އިންޑިއާގެ މަޝްހޫރު ފިލްމީ ޕްރޮޑިއުސަރެއްގެ މައްޗަށް ރޭޕްގެ ބޮޑު މައްސަލައެއް ފެންމަތިވެ ތަހުގީގެއް ފެށެނީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މަޝްހޫރު މިއުޒިކް ރެކޯޑު ކޮމްޕެނީއެއް ކަމުގައިވާ ”ޓީ ސީރީޒް“ގެ މެނޭޖިން ޑިރެކްޓަރ އަދި ހިންދީ ފިލްތައް ޕްރޮޑިއުސަރ ކުރާ މަޝްހޫރު ބުޝަން ކުމާރު، ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އެ އަންހެންހެންމީހާ މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ.

އިންޑިއާގެ ”ނިއުސް 18″އިން ޚަބަރު ދިން ގޮތުގައި އަންހެންމީހާ މައްސަލަ ހުށަހެޅީ ފިލް އުފެއްދުމަށް މަޝްހޫރު މުމްބައިގެ ޑީއެން ނަގަރުގެ ފުލުސް ސްޓޭޝަނަކަށެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މައްސަލަ ހުށަހެޅިކަމަށް ވިޔަސް އެކަމާ ގުޅިގެން އަދި މިހާތަނަށް މީހަކު ބަންދެއް ނުކުރެއެވެ.

މިއުޒިކުގެ އިތުރަށް ފިލްމް ޕްރޮޑިއުސް ކުރާ ބޯޝަން ކުމާރު 30 އަހަރުގެ ޒުވާން އަންހެނަކު ރޭޕްކޮށްފައި ވަނީ އެ އަންހެން މީހާއަށް ފިލްމު ކުޅެން ފުރުސަތު ހޯދައިދޭނޭކަމަށް ބުނެ އޭނާއަށް ކުލަ ހުވަފެންދައްކައި މަކަރާއި ހީލަތުންނެވެ.

ހިންދީ ފިލްމާއި އިނގިރޭސި ފިލްމުތައް އަދި ދުނިޔޭގެ އެހެން ބަސްބަހުން ފިލްމު އުފައްދާ މީހުން، ޒުވާން އަންހެން ކުދީންނަށް އޮޅުވާލާއިގެން އެކުދީން ރޭޕް ކުރުމަކީ އާންމުކަމެކެވެ. މިކަން ހައްދުފަހަނަޅާފައިވާ ދެ ގައުމަކީ އެމެރިކާއާއި އިންޑިއާއެވެ.

އިންޑިއާއަކީ ފިލްމީ ތަރިން ރޭޕް ކުރުމުގެ އިތުރަށް އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ ގޮތުން މުޅި ދުނިޔެއިންވެސް ހުނިޖެހިގެން ހޮވާލެވޭ، ނުރައްކާތެރި ގައުމެކެވެ.

ބުޝަން ކުމާރު ޒުވާން އަންހެނަކު ރޭޕްކުރީ ކޮން އިރަކު ކޮން ތަނެއްގައިކަން އަދި މިހާތަނަށް ހާމަވެފައި ނެތަސް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަންހެން މީހާ ރޭޕް ކުރުމަށްފަހު އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ބޭޒާރުކޮށްލާނޭކަމަށް ބުނެ އެ އަންހެން މީހާއަށް ބުޝަން ކުމާރު ވަނީ ބިރުދައްކާފައެވެ.

ބުޝަން ކުމާރުގެ ދެމަފިރިން: އަނބިމީހާ ބުޝަންގެ ދިފާއުގައި އަބަދުވެސް ވާހަކަދައްކަމުންދޭ.

އިންޑިއާގެ ބައެއް މީޑިއާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބޫޝަން ކުމާރު ވަނީ މާޒީގައި ތަފާތު އެތައް އަންހެނުންނަކަށް އެކި ގޮތްގޮތަށް ޖިންސީ ގޯނާކޮށްފައެވެ. އެގޮތުން 2018 ގައި ވެސް އޭނާ ޖިންސީ ގޮތުން އަންހެނަކަށް ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ.

އެ އަންހެން މީހާ ބުނިގޮތުގައި ތިން ލަވައެއްގައި އޭނާ ބައިވެރިކުރުމަށްފަހު އޭނާއާ ޖިންސީ ގުޅުން ބޭއްވުމަށް ބުޝަން ވަނީ އެތައް ފަހަރަކު އެދި އާދޭސްކޮށް އޭނާއަށް އުނދަގޫކޮށްފައެވެ. ނަމަވެސް ބުޝަންއާއި އޭނާގެ އަނބިމީހާ ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

ތިން ފިލްމެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަންހެނަކާ ނާޖާއިޒު ގުޅުން ބާއްވަން ބުޝަން އުޅުނު މައްސަލައެއް 2019ގައި ވެސް ފެންމަތި ވިއެވެ. އޭގެ އިތުރަށް ވެސް އެތައް އަންހެނަކަށް ބުޝަން ޖިންސީ ގޯނާކުރަން އުޅުމުގެ ތުހުމަތު ކުރެވިފައިވެއެވެ. އެއިން ކޮންމެ ފަހަރަކު ބުޝަންއާއި އޭނާގެ އަނބިމީހާ އެވާހަކަ ދޮގުކުރެއެވެ.

ބުޝަން ކުމާރުގެ އަނބިމީހާ ދިވްޔާ ކުމާރު ކޯސްލާއަކީ ފިލްމު ކުޅުމުގެ އިތުރަށް ފިލްމު ޕްރޮޑިއުސްކުރާ އަންހެނެކެވެ.

ފިރިމީހާގެ ދިފާއުގައި ވާހަކަދައްކަމުން އޭނާ ބުނީ ހިންދޫން އަޅުކަން ކުރާ ކްރިޝްނާއާ ބެހޭ ގޮތުން ވެސް ފާޑުފާޑުގެ ވާހަކަތައް ދައްކައި ބަދުނާމުކުރާކަމަށެވެ.

އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލަތަކަކާ ގުޅިގެން ބުޝަން ކުމާރުގެ ވާހަކަތައް ދެކެވި އޭނާ ބަދުނާމުވެފައި ވިޔަސް މިހާތަނަށް އޭނާއާމެދު ގާނޫނީ ފިޔަވަޅެއް އެޅިފައެއްނުވެއެވެ.

އިންޑިއާގެ ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ މައްސަލަތައް ނުބެލެނީ އޭނާއަކީ މުއްސަނދި މަހުޖަނަކަށް ވުމުން އެތައް ބައެއްގެ މައްޗަށް އޭނާގެ ނުފޫޒުހިންގޭތީއެވެ.

ބުޝަންއާ ގުޅޭ ގޮތުން މިފަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލައިގައި އޭނާގެ ބަޔާނެއް ނަގާނޭކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދަނީ އަންހެނުން ރޭޕްކުރާ މައްސަލަތަކާ ގުޅިގެން އެފަދަ މައްސަލަތައް ގާނޫނާއި ގަވައިދާ އެއްގޮތަށް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. އެކަމަކު ނުބައި ނުލަފާ ސިޔާސީ މީހުންނާއި ނުފޫޒުގަދަ ކޮރަޕްޓް ވިޔަފާރިވެރިންގެ ސަބަބުން އިންސާފު ހޯދުން ވަނީ ވޭނަކަށް ވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް