ޓްރަމްޕްގެ އަމުރުގެ ދަށުން މަސައްކަތްކުރި ސްޓީވް ބެނޮން ހައްޔަރުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރ، ސްޓީވް ބެނަން ހޯމަ ދުވަހު ޖަލުން ދޫކޮށްލައިފިއެވެ.

ސްޓީވް ބެނަން ދޫކޮށްލާފައިވަނީ ލާރި ދެއްކުމަކާ ނުލައެވެ. ނަމަވެސް ވޮޝިންޓަން ޑީސީގެ ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓާއި ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ހިފަހައްޓާފައެވެ.

އުމުރުން 67 އަހަރުގެ ބެނޮން ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލްގައި ހިނގި މުޒާހަރާއާ ގުޅިގެންނެވެ. ބެނޮން ވަނީ ފުލުހުންގެ ތަހުގީގުތަކަށް އެއްބާރުލުން ދޭން އިންކާރުކުރައްވާފައެވެ. އޭނާ ކުރައްވާފައިވާ ކުށަށް ގާނޫނުގެ ދަށުން އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 100000 ޑޮލަރުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ހުކުމެއް ތަންފީޒު ކުރުމަކާ ނުލައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

މެޖިސްޓްރޭޓް ޖަޖް ރޮބިން މެރިވެދާ މިކަމާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ ބެނޮންގެ މައްޗަށް އެ ދުވަހުގެ ހާދިސާގެ ކުށެއް ސާބިތުވެފައި ނުވާތީ ކޯޓުން އޭނާގެ މައްޗަށް އަދި ހުކުމް ކުރާކަށް ގަސްތެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ އަދިވެސް ހުންނަވަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ވޮޝިންޓަން އިން ބޭރަށް އެއްވެސް ދަތުރެއް ކުރެއްވުމުގެ ހުއްދައެއް ނުލިބޭނެކަމަށް ރޮބިން ވިދާޅުވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް