ޤަޠަރު އެއަރލައިންސް ގެ އަނިޔާވެރިކަމާ ދެކޮޅަށް 7 އަންހެނުން ދައުވާކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އޮސްޓްރޭލިޔާއަށް ނިސްބަތްވާ ހަތް އަންހެނުން ދޯހާ އެއަރޕޯޓުގައި އެމީހުން ކުރިމަތިލާން ޖެހުނު އަނިޔާވެރިކަމުގެ ބަދަލު ޤަޠަރު ސަރުކާރުން ދޭންޖެހޭނެކަމަށް ބުނެ އެއަރލައިނާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.

އެމީހުންގެ ފަރާތުން ވަކާލާތު ކުރާ ގާނޫނީ ވަކީލު، ޑޭމިއަން ސްޓްރުޒޭކާ ހާމަކުރާ ގޮތުގައި އެ މީހުން މި ދައުވާ ކުރަން ނިންމާފައި ވަނީ މިދިޔަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

އެއީ ތުއްތު ކުއްޖަކު މަރާލައި އެއާރޕޯޓުގެ ޑަސްބިނެއް ތެރެއަށް ލާފައި އޮތް މައްސަލަ ފެންމަތި ވުމާ ގުޅިގެން، އެމީހުން އޮސްޓްރޭލިޔާއިން ސިޑްނީއަށް ދަތުރުކުރި މަތިންދާ ބޯޓު ޤަޠަރަށް ޖެއްސުމަށްފަހު ހިނގި ކަންކަމާ ގުޅިގެންނެވެ. މިހާދިސާ ހިނގީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެމީހުން ދަތުރުކުރި މަތިންދާ ބޯޓު ކުއްލި ގޮތަކަށް ދޯހާ އެއަރޕޯޓަށް ޖެއްސުމަށްފަހު އެ ބޯޓުގައި ތިބި އަންހެނުންނާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް ލާއިންސާނީ ގޮތަކަށްކަމަށް އެ މީހުން ވަނީ ބުނެފައެވެ. މި ގޮތުން އެމީހުން ލައިގެން ތިބި ހެދުން ބާލުވައި އެމީހުންގެ ހުރިހާ ގުނަވަނެއް ވަރަށް އިޙްތިރާމް ކުޑަކޮށް ބަލައި ފާސްކުރުމުގެ އިތުރުން އެތެރެހަށީގެ ގޮތް ނޭނގޭ ޓެސްޓުތަކެއް ހެދުމަށް ވެސް އެއާރލައިނުން ވަނީ އެމީހުންނަށް މަޖުބޫރު ކޮށްފައެވެ.

ނަން ހާމަނުކުރުމަށް އެދި ބީ.ބީ.ސީއަށް ދިން އިންޓަރވިއުއެއްގައި ބައިވެރިވަމުން އެތަނުން އަންހެނަކު ބުނި ގޮތުގައި އެ ވަގުތު އޭނާ ގަތް ބިރު ދުލުން ބަޔާންކޮށްދޭން ވެސް ނޭނގެއެވެ.

މިކަމާ ގުޅިގެން ޤަޠަރް އެއަރލައިންސްއިން އަދި އެއްޗެއް ނުބުނެއެވެއެވެ. ނަމަވެސް ހާދިސާ ހިނގި ދުވަސްވަރު ޤަޠަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރ، ޝެއިޚް މުޙަންމަދު ބިން ޢަބްދުއްރަޙްމާން އަލް ތާނީ ވަނީ މިކަމުގައި ގެއްލުންވި ހުރިހާ އަންހެނުންގެ ކިބައިން މައާފަށް އެދިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް