އިންޑިޔާގައި އިންތިޚާބުތަކާ ގެރިއާ ހުރީ ކޮން ގުޅުމެއް؟

ކޮންމެ ގައުމެއްގައިވެސް އިންތިޚާބުތަކާ ދިމާކޮށް ފެންމަތިވާ ނުވަތަ ފެންމަތިކުރާ ބައެއް ކަހަލަ މައްސަލަ ތައް ހުރެއެވެ. މިގޮތުން އިންޑިޔާގައި ގެރީގެ މައްސަލަ މިއީ ފާހަގަ ކޮށްލެވޭ އެއްކަންތަކެވެ. ވެރިކަންކުރާ މައި ޕާޓީ ބީޖޭޕީން ތާއީދުކުރާ ހިންދޫ ދީނުގައި ގެރިއަކީ މާތް ޖަނަވާރެއްގެ ގޮތުގައި ބައެއް މީހުން ދެކޭ އެއްޗެކެވެ. ޚާއްޞަކޮށް ހައްދުފަހަނަޅާފައިވާ ހިންދޫންނެވެ. އެހެން ކަމުން ގެރިކަތިލުމަކީ އެމީހުން ކުރާ ކަމެއް ނޫނެވެ. އަދި ބަޔަކު އެކަން ކުރާތަން ބަލާކަށް ވެސް އެމީހުންނަކަށް ނުތިބެވޭނެއެވެ. އެކަން ކުރާ […]
ރާއްޖޭގެ ފަތުރުވެރިކަމަށް އާދަޔާ ޚިލާފު ކާމިޔާބީ ލިބެމުން އެބަދޭ!

ރާއްޖެޔަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިދުވަސްވަރު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ޖެހިލާފައެވެ. މިއީ ކޮވިޑްގެ މި ހާލަތުގައި ވެސް ވަކިވަކި ޖަޒީރާ ތަކުގެ ގޮތަށް އުފެދިފައިވާ ދިވެހިރާއްޖޭގައި ރައްކާތެރިކަން ލިބޭނެ ކަމަށް އޮންނަ އިތުބާރު ބޮޑުވުމުން ދިމާވެގެން އުޅޭ ކަމަކަށް ވެސް ވެދާނެއެވެ. ނޫންނަމަ ރާއްޖެ އިސްތިހާރު ކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް ރާއްޖެ އަށް މިހާރު ދުވާލަކު އެވްރެޖް ގޮތެއްގައި […]
ތައިލޭންޑަށް އަންނަ މަހުން ފެށިގެން ކަރަންޓީން ނުވެ ދެވޭނެ!

އަންނަ މަހުން ފެށިގެން ކަރަންޓީނު ނުވެ ތައިލޭންޑަށް ދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ. ތައިލޭންޑުގެ ސެންޓަރ ފޯ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) ބުނެފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”ޓެސްޓް އެންޑް ގޯ“ ސްކީމް ދަށުން އެގައުމަށް އެތެރެ ވެވޭނެ ކަމަށެވެ. ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރް ކޮވިޑް […]
މުޣަލް އެމްޕަޔަރ- 20

https://sandhaanu.today/18369/ އައި ގުޅޭ… މުޣަލް އެމްޕަޔަރ ބަލިކަށިވެގެން ދިޔަ ސަބަބުތަކާއި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކަށް އިންޑިއާގެ ސަބްކޮންޓިނެންޓާއި ދުރުއިރުމަތީގެ ރަށްތައް އިސްތިޢުމާރު ކުރެވުނުގޮތުގެ މަސްއޫލިއްޔަތުގެ ވަރަށްބޮޑު ހިއްސާއެއް ބޮލުގައި އަޅަންޖެހެނީ ތާރީޚު ފޮތްތަކުން އެނގޭގޮތުގައި މުޣަލް ރަސްކަމުންނެވެ. އެ ރަސްކަމުގެތެރޭގައި އުފެދެމުންދިޔަ އަމިއްލަ އެދުންވެރިކަން ހައްދުފަހަނަޅައި ގޮއްސާތިބި ބޮޑުންތަކެކެވެ.ރަސްކަމުގެ ފަރާތުން ސަރަހައްދުތަކަކަށް ބަހާލައިގެން ގަވަރނަރުން ބައިތިއްބައިގެން ހިންގަން އުޅުނު ނިޒާމު ނުރަނގަޅުވެގެންނެއް ނޫނެވެ. އަދި މައިސަރުކާރުގެ އެއްބާރުލުން ނުލިބިގެނެއްވެސް ނޫނެވެ. އެފަދަ ބޮޑު ވެރިކަމެއް ހިންގަން ލިބުނުއިރުވެސް […]
ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ މިސްކް ބަލި އިތުރުވަނީ

ކޮވިޑް-19 ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް) ކޭސްތައް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފިއެވެ. ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދާ މި ނުރައްކާތެރި ބަލި ރާއްޖެއިން އަނެއްކާވެސް ފެންނަމުން ދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދް ފައިސަލް ވަނީ ޔަގީންކޮށް ދެއްވާފައެވެ. ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޑަކުދިންގެ ބަލިތަކާ ގުޅޭ ގިނަ މައުލޫމާތު ތަކެއް އަބަދުވެސް ހިއްސާކުރައްވާ ޑރ.ފައިސަލް […]
ފްޑް ކޯޓްތަކެއް އަޅަން މާލެ ސިޓީ ކައުންސިލުން ލޯނެއް ނަގަނީ

މާލޭގައި ފްޑް ކޯޓް ތަކެއް އަޅަން ލޯނެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ފުޑް ކޯޓްތަކެއް އެޅުމަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި އީ ދަރުބާރުގޭގެ އިރަށް އޮންނަ ބިމުގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަށްޓަކައި ނިންމި ނިންމުމެކެވެ. އަދި މި ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިއެއް […]
މާފުށި ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެނީ

ގިނަ އަދަދެއްގެ ގައިދީން ތިބޭ މާފުށީ ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ގައިދީންނަށް ކޮވިޑްޖެހިވާއިރު ޖަލުގައި މިހާރުވެސް ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުން 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 44 ގައިދީއަކު ހިމެނޭ ކަމަށެވެ. އަދި ކޮންޓެކްޓުވެފައިވާ މީހުން ހިމެނޭހެން 210 ގައިދީއަކު ކަރަންޓީނު ކޮށްފައިވާ […]
ތިނަދޫގައި ހާލަތު ގޯސްވެ ކާފިއު އިއުލާންކޮށްފި

ގދ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބަލި ފެތުރުން އެ ރަށުގައި ހަތް ދުވަހަށް ކާފިއު ހިންގަން ފަށައިފި އެވެ. ތިނަދޫ ކައުންސިލުން ބުނީ ކޮވިޑްގެ ހާލަތު ރަށުތެރޭގައި ގޯސްވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހު، ހަތް ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. ރަށު ކައުންސިލުން ނިންމާފައިވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާށެވެ. […]
މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ތުހުމަތަކެއް ކުރެވުނު ދާންދޫ ކައުންސިލް ރައީސަށް ދައުވާ ނުކުރަން ނިންމައިފި

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ނުކުރަން ފުލުހުން ނިންމައިފި އެވެ. ފުލުހުންގެ އިދާރާއިން މައްސަލަ ނިމުނުގޮތުގެ ލިޔުން އާސިފަށް ދީފައިވާއިރު އޭގައި ބުނެފައިވަނީ ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ނިމުނު ގޮތުގެ ލިޔުން ހިއްސާކުރައްވަމުން […]
ކޮވިޑް 19: ރާއްޖެއިން އިތުރު 2707 މީހުން ފައްސިވެއްޖެ!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2707 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1420 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 761 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 94 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 429 މީހުން އިއްޔެ ފައްސިވެފައިވެއެވެ. މިއީ ޓެސްޓުކުރި 7681 މީހުންގެ […]