ސަޢުދީ ޢަރަބިއްޔާގެ ރައްޔިތަކަށް ވާން ބޭނުންތަ؟

Loading

Facebook
Twitter
WhatsApp

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އެގައުމުގައި ދިރިއުޅެމުންދާ ހުނަރުވެރި ބައެއް މީހުންނަށް އެ ގައުމުގެ ރައްޔިތުކަން ރަސްމީކޮށް ދިނުމަށް ނިންމައިފިއެވެ.

ބޭރުގައުމުތަކުގެ ހުންރުވެރިންނަށް ރަށްވެހިކަން ދޭން ސަޢުދީން ނިންމީ ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމުގެ މަގުސަދުގައެވެ. މިގޮތުން އެ ގައުމުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކްލެރިކުންނާއި، މަތީ ނަތީޖާ ހޯދަމުންދާ ދަރިވަރުންނާއި ރިސާރޗްތައް ހަދަމުންދާ ސައިންސުވެރިން ފަދަ މީސްމީހުންނަށް އެ ގައުމުގެ ރައްޔިތަކަށް ރަސްމީކޮށް ވުމުގެ ފުރުސަތު އެ ގައުމުން ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާލައްވާފައެވެ.

ވިޝަން 2030 ގޯލްސް ގެ ނަމުގައި ހިންގާ މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ބައެއް މީހުންނަށް މިފުރުސަތު ލިބިފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ހުނަރުވެރި މީހުން އިތުރު ކުރުމެވެ. މި މަޝްރޫޢުގެ ދަށުން ސަޢުދީ ރައްޔިތުކަމުގެ ފާސް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި، ކްލެރިކުން އަދި ސަލްމާން ރަސްގެފާނުގެ މަސައްކަތްތަކުގައި އެހީވެ ގައުމަށް ޚިދުމަތް ކޮށްދީފައިވާ މީސްމީހުންނެވެ.

މީގެ އިތުރުން ސަޢުދީން ވަނީ ވިސާގެ ކަންކަމުގައިވެސް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭން ނިންމާފައެވެ. މިގޮތުން ފާއިތުވި އަހަރުގެ ތެރޭގައި އެ ގައުމުގައި ކިޔަވަން ތިބޭ ކުދިންނަށާއި ރިސާޗް ކުރުމަށް އުޅޭ ސައިންސްވެރިންގެ ވިސާގެ މުއްދަތު ވަނީ ސަރުކާރުން އިތުރުކޮށް ދީފައެވެ.

 

Loading

One Response

  1. އެކިދާއިރާތަކުން ކުރިއަރާފައިވާ މުސްލިމުންނަށް ސަޢޫދީން އަދި އެހެނިހެން އިސްލާމީ ގައުމުތަކުން މަރުޙަބާ ކިއުން އެއީ ވަރަށްވެސް ރަނގަޅުކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް