އުމުރު 100 އަހަރު: ކާފަދަރިންނަށް ކާންބޯން ދޭން ގުދާރު ބިންދައިގެން ދާވަރަށް ބުރަ މަސައްކަތް ކުރަނީ

އޭނާގެ އުމުރުން 100 އަހަރުވެއްޖެއެވެ. އެކަމަކު ޒުވާން ދުވަސްވަރު ބުރަ މަސައްކަތް ކުރި ފަދައިން އުމުރުން 100 އަހަރުގައި ވެސް އޭނާ ދަނީ އޭނާގެ ޔަތީމު ކާފަދަރީންނަށް ކާންބޯން ދިނުމަށް މިހާރު ވެސް ބުރަމަސައްކަތް ކުރަމުންނެވެ. އަތް ގާޑިއަލެއްގެ ގޮތުގައި އޭނާ ގެންގުޅޭ ބައިސިކަލް ގާޑިއާއަށް އެތައް ސަތޭކަ ކިލޯގެ ބަރުދަން ހުރި ތަރުކާރީގެ ބާވަތްތައް އަރުވައި ބަރާކޮށްގެން އެއްސަރަހައްދުން އަނެއް ސަރަހައްދަށް ގެންގޮސް އޭނާ ކޮންމެ ދުވަހަކު ވިއްކަމުންދެއެވެ. ހަރު ބަޒަން ސިންގްއަކީ އިންޑިއާގެ ސިކުންގެ […]

އިންޑިއާގެ މަޝްހޫރު ފިލްމީ ޕްރޮޑިއުސަރެއްގެ މައްޗަށް ރޭޕްގެ ބޮޑު މައްސަލައެއް ފެންމަތިވެ ތަހުގީގެއް ފެށެނީ

އިންޑިއާގެ މަޝްހޫރު މިއުޒިކް ރެކޯޑު ކޮމްޕެނީއެއް ކަމުގައިވާ ”ޓީ ސީރީޒް“ގެ މެނޭޖިން ޑިރެކްޓަރ އަދި ހިންދީ ފިލްތައް ޕްރޮޑިއުސަރ ކުރާ މަޝްހޫރު ބުޝަން ކުމާރު، ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އެ އަންހެންހެންމީހާ މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ. އިންޑިއާގެ ”ނިއުސް 18″އިން ޚަބަރު ދިން ގޮތުގައި އަންހެންމީހާ މައްސަލަ ހުށަހެޅީ ފިލް އުފެއްދުމަށް މަޝްހޫރު މުމްބައިގެ ޑީއެން ނަގަރުގެ ފުލުސް ސްޓޭޝަނަކަށެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މައްސަލަ ހުށަހެޅިކަމަށް ވިޔަސް އެކަމާ ގުޅިގެން އަދި މިހާތަނަށް […]

މިނަގަނީ ނިޒާމީނުކުތާއެއް!

“ ތަޢުލީމުނެތަމަ ތާކު ޒަމާނާއިއެކުވެގެން… ތަންދާނެއެ ބުއްދީގެމަގުން އެއްކިބާވެގެން“ ދިވެހި އަދީބެއްގެ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. އެކަމަކު މިއަދު މި ބަސްކޮޅު ހަދާންހުރި މީހަކުވެސް ފެންނަނީ ވަރަށް މަދުންނޭ ބުނެވިދާނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އިސްލާމްދީނާއި އިސްލާމީ ޙަޟާރަތްތައް ކާމިޔާބުވެ ކުރިއަރައިގެން ދިޔައީ އިލްމުގެ ސަބަބުން ކަމުގައި ދެބަސް ނުވެވޭނެއެވެ. ޑިމޮކްރެސީއާއި ޕާރޓީ ސިސްޓަމެއްގެ ވާހަކައެއް ނާދެއެވެ. އިލްމު އެއްފަރާތްކޮށް އެހެން ކަންކަމަށް މާބޮޑު އަހަންމިއްޔަތެއް ދިން ކޮންމެ ފަހަރަކު ލިބިފައިއޮތީ މާބޮޑު ލަނޑެކެވެ. އާދެ! ގެއްލުމާއި ހަލާކެވެ. […]

އަނބިމީހާ އާއި ފިރިމީހާ ހަމަހަމަ ވާނެތޯއެވެ؟

ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ އަދަބު އަޚުލާޤުގެ ވާހަކަ އާއި ފިރިމީހާ އަނބި މީހާއަށް އަދާ ކުރަން ޖެހޭ ވާޖިބު ތަކާއި އަނބި މީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ވާޖިބުތަކަކީ މިހާރުގެ ޒުވާނުން ނަށް ވަރަށް ބޮޑަށް އޮޅިފައި ވާ ކަންކަމެވެ. އިސްލާމް ދީނުގައި ދެމަފިރިންނަކީ ހުޅަނގުގެ ތަހުޒީބުގެ ތެރެއިން އެފެންނަ އުޞޫލް ތަކަށް ތަބަޢަވާ ބަޔަކަށް ވެއްޖެ ނަމަ ދުވަސް ކޮޅަކުން ފެންނާނީ ވަރިކުރުމުގެ އިޚުތިޔާރު ވެސް އަނބިމީހާއަށް ލިބިގެން ދާ ތަނެވެ. އިސްލާމް ދީން […]

ލުބުނާންގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވައިފި

ލުބުނާންގެ ހާލަތު 2019 ވަނަ އަހަރުން ފެށިގެން ދަށަށްގޮސް އެ ގައުމު ވަނީ ފަގީރުކަމާއި އަނިޔާވެރިކަމާއި ތަޅާފޮޅުމުގެ ހާއްޔަކަށް ބަދަލުވެފައެވެ. ލުބުނާންގެ އިގުތިސާދު ދަށަށްގޮސް އެ ގައުމުގެ ފައިސާގެ އަގު ވަނީ %90 ދަށްވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ލުބުނާންގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ވަގުތީގޮތުން އެއްފަރާތްކޮށް ރައްޔިތުންނާއި މުޅި މުޖްތަމައު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެންމެން އެއްގަލަކަށް އެރުމަށް އެ ގައުމުގެ އިސް ވެރިންނަށް ގޮވާލާފައެވެ. ލުބުނާންގައި ވެރިޔެއް އަދި ސަރުކާރެއް ނެތި މިހާރު […]

ބިދޭސީން ގެންނަ ފަރާތްތަކުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

  ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ”ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަމީޑިއަރީސް ކޯސް“ގެ ނަމުގައި ހިންގާ މި ކޯހުގެ މަގްސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި […]

އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

    ކުރިއަށް އޮތް އަލްހާ އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި އެންގުން […]

ފެހެންދޫގައި ސެޓެލައިޓް ސްކޫލެއް ތަރައްގީ ކުރަނީ

    ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި  ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ގާއިމްކުރާ ދެ ކްލާސްރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް އާއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކޭޑީ އެންޓަރޕްރައިސަސް އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ […]

ބީއެމްއެލްގެ ބޯޑުގެ ޗެއާ އަކަށް ޔޫޝައު

  ބޭންކް އޮފް މޯލްޑިވްސް) ބީއެމްއެލް(ގެ ބޯޑަށް އައު މެންބަރުން ހޮވައި، ޗެއަރޕާސަނަކަށް ހ. ސޭންޑީ ބީޗް ، ޔޫޝައު ސައީދު،ކަނޑައަޅައިފިއެވެ. ޔޫޝައު އެ މަގާމަށް ކަނޑައެޅީ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު އެ ބޭންކުން ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންގެ ގޮތުގައި އަހަރީ އާއްމު ޖަލްސާއިން ކަނޑައަޅާފައިވަނީ 1.މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ) 2. އާއިޝަތު ނޫރައްދީން، މ. […]

ނަޝީދަށް ހަމަލާ ދިން މީހުންނަށް އަންނަ ހަފްތާގައި ދައުވާކުރަނީ

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަށް އަންނަ ހަފްތާގައި ދައުވާކުރަން ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެފައިވާކަމަށް، އެމްޑީޕީގެ ”މެއި ހައެއް“ ކޮމެޓީން ބުނެފިއެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ މެއި ހައެއް ކޮމިޓީން ވަނީ ރޭ ބޭއްވި އެޕާޓީގެ 179 ވަނަ ގައުމީ މަޖިލިސް ޖަލްސާގައި، ނަޝީދަށް ދިން ހަމަލާގެ އެންމެ ފަހުގެ ތަފްސީލު ދީފައެވެ. މި […]