ޠާލިބާނުން ސަރުކާރެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް އީރާނުން ބުނެފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ޠާލިބާން ރަސްމީ ގޮތެއްގައި ބަލައިގަނެވެން އަދި ނެތްކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީން އެހެން ބުނީ އާދީއްތަ ދުވަހު ޠާލިބާނުންނާ އެކު ތެހެރާނުގައި ބޭއްވި ބައްދަލުވުން ތަކަށް ފަހުގައެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބުނެފައި ވަނީ ޠާލިބާނުންނާ އެކު ދެކެވުނު ވާހަކަތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. ނަމަވެސް އީރާނުން ޠާލިބާނުން ސަރުކާރެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

”އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅިގެން އީރާނަށް ވަރަށް ބޮޑެތި ކަންބޮޑުވުންތަކާ ކުރިމަތިލާން އެބަ ޖެހޭ. މި ބައްދަލުވުމުގައި މި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވަނީ ވާހަކަ ދެކެވިފައި.“ އޭނާ ބުނެފައިވެއެވެ.

ޠާލިބާނުންގެ ފޮރިން މިނިސްޓަރު، ޢާމިރް ޚާން މުއްތަޤީ ވަނީ އިރާނުގެ ފޮރިން މިނިސްޓަރު، ޙުސައިން ޢާމިރް ޢަބްދުއްރަޙްމާނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމަކީ ވެރިކަމަށް އައުމަށްފަހު ޠާލިބާނުން ބާއްވާފައިވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

އެމެރިކާގެ ސިފައިން ކުއްލި ގޮތަކަށް އަފްޣާނިސްތާނުން ފޭބުމާއެކު އަފުޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމާ ގުޅިގެން އީރާނުން ބުނެފައިވަނީ ޠާލިބާނުން ސަރުކާރެއްގެ ގޮތުގައި ބަލައިގަނެވޭނީ ގުޅިފައިވާ ސަރުކާރެއް އުފެއްދުމުން ކަމަށެވެ.

އާދިއްތަ ދުވަހުގެ މިބައްދަލުވުމުގެ ކުރިންވެސް އީރާނާއި އަފްޣާނިސްތާނުންވަނީ ސިޔާސީ އަދި އިގުތިސާދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް