ނަޝީދަށް ހަމަލާ ދިން މީހުންނަށް އަންނަ ހަފްތާގައި ދައުވާކުރަނީ

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަށް އަންނަ ހަފްތާގައި ދައުވާކުރަން ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެފައިވާކަމަށް، އެމްޑީޕީގެ ”މެއި ހައެއް“ ކޮމެޓީން ބުނެފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ މެއި ހައެއް ކޮމިޓީން ވަނީ ރޭ ބޭއްވި އެޕާޓީގެ 179 ވަނަ ގައުމީ މަޖިލިސް ޖަލްސާގައި، ނަޝީދަށް ދިން ހަމަލާގެ އެންމެ ފަހުގެ ތަފްސީލު ދީފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭހައެއް ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ތަހުގީގަށް ފާރަވެރިވާން ކުރާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން މިމަހުގެ 5 ވަނަ ދުވަހު ހޯމް މިނިސްޓަރ އިމްރާން އބްދުﷲއާއި ކޮމެޓީން ބައްދަލުކުރައްވާފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާކުރުމަށް މިމަހުގެ 20ގައި ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ހޯމް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވާކަމަށް ޢަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ހިމެނެ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، މިކަން ރާވާ ހިންގުމާއި، ފަންޑުކުރުމުގެ އަޑީގައި ތިބި ބަޔަކު ފުލުހުންގެ ތަހްގީގުން މިހާތަނަށް ދެނެގަނެވިފައިނުވާތީ އެކަމުގެ އެ ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާކޮށް، ރިޕޯޓުގައި ރިކޮމެންޑޭޝަންތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން ތަންފީޒުކުރަމުންދާ މިންވަރު ވަރަށް ގާތުން ބަލަމުންދާނެކަމަށްވެސް އެމް.ޑީ.ޕީގެ ޤައުމީ މަޖިލިސް ޖަލްސާގައި މެއި 6 ކޮމެޓީގެ މުގައްރިރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް