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ގާނާގެ ނެޝަނަލް ޑިސާސްޓާ މެނޭޖްމެންޓްގެ ހެޑް، ސެޖި ސަޖި އަމެޑޮނޮ ބުނި ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ފައްސަތޭކައެއްހާ އިމާރާތް ވަނީ ހަލާކުވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ޗިރަނޯ މައިންގެ 140 ކިލޯމީޓަރާ ދުރުގައި އޮންނަ ބަގޮސޯ އާ ބޯޑީ މެދުގައިވާ އަޕިއަޓޭ އަވަށުގައެވެ. ޗިރަނޯ މައިންއަކީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ކިންރޮސް ގެބެލުމުގެ ދަށުގައިވާ މައިންއެކެވެ.

އަޕިއަޓޭ ކައިރި އަވަށްތަކުގެ ކްލާސް ރޫމްތައް ފަދަ އިޖްތިމާއީ ސަރަހައްދުތައް އަޕިއަޓޭގެ ރައްޔިތުން ތިބުމަށްޓަކާ ހުޅުވުމަށް ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.

ގާނާގެ ރައީސް އަކުފާ އަޑޯ، ވަނީ މި ހާދިސާގައި ގިނަބަޔަކު މަރުވެފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހާދިސާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ. އަކުފާ އަޑޯ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.

 

ފަހުގެ އަޕްޑޭޓް