ވާދަވެރި ކެމްޕެއިނާ ދިމާކޮށް ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

 

 

ށ. ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިންގެ ބޮޑު ވާދަވެރިކަމުގެ ތެރޭގައި އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ.

މި ރަށްތަކުގެ ތެރޭގައި ހިމެނޭ ދިގުވެލިދޫ އަކީ ޕީޕީއެމްގެ ވެރިކަމެއްގައި އެއާޕޯޓެއް އަޅާނެކަމަށް ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގަތް ރަށެކެވެ.

އެއާޕޯޓެއް އެރަށުގައި އަޅަން ރައީސް ޔާމިން ވައުދުވެ ވަޑައިގަތީ ދާދި ފަހުން ކޮމަންޑޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަށްތައް އިއުލާންކޮށްފައިވަނީ ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން އިއްޔެ އިއުލާނުކުރި 18 ރަށް އިއުލާން ކުރިފަހުން ކުއްލި ގޮތަކަށެވެ. ބޮޑުމިނުގައި ޖުމްލަ 19 ހެކްޓަރު ހުންނަ މި ރަށްތައް ދޫކުރަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ރުފިޔާއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި ގަދަވަމުން އަންނަ އިރު، ސަރުކާރާއި އިނދިކޮޅުން އަންނަނީ ބޮޑެތި ގިނަ ވައުދުތަކެއް އެދާއިރާއަށް އަށް ނިސްބަތްކޮށް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް