ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން ވަގުތަށް އުވާލަންޖެހޭ: މަހްލޫފް

  ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން ވަގުތަށް އުވާލާޖެހޭ ކުންފުންޏެއްކަމަށް ޔޫތް މިނސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި  މަހްލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ނުހުންނަމަށާއި އެކޯޕަރޭޝަނާއި މިގެ ކުރިން ހަވާލްކޮށްފައިވާ މަސައްކަތްތައްވެސް ބޭނުންވާ ގޮތަށް ކޮށްދެވިފައިނުވާކަމަށެވެ. އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ގާބިލް ކަމެއް ނެތް ކުންފުންޏެއް ކަމަށެވެ މިނިސްޓަރ ވިދާޅުވީ 67 […]

ސަޢުދީ ޢަރަބިއްޔާގެ ރައްޔިތަކަށް ވާން ބޭނުންތަ؟

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އެގައުމުގައި ދިރިއުޅެމުންދާ ހުނަރުވެރި ބައެއް މީހުންނަށް އެ ގައުމުގެ ރައްޔިތުކަން ރަސްމީކޮށް ދިނުމަށް ނިންމައިފިއެވެ. ބޭރުގައުމުތަކުގެ ހުންރުވެރިންނަށް ރަށްވެހިކަން ދޭން ސަޢުދީން ނިންމީ ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމުގެ މަގުސަދުގައެވެ. މިގޮތުން އެ ގައުމުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކްލެރިކުންނާއި، މަތީ ނަތީޖާ ހޯދަމުންދާ ދަރިވަރުންނާއި ރިސާރޗްތައް ހަދަމުންދާ ސައިންސުވެރިން ފަދަ މީސްމީހުންނަށް އެ ގައުމުގެ ރައްޔިތަކަށް ރަސްމީކޮށް ވުމުގެ ފުރުސަތު އެ ގައުމުން ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ […]

ޓްރަމްޕްގެ އަމުރުގެ ދަށުން މަސައްކަތްކުރި ސްޓީވް ބެނޮން ހައްޔަރުން ދޫކޮށްލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރ، ސްޓީވް ބެނަން ހޯމަ ދުވަހު ޖަލުން ދޫކޮށްލައިފިއެވެ. ސްޓީވް ބެނަން ދޫކޮށްލާފައިވަނީ ލާރި ދެއްކުމަކާ ނުލައެވެ. ނަމަވެސް ވޮޝިންޓަން ޑީސީގެ ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓާއި ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ހިފަހައްޓާފައެވެ. އުމުރުން 67 އަހަރުގެ ބެނޮން ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލްގައި ހިނގި މުޒާހަރާއާ ގުޅިގެންނެވެ. ބެނޮން ވަނީ ފުލުހުންގެ ތަހުގީގުތަކަށް އެއްބާރުލުން ދޭން އިންކާރުކުރައްވާފައެވެ. އޭނާ […]

އަޑުބަރޭ އަށް ފިޔަވަޅު އެޅުމަށް ރައީސް މައުމޫން ގޮވާލައްވައިފި

    ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅެއް އެޅުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.   މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ އިތުރުވަގުތުގައި ކުޅެންއެރި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ކުޅުމުން ބޭރުގައި އޮޅަނބޮށިން ހަމަލާދީފައެވެ. އެއާއެކު އޭނާއަށް ރަތް ކާޑު ދައްކާ […]

ޤަޠަރު އެއަރލައިންސް ގެ އަނިޔާވެރިކަމާ ދެކޮޅަށް 7 އަންހެނުން ދައުވާކުރަން ނިންމައިފި

އޮސްޓްރޭލިޔާއަށް ނިސްބަތްވާ ހަތް އަންހެނުން ދޯހާ އެއަރޕޯޓުގައި އެމީހުން ކުރިމަތިލާން ޖެހުނު އަނިޔާވެރިކަމުގެ ބަދަލު ޤަޠަރު ސަރުކާރުން ދޭންޖެހޭނެކަމަށް ބުނެ އެއަރލައިނާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. އެމީހުންގެ ފަރާތުން ވަކާލާތު ކުރާ ގާނޫނީ ވަކީލު، ޑޭމިއަން ސްޓްރުޒޭކާ ހާމަކުރާ ގޮތުގައި އެ މީހުން މި ދައުވާ ކުރަން ނިންމާފައި ވަނީ މިދިޔަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެއީ ތުއްތު ކުއްޖަކު މަރާލައި އެއާރޕޯޓުގެ ޑަސްބިނެއް ތެރެއަށް ލާފައި އޮތް މައްސަލަ ފެންމަތި ވުމާ ގުޅިގެން، އެމީހުން […]

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

  ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ. ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ހަތަރުވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި […]

ނަފްރަތު ބިލު ފާސްކޮށްފި

  އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު  މަޖިލީހުން ފާސްކޮށްފި އެވެ   ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީން ބިލު ހުށަހަޅައިފައިވަނީ ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށްފަހުގައެވެ. ކޮމިޓީން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ […]

ލިމިޓެއްނެތި ސަރުކާރަށް ދަރަނި ނަގަން އަނެއްކާވެސް އެދިއްޖެ

  ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަމާލަން ރުހުން ހޯދަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުއްދައަށް އެދުމުންވެސް މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި […]

ހައިކޯޓުގެ ރައްދެއް ޕީޖީ ޝަމީމަށް

    ކޯޓަކަށް ހުށަހެޅިފައިވާ ކަމަކާ މެދު އާންމުންގެ މެދުގައި ކޮމެންޓު ކުރުމާ ގުޅިގެން ހައި ހައިކޯޓުން  ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ރައްދު ދީފިއެވެ. ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އާއި ގުޅިގެން ޕީޖީ ޝަމީމް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދަށް ނިސްބަތްވާ ގޮތަށް ޓްވީޓް ކުރައްވާފައެވެ. ކަފާލާތުގެ ދަށުން މީހަކު ދޫކޮށް ނުލުމަށް އިންޑިއާގެ ކޯޓަކުން […]

ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް އާރްޑީސީއާ ހަވާލުކޮށްފި

  ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނ( އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ. ވެލިދޫ މަގުތައް ހެދުމަށް އާރުޑީސީއާއ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ. 88 މިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއު އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް ހިންގާ […]