ޒުވާން އަންހެންކުއްޖަކު ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑު ގާއިމުކޮށްފި

Loading

Facebook
Twitter
WhatsApp

އުމުރުން ވިހި އަހަރުވެސް ނުވާ އަންހެންކުއްޖަކު ކުޑަ މަތިންދާބޯޓެއްގައި އެކަނި ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑް ގާއިމު ކޮށްފިއެވެ. މިތާރީޚީ ފަޚުރު ހޯދާފައި ވަނީ އިގިރޭސި އަދި ބެލްޖިއަމްގެ ޕާސްޕޯޓް އޮންނަ، އުމުރުން ނަވާރަ އަހަރުގެ ޒާރާ ރަދަފޯޑް އެވެ.

ސާޅީސް އެއް ގައުމުގައި ޖައްސައި 52 ހާސް ކިލޯމީޓަރުގެ ދަތުރު ފުރިހަމަކޮށް އޭނާ ބުރާސްފަތި ދުވަހު ބެލްޖިއަމްއަށް ދަތުރު ނިންމާލާފައި ވަނީ ގިނަ ބައެއްގެ ތަރުތީބުގެ ތެރެއިންނެވެ. މިދަތުރާއެކު ޒާރާ ރަދަފޯޑް ވަނީ ދުނިޔޭގެ ދެ ރެކޯޑް ގާއިމް ކޮށްފައެވެ.

އެއީ އެކަނި ދުނިޔެވަށައި ދަތުރުކުރި އެންމެ ހަނގު އަންހެނާއަށް ވުމުގެ އިތުރުން މައިކްރޯ ލައިޓް ކިޔާ ވައްތަރުގެ ކުޑަކުޑަ މަތިންދާބޯޓެއްގައި ދުނިޔެވަށައި ދަތުރުކުރުމުގެ ރެކޯޑެވެ. އަދި އޭނާއަކީ މިފަދަ ދަތުރެއްކުރި ބެލްޖިއަމްގެ ފުރަތަމަ މީހާއެވެ.

ތިންމަސްދުވަހުން ދަތުރު ފުރިހަމަކުރުމަށް ގަސްތުކޮށް ޒާރާ ރަދަރފޯޑް ދަތުރު ފަށާފައިވަނީ 2021ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. ނަމަވެސް ތަފާތު ސަބަބު ތަކާހެދި ދަތުރު ފަސްކުރަން ޖެހި ދަތުރު ނިންމާލެވުނީ ކަޑައެޅި ތާރީޚަށްވުރެ ދެމަސްފަހުންނެވެ.

އޭނާ ބުނި ގޮތުގައި ކުރިމަތިވި މައިގަޑު ގޮންޖެހުން ތަކަކީ ސާރބިޔާ ފަދަ ބައެއް ގައުމުތަކަށް ފިނިމޫސުމުގެ އުދަގޫ ބޮޑުވުމާއި ބައެއް ޖަންގަލިތަކުގައި ރޯވެ އަނދަމުން ދާތީ އަރާ ދުމުގެ ސަބަބުން ދުރު ސާފުކޮށް ނުފެނުމާ އަދި ބަޔެއް ގައުމުތަކަށް ވިސާގެ މައްސަލަ ފަސޭހައިން ހަމަނުޖެހުމެވެ.

ޒާރާ ރަދަރފޯޑް ގެ ކުރިން އެކަނި ދުނިޔެ ވަށައި ބުރުޖެ

ހުމުގެ ރެކޯޑް އޮންނަނީ އުމުރުން 30 އަހަރުގެ އެމެރިކާ އަންހެނެއްގެ އަތުގައެވެ.

 

 

Loading

One Response

  1. ގަދަ. ހިތްވަރާއި އެކު ކަމަކާ ކުރިމަތިލައިފިއްޔާ ހަމަ ގިނަފަހަރު ކާމިޔާބުވާނެއެވެ. މަރުހަބާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް