ބީއެމްއެލްގެ ބޯޑުގެ ޗެއާ އަކަށް ޔޫޝައު

Loading

Facebook
Twitter
WhatsApp

 

ބޭންކް އޮފް މޯލްޑިވްސް) ބީއެމްއެލް(ގެ ބޯޑަށް އައު މެންބަރުން ހޮވައި، ޗެއަރޕާސަނަކަށް ހ. ސޭންޑީ ބީޗް ، ޔޫޝައު ސައީދު،ކަނޑައަޅައިފިއެވެ.

ޔޫޝައު އެ މަގާމަށް ކަނޑައެޅީ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު އެ ބޭންކުން ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންގެ ގޮތުގައި އަހަރީ އާއްމު ޖަލްސާއިން ކަނޑައަޅާފައިވަނީ

1.މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2. އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3. ޔޫޝައު  ސައީދު، ހ. ސޭންޑީ ބީޗް
4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6. އަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
7. މުހައްމަދު ޝަރާހް، ކޮތަންގެ، ގދ. ފިއޯރީ

އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރި ދެ ޑިރެކްޓަރުންގެ ގޮތުގައި ހޮވުނީ އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ އަދި އަހްމަދު މުހައްމަދު، ގ. އުފާ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި އަހަރީ އާންމު ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، ޓިމް ސޯޔާ ވަނީ ކޯވިޑްގެ ހާލާތާއެކު ބޭންކަށް ދިމާވި ގޮންޖެހުންތަކަށް އަލި އަޅުއްވާލާފައެވެ. އެގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، %60 އަށް ވުރެ ބޮޑު ދަށްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓިމްގެ ވާހަކައިގައި ކޯވިޑްގެ ސަބަބުން އިގްތިސާދަށް ހީނަރުވިއިރު، އިގްތިސާދު ހިފެހެއްޓުމަށް ބީއެމްއެލްއިން މުހިންމު ދައުރެއް އަދާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިގްތިސާދު ހަރުދަނާ ކުރުމަށް ބޭންކުގެ ސްޓްރެޓީޖިކް ޕްލޭނެއް ތެރެއިން، ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށް އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް