އިތުރު 593 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 593 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 199 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 197 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 124 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖޭއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 99،099 އަކަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހުންނަކީ […]
ދެން ލައިސަންސް ލިބޭނީ ޑްރައިވިން ސްކޫލަކަށް ދިއުމުން: ޓްރާންސްޕޯޓް މިނިސްޓްރީ

ޑްރައިވިން ސްކޫލަކަށް ގޮސްގެން ނޫނީ ލައިސެންސް ނުލިބޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ނަގާ ތިއަރީ ޓެސްޓާއި، ޑްރައިވިންގ ޓެސްޓު ފުރިހަމަ ކުރުމުން މީގެ ކުރިން، ލައިސަންސް ލިބުނު ނަމަވެސް ޑްރައިވިންގ ސްކޫލުގެ ޤަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކު ލައިސެންސް ނެގުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޑްރައިވިން ސްކޫލު ހިންގުމާއި އެ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޤަވާއިދަށް ބަދަލުގެނެސް ޓްރާސްޕޯޓު މިނިސްޓްރީއިން ނެރުނު ބަޔާނުގައިވާ ގޮތުން ރާއްޖޭގައި އެއްގަމު އުޅަނދެއް […]
ޠާލިބާނުން ސަރުކާރެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް އީރާނުން ބުނެފި

އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ޠާލިބާން ރަސްމީ ގޮތެއްގައި ބަލައިގަނެވެން އަދި ނެތްކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީން އެހެން ބުނީ އާދީއްތަ ދުވަހު ޠާލިބާނުންނާ އެކު ތެހެރާނުގައި ބޭއްވި ބައްދަލުވުން ތަކަށް ފަހުގައެވެ. އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބުނެފައި ވަނީ ޠާލިބާނުންނާ އެކު ދެކެވުނު ވާހަކަތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. ނަމަވެސް އީރާނުން ޠާލިބާނުން ސަރުކާރެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. ”އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅިގެން […]
ޖެނީވާގައި އެމެރިކާއާއި ރަޝިއާގެ އޮފިޝަލުން ބައްދަލުކުރައްވައިފި

އެމެރިކާއާއި ރަޝިއާގެ އޮފިޝަލުން ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ސެކިއުރިޓީ މައްސަލަތަކާ ބެހޭ ވާހަކަތަކެއް ވަނީ ދައްކާފައެވެ. މި ވާހަކަތަކަކީ ޔޫކްރެއިންގެ މައްސަލައާ ގުޅިގެން ޔޫރަޕްގައި ކުރިޔަށް އޮތް ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ ޑިޕްލޮމެޓިކް ހަރަކާތްތަކާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ވާހަކަތަކެކެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައަގެންނެވީ ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސާރޖެއި ރެއިބްކޮވް އާއި އެމެރިކާގެ ޑެޕިއުޓީ ސެކްރަޓަރީ އޮފް ސްޓޭޓް، ވެންޑީ ޝާރމަން އެވެ. މި ބައްދަލަވުން ބާއްވާފައި ވަނީ ސްވިސް ސިޓީގައި ހުންނަ […]
އޫރެއްގެ ހިތް އިންސާނެއްގެ ހަށިގަނޑަށް ލައިފި

ޖެނެޓިކު ބަދަލުތައް ގެނެސްފައިވާ އޫރެއްގެ ހިތް އިންސާނަކަށް ލައްވައިގެން އެމެރިކާގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ. މި އޮޕަރޭޝަންގައި ހިތް ބަދަލު ކޮށްފައި ވަނީ ޑޭވިޑް ބެނެޓް ކިޔާ އުމުރުން 57 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ. އޭނާގެ ޑޮކްޓަރުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އޮޕަރޭޝަން ކުރިތާ ތިންދުވަސްވެފައިވާ އިރު އޭނާގެ ހާލު ރަނގަޅެވެ. އޫރެއްގެ ހިތް ލެއްވުމަށް ނިންމީ ބެނެޓްގެ ފުރާނަ ސަލާމަތް ކުރުމަށް އެނޫން ގޮތެއް ނެތިގެން ކަމަށް އޮޕަރޭޝަން ކުރި ޔުނިވަރސިޓީ އޮފް […]
ނަރުސް މީހާ މަރާލި، މާވިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

އައިޖީއެމްއެޗްގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ. ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން މާވިންގެ ބަންދާމެދު ގޮތެއް ނިންމަން ދެން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ. އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި […]
ފްލައިން ސްކޫލުގެ ކިޔެވުން ރަސްމީކޮށް ފަށައިފި

އައްޑޫ ސިޓީގައި ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށައިފިއެވެ. ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ފްލައިން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހުއެވެ. މި ސްކޫލުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 150 […]
ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަދައި ދިނުމަށް ލަންކާއިން އެދިއްޖެ

ސްރީލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހަދައި ދިނުމަށް ލަންކާއިން ޗައިނާގައި އެދެފިއެވެ. މިކަމަށް އެދިފައި ވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ (ފޮޓޯ) ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އާއެކު އާދިއްތަ ދުވަހު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން ސްރީލަންކާއަށް ފަސްބިލިއަން ޑޮލަރަށްވުރެގިނައިން ލޯނުގެ ގޮތުގައި ފައިސާ ދީފައިވެއެވެ. އާދީއްތަ ދުވަހުގެ ބައްދަލު ވުމުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެދިވަޑައިގެންނެވި އިތުރުކަންކަމުގެ ތެރޭގައި ޗައިނާގެ ޓުއަރިސްޓުން ލަންކާއަށް […]
އިންޑިއާގައި ވިހަ ގޭސް ލީކްވެ 6 މީހަކު މަރުވެއްޖެ

ކޯރަކަށް ގަވާއިދާ ޚިލާފަށް އުކާލެވުނު ކެމިކަލް ތަކެއްގެ ސަބަބުން އުފެދުނު ވިހަ ގޭހެއްގެ އަސަރުކޮށްގެން ކައިރީގައި ހުރި ޕްރިންޓިނގް އަދި ޑައި ކުރުމުގެ މަސައްކަތް ކުރާ ކާރުޚާނާއެއްގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން 6 މީހަކު މަރުވެ، 23 މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފަށައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ ގުޖުރާތު ސްޓޭޓްގެ އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ސޫރަތުގައެވެ. ކެމިކަލްތައް އުކާލި ވަގުތަކީ ކާރުޚާނާތަކުގައި މަސައްކަތް ކުރަމުން ދިޔަ ވަގުތެކެވެ. ސޫރަތުގެ މުނިސިޕަލް ކޯޕަރޭޝަންގެ ޗީފް ފައަރ އޮފިސަރު، […]
މުސްލިމް އަންހެނުން ވިއްކާ އެޕް އުފެއްދިކަމަށް ޝައްކު ކުރެވޭ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

ދީނީ ހަމަނުޖެހުން އިންޑިއާގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައި މުސްލިމް އަންހެނުން ވިއްކާ އެޕެއް ހެދިކަމަށް ޝައްކު ކުރެވޭ 20 އަހަރުގެ ފިރިހެނަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މައިކްރޮސޮފްޓްގެ ގިޓްހަބްގައި ހަދާފައިވާ ”ބުއްލީ ބައި“ ނަމަކަށް ކިޔާ އޯޕަން ސޯސް މި އެޕުގައި ވަނީ މުސްލިމް އަންހެނުންގެ ފޮޓޯ ޝެއާކޮށް އެމީހުން ނީލަމެއްގައި ވިއްކޭ ގޮތް ހަދާފައެވެ. ”ބުއްލީ ބައި“އަކީ އިންޑިއާގެ މުސްލިމް އަންހެނުންނަށް ނިސްބަތްކޮށް އަގުވައްޓާލުމުގެ ގޮތުން ކިޔައި އުޅޭ ބަހެކެވެ. މި އެޕް ވަނީ މީގެ […]