އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން: ރައީސް ޔާމީން

ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖޭގައި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ށ. ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް، މޫސާ ފަތުޙީ އާދަމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އެ އަތޮޅު ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރެއްގެ ކިބައިން ރައްޔިތުން އެދޭ ވަރަށް ގިނަ […]
ސްކޫލްތަކުން ބޭނުންނަަމަ ފަސް ދުވަހު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ!

މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާގޮތަށް ހަމަޖައްްސާފައިވީ ނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގައިފައިވާ ކަމަށެވެ. އިއްޔަ […]
އިނގިރޭސި ވިލާތަށް އަނެއްކާވެސް އައު ބޮޑު ވަޒީރެއް؟

އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާ ފަރާތްތަކުގެ އަޑުގަދަވެ، މި ހަފުތާ ބަންދު ނިމޭއިރު އައު ބޮޑުވަޒީރެއް ލިބުން ގާތްކަމަށް ނޫސްރިޕޯޓްތައް ބުނަން ފަށައިފިއެވެ. ސަޕޯޓަރުން ޖޯންސަންއާ ދުރަށް ދާން ފަށާފައި ވަނީ ގައުމުގައި އިއުލާން ކުރެވޭ އާންމު ގަވާއިދުތަކާއި އުސޫލުތަކަށް އޭނާ ތަބާވެ ވަޑައިނުގަންނަވާ ކަމަށް ބުނެއެވެ . މިގޮތުން ޕްރިންސް ފިލިޕް އަވަހާރަވުން ފަދަ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި ވެސް ބޮޑު ވަޒީރުގެ ގަޑުވަރުގައި ޕާޓީ ކުރިކަން ހާމަވެ ބޮޑުވަޒީރު މިހާރު […]
ހިޔާ ފްލެޓަކީ ހަމަ ހިޔަލެއްތަ؟

ސޯޝަލް ހައުސިންގެ ދަށުން ގިނަ ބަޔަކަށް އެއްފަހަރާ ހިޔާވަހިކަން ފޯރުކޮށް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫޢުގެ ދަށުން އެޅި ހަތްހާހެއްހާ ފްލެޓް މިހާރު ވަނީ ކާމިޔާބު ކުރި ފަރާތްތަކަށް ދޫކޮށް އަދި ގިނަ ފްލެޓް ތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ. ހިޔާ މަޝްރޫޢުގެ މަގުސަދު ކިތަންމެ މާތްވެފައި ނިޔަތް ސާފުނަމަވެސް މި ފްލެޓްތަކަކީ ހަގީގީ ހިޔަލެއްތޯ ބައެއް ފަރާތްކުން ސުވާލު އުފައްދައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މިތަނުން ތަނުގެ […]
ނޭޓޯއާއެކު ދެކެވުނު ވާހަކަތައް ކާމިޔާބު ނޫން ކަމަށް ރަޝިއާއިން ބުނެފި

ފާއިތުވި ހަފްތާގައި ނޭޓޯ، އެމެރިކާ އަދި ރަޝިއާގެ މެދުގައި ކުރިޔަށް ދިޔަ ސަލާމަތީ ބައްދަލުވުންތައް ނާކާމިޔާބުވެފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާއިން ބުނި ގޮތުގައި މައިގަނޑު ބައެއް މައްސަލަތަކާމެދު ޚިޔާލު ތަފާތުވުންތަކެއް އަދިވެސް އެބަހުއްޓެވެ. ކްރެމްލިންގެ ތަރުޖަމާނު، ޑްމިޓްރިވް ޕެސްކޮވް ބުނި ގޮތުގައި ޖެނީވާ އަދި ބްރަސެލްސްގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުން ބައެއް ރަނގަޅު ނަތީޖާތަކެއް ލިބިފައިވިނަމަވެސް ރަޝިއާއިން ބޭނުންވާ ޔަޤީންކަމެއް އަދިވެސް ލިބިފައެއް ނުވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ދެ މަގުސަދަކީ ރަޝިއާއިން ޔޫކްރޭން ބޯޑަރު […]
އިޒުރޭލުގެ ފުލުހަކު ދިން ހަމަލާއެއްގައި އެ ގައުމުގެ ދެ ފުލުހުން މަރުވެއްޖެ

ވެސްޓް ބޭންކް ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ އިޒުރޭލުގެ ފުލުހަކު ދިން ހަމަލާ އެއްގައި އެ ގައުމުގެ އެހެން ދެފުލުހަކު މަރުވެއްޖެއެވެ. އިޒުރޭލުގެ ޢަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އޮޒް ބްރިގޭޑްގެ ކޮމާންޑޯ ޔުނިޓްކަމަށްވާ އީގޯޒް ޔުނިޓް ތެރޭގައެވެ. މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ދެ ސިފައިން ފެނުމުން ފަލަސްތީނުގެ ބަޔަކު ދޭ ހަމަލާއެއްކަމަށް ޝައްކު ކުރެވި، އެ ޔުނިޓްގެ އެހެން ސިފައިން ދިން ހަމަލާގައި އެ ދެ […]
ކޮވިޑް-19: ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެ

ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 967 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 475 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 290 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 87 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކަނޑު އުޅަނދުފަހަރުން ވެސް 2 މީހަކު ވަނީ އިއްޔެ ފައްސިވެފައެވެ. އަދި […]
މާލޭ ސްކޫލުތަކަށް ހާއްސަ ފިޔަވަޅުތަކަކާއި އެކު އާދީއްތަ ދުވަހު ކިޔެވުން ފެށަނީ!

އަންނަ އާދިއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގެ ސްކޫލުތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ. އެގޮތުން ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ […]
އިތުރު 816 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

އިތުރު 816 މީހުން ފައްސިވެ، ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވް ކޭސް ތަކުގެ އަދަދު 100،000 އަށް ވުރެ މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 816 މީހުން ވަނީ އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 413 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 249 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 92 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން […]
ނަރެންދުރަ މޯދީގެ ބީޖޭޕީ ރޫޅެނީތަ؟

އިންޑިޔާގެ ސިޔާސީ ހަރަކާތުގައި މުހިންމު ސްޓޭޓް އެއްކަމަށްވާ އުއްތަރު ޕްރަދޭޝްގައި ބާއްވަން ތައްޔާރުވެފައިވާ މުހިންމު އިންތިޚާބެއްގެ ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ މައި ޕާޓީ ބަރާތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީން ތިން މިނިސްޓަރުން ހިމެނޭ ގޮތުން މުހިންމު އަށް މެމްބަރުން ޕާޓީ ދޫކޮށްލައްވައިފިއެވެ. މި އަށް މެމްބަރުން ނަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ. ބީޖޭޕީ ދޫކުރެއްވި ގިނަ މެމްބަރުން މިހާރު ވަނީ އިދިކޮޅު މައި ޕާޓީ ސަމާޖްވާދީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ބީޖޭޕީން ވަކިވެވަޑައިގެންނެވި […]