ކޮވިޑުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑުވެއްޖެ: އިތުރު 1420 މީހުން ބައްޔަށް ފައްސިވެއްޖެ

އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1420 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 826 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 346 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 84 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އިއްޔެގެ ނަތީޖާތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 105،001 އަށް އަރާފައެވެ. […]
ވާދަވެރި ކެމްޕެއިނާ ދިމާކޮށް ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ހުޅުވައިލައިފި

ށ. ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިންގެ ބޮޑު ވާދަވެރިކަމުގެ ތެރޭގައި އިއުލާންކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނޭ ދިގުވެލިދޫ އަކީ ޕީޕީއެމްގެ ވެރިކަމެއްގައި […]
އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު ބުރާންތިވެ ވަޑައިގަންނަވާކަށް ނުޖެހޭ

އިންޑިއާ އައުޓޭ ވިދާޅުވެ ރައީސް ޔާމީނު ދައްކަވަމުން ގެންދަވަނީ ދިވެހީންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކައެކޭ ވިދާޅުވެ ސީވިޑް ޙަސަން ލަޠީފު ވާހަކަދައްކަވާއިރު އޭނާ ހުންނެވީ ބުރާންތިވެފައި ބާވައޭ އަނެއްކާ ވެސް ހިތަށް އަރައިފިއެވެ. ޙަސަން ލަޠީފަކީ ބުރާންތިވެފައި ހުންނެވި ބޭފުޅެއް ބާވައޭ ފުރަތަމަ ހިތަށް އެރީ ތިމަން މަނިކުފާނަކީ ”ހަތަރު ކަށިމަތި“ މާލޭ ބޭފުޅޭކޭ ވިދާޅުވެ މާ ބޮޑަށް ފުއްޕަވާފައި ދެއްކެވި ވާހަކަތައް އަޑުއިވުނު ދުވަހުގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ހުންވައިގެން ބައެއް ފަހަރަށް […]
ފިއްލަދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ފ.ނިލަންދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރަތްކުރުމަށް މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. ނިލަންދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިސްމާއިލް އެވެ. މިސްކިތުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 14 ފެށުމަށް ހަމަޖެހިފައިވާރިރު އެއްބަސްވުމުގައި ވާގޮތުން 365 ދުވަހުގެ ތެރޭ މަސައްކަތް […]
ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާއިރު ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތީ މުޒާހަރާ ކޮށްފި

ބ. ކުޑަރިކިލުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުން ދާއިރު، ރަށުން ޑޮކްޓަރުންގެ ހިދުމަތް ނުލިބޭތީ ރައްޔިތުން ނުކުމެ ސިއްހީމަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފި އެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށުގައި ހަލުވިކަމާއެކު ރޯގާއެއް ފެތުރެމުން އަންނަ ކަމަށާ ނަމަވެސް ސިއްޚި މަރުކަޒުގައި ޑޮކްޓަރަކު ނެތިމުގެ ސަބަބުން އެކަށީގެންވާ ބޭސްފަރުވާ ނުލިބި ގިނަ ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ. “ އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން. އެކަމަކު އަޅާލާނެ ބައެއް ނެތް. ސިއްހީހިދުމަތުގެ ފެންވަރު އެހާ ދަށްކޮށް […]
ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަގާމަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުއްލާ ފަލާހް ޝަރީފް ހަމަޖއްސައިފިއެވެ. ފުވައްމުލަށް ސިޓީގެ ފުނާޑު، މާނެލް، އަބްދުއްލާ ފަލާހް ޝަރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރެއްވީ މިއަދުގައެވެ. ފުވައްމުލަކު ސިޓީގެ އެންމެ ފުރަތަމަ މޭޔަރުކަން ކުރެއްވި ފަލާހް ވަނީ އެއަތޮޅު ކައުންސިލްގެ ރައީސް ކަންވެސް ކުރައްވާފައެވެ.
އަލިފާން ފަރުބަދައެއް ގޮވައި އެމެރިކާއިން ސުނާމީ އަރާނެކަމުގެ ބިރު އޮތް ކަމަށް ހާމަކޮށްފި

މޫދު އަޑިގައި ހުރި ބޮޑު އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ޓޮންގާއަށް ސުނާމީ އަރައި ކައިރި އެހެން ގައުމުތަކަށް ސުނާމީގެ ނުރައްކާ ވަނީ ނެރެފައެވެ. މި އަލިފާން ފަރުބަދަ ގޮވި މަންޒަރު ވަނީ ޖައްވުގައި ހުރި ސެޓަލައިޓްތަކަށް ވެސް ފެނިފައެވެ. އަދި މި ފަރުބަދަ ގޮވި އަޑު 800 ކިލޯމީޓަރު ދުރަށް ވެސް އިވުނެވެ. ފަރުބަދަ ގޮވާފައި ވަނީ ޓޮންގާގެ މައި ރަށް ކަމަށްވާ ޓޮންގަޓަޕޫގެ 65 ކިލޯމީޓަރު ދުރުގައި ހުންނަ ހުންގަ ޓޮންގަ ހުންގަ ހާޕީ […]
ސައިބާކްރައިމް ގޭންގެއް ރަޝިއާއިން ހައްޔަރު ކޮށްފި

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި މަޝްހޫރު ސައިބާ ކްރައިމް ގްރޫޕެއް ކަމަށްވާ ރީއީވިލްގެ މެމްބަރުން ހައްޔަރުކޮށް އޭގެތެރެއިން ގިނަ ބަޔެއްގެ މައްޗަށް ރަޝިޔާއިން މިހާރުވަނީ ދައުވާ އުފުލާފައެވެ. މި ގްރޫޕް ހައްޔަރުކުރުމަށް މަގުފަހިވާ މައުލޫމާތު ދޭ ފަރާތަކަށް އެމެރިކާއިން ވަނީ 10 މިލިއަން ޑޮލަރު އިނާމެއްގެ ގޮތުގައި ހުށައަޅާފައެވެ. ރަޝިއާގެ އެފްއެސްބީއިން ބުނެފައިވާ ގޮތުގައި މި ގްރޫޕްގެ މީހުން ހައްޔަރު ކުރެވުނީ އެމެރިކާއިން ދިން މައުލޫމާތުތަކުގެ އެހީގައެވެ. ނަމަވެސް މި ގޭންގަށް ނިސްބަތްވާ ރަޝިއާގެ އެއްވެސް ރައްޔިތެއް […]
އިތުރު 954 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ރާއްޖެއިން އިތުރު 954 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 954 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 514 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 326 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 36 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިއީ މިއަހަރު ފެށުނު ފަހުން ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް 19 އަށް ފައްސިވި […]
ރަޝިއާއިން ދަނީ ޔޫކްރޭނަށް އެރުމަށް ބަހަނާ ދެއްކުމަށް މަސައްކަތް ކުރަމުން

އެމެރިކާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ރަޝިއާއިން ދަނީ ޔޫކްރޭނަށް އެރުމަށްޓަކައި ބަހަނާއެއް ދެއްކުމުގެ ގޮތުން ފޯލްސް ފްލެގް އޮޕަރޭޝަންތަކެއް ކުރުމަށް ތައްޔާރު ވަމުންނެވެ. ރަޝިއާއިން ޔޫކްރޭނުގައި ހުންނަ ރަޝިއާގެ ބޭސްތަކަށް އަމިއްލައަށް ހަމަލާދީ ޔޫކްރޭނުގެ ބޮލުގައި ތުހުމަތު އެޅުވުމަށް ތައްޔާރުވަމުން ދާކަމަށް ޝައްކު ކުރެވޭކަމަށް ޔޫކްރޭނުގެ އަސްކަރިއްޔާއިން ވެސް ވަނީ ހާމަކޮށްފައެވެ. ރަޝިއާގެ އޭޖެންޓުން މިހާރުވެސް އަންނަނީ ނުތަނަވަސްކަން އުފެއްދީ ޔޫކްރޭންކަމަށް މީހުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރަމުންކަމަށް އެމެރިކާގެ އޮފިޝަލަކު ރޮއިޓާސް ނޫސް އޭޖަންސީއާ ވާހަކަދައްކަމުން ބުނެފައިވެއެވެ. ރަޝިއާއިން […]