ކައުންސިލް އިލެކްޝަން ވޯޓުލުން ކުރިއަށް.

ޯކަލް ކައުންސިލް އިންތިޚާބަކީ މި ކޮވިޑް-19 ހެލްތް އިމާރޖެންސީގެ ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ބާއްވާ އިންތިޚާބެކެވެ. މާލެއިން އެ ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ދެމަސްދުވަހުގައި ދަށަށް ގޮސްފައެއްނެތެވެ. މާލޭ އޭރިއާގައި 39 މީހުން ޕޮޒިޓިވް ވަމުން އައިއިރުވެސް އިމާރޖެންސީގެ ޙާލަތު ވަނީ ދޫކޮށްނުލާ ރައްޔަތުންގެ ރައްކާތެރިކަމަށްޓަކައި ދަމަހަށްޓާފައެވެ. ނަމަވެސް ކައުންސިލް އިލެކްޝަންގެ އަޑުގަދަވެ ވޯޓުލާދުވަސް ކައިރިވަމުން އަންނަން ފެށުމުން ކުއްލި ކުއްލިއަށް އެޗްޕީއޭ ގެ ކޮވިޑް19 އަށް ގެންގުޅުއްވާ ޔާޑް ސިޓިކް މިންގަނަޑަށް […]

ރޯދަމަހު ހުއްދަ ނެތި ޢުމްރާ ކުރާ މީހުން 10 ހާސް ރިޔާލުން ޖުރިމަނާ ކުރާނެ

Maldives News

ރޯދަ މަހު ހުއްދަ ނުހޯދައި ޢުމްރާއަށް ދާ މީހުން 10 ހާސް ރިޔާލުން ޖުރިމަނާ ކުރަން ސައުދީ ސަރުކަރުން ނިންމައިފިއެވެ. ސައުދީ އަރަބިޔާގެ ހައްޖާއި ޢުމްރާގެ ކަންތަކާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ރޯދަމަހު ޢުމުރާ ކުރުމުގެ ހުއްދަ ދޭނީ ކޮރޯނާ ވައިރަހުން ދިފާއުވާން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. އެފަދަ މީހުންނަށް ވެސް ޢުމްރާ ފުރިހަމަ ކުރަން ދެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެންނެވެ. ސައުދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިން ބުނިގޮތުގައި ރޯދަ […]

ކޯވިޑް19- މިއަދު ފެނުނީ އިތުރު 132 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 132 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 54 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 22 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 56 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25,436 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,084 އެކްޓިވް ކޭސް ހިމެނޭއިރު 82 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]

މެލޭސިޔާގެ އިމިގްރޭޝަން ސިސްޓަމް ބަޔަކު ހެކްކުރިކަން ފަޅާއަރައިފި

މެލޭޝިޔާގެ އިމިގްރޭޝަން ރެކޯރޑްސް ހެކްކޮށް ބަޔަކުމީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް ދާދިފަހުން މެލޭޝިޔާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެއެވެ. އިމިގްރޭޝަން ސިސްޓަމް ހެކްކޮށް ބޭރު ގައުމުތަކުގެ މީހުންނަށް ވަގު އައިޑީ ވިއްކައިގެން އެ ގައުމަށް އެތެރެވެވޭގޮތަށް ހަދައިފާވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. ލަފާކުރެވޭގޮތުގައި މިކަމަކީ 2017 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާކަމެކެވެ. ހެކަރުންނަށް އެކަން ކުރެވުނީ އިމިގްރޭޝަން އޮތޯރިޓީގައި ތިބި ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. […]

2021 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ 230 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވޭ

ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީން ދާދިފަހުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުގައި މި އަހަރުގެ ތެރޭގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 230 ކުޑަކުދިން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. މި ރިޕޯޓު ނެރެފައިވަނީ އޭޕްރިލް 5 ވަނަ ދުވަހު އެ ގައުމުގައި ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެންނެވެ. މި ދުވަހާ ގުޅިގެން އެ ގައުމުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިގޮތުން ސަގާފީ ހަރަކާތްތަކާއި، ތައުލީމީ ހަރަކާތްތަކުގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިންގެ ނިކަމެތި ހާލަތާމެދު ދުނިޔޭގެ އެހެނިހެން ހިސާބުތަކުގެ މީހުންނަށް މައުލޫމާތު […]

ޑރ. މުޢިއްޒު ވިދާޅުވަނީ ހިޔާ ފްލެޓެއް 3800ރ އަށް ދެވޭނެ ކަމަށް. އަސްލަމް ވިދާޅުވީ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް

ހިޔާ ފުލެޓުގެ ކުއްޔަކީ މަހަކު 7500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައި އެކަން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް އިއުލާނު ކުރައްވާފައިވަނިކޮށް، ހިޔާ މަޝްރޫޢުގެ ފުލެޓެއް 3800ރ އަށް ދެވޭނެކަމުގައި، ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓަކަށް މަހަކު ދައްކަން ޖެހޭ އަގަށް 5600 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. ”ދޮރުތަކުގެ ކަންތައް […]

ދެދުވަހުގެ ތެރޭގައި ހޯރަފުށީގެ 4 މަޝްރޫޢެއްގެ ފެށުން!

ހިނގަމުންމިދާ އޭޕްެރިލް މަހުގެ 7 އަދި 8 ވަނަ ދުވަހު ހއ.ހޯރަފުށީގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާހު ކުރެވިގެން ހިނގައްޖެއެވެ. އެގޮތުން އިއްޔެ ވަނީ ހއ.ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވެސް ބާއްވައިފައެވެ. މި ދެ މަޝްރޫއަކީވެސް އެމްޓީސީސީއިން ކުރިޔަށް ގެންދާ މަޝްރޫޢުތަކެއް ކަން ފާހަގަ ކޮށްލެވެއެވެ. މިރަސްމިއްޔާތުތަކުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ރަށު ކައުންސިލްގެ މެންބަރުންނާއި ހޯރަފުށީ ދާއިރާގެ މެމްބަރު […]

ޔޫސީއެލް: ބަޔާން ބަލިކޮށް ޕީއެސްޖީއަށް އުނދަގޫ މޮޅެއް!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީއިން ވަނީ ދެގޯލުގެ ލީޑެއް ނަގައިފައެވެ. ޕީއެސްޖީއަށް ގޯލް ހުޅުވާލަދިނީ މެޗްގެ 3 ވަނަ މިނިޓުގައި ކައިލިއާން އެމްބާޕޭ އެވެ. އެއަށް ފަހު 28 ވަނަ މިނިޓުގައި ލީޑް ފުޅާކޮށްދިނީ މާކުއިނޯޒްގެ ގޯލަކުންނެވެ. ނަމަވެސް ބަޔާނުން ވަނީ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކޮށް ލީޑް ހަނިކޮށްފައެވެ. […]

ކޮވިޑް ވެކްސިނާއި މެދު ޑރ. ނެވާސްގެ ކަންބޮޑުވުން ތަަކެއް!

ޒަމްބިއާގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ (އެމްެްެއެމްޑީ) ގެ ރައީސް ޑރ ނެވާސް މުމްބާ ވިދާޅުވީ ޒަމްބިއާގެ އެެއްވެސް ރައްޔިތަކު އެއްވެސް ކަހަލަ ވެކްސިން އެއް އޭގެ ސައްހަ ކަމާއި އިތުބާރު ހުރި ވަރެއްގެ މައްޗަށް ބަލާފައި ނޫނީ ނުޖެހުމަށެވެ. ޢެ ވެކްސިން އަކީ ރައްކާތެރި އެއްޗެއް ކަމަށް ސާބިތު ނުވާހާ ހިނދަކު ނުޖެހުމަށްވެސް ނެވާސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ނެވާސް ވިދާޅުވީ ވެކްސިން އަކީ ރައްކާތެރި އެެއްޗެއް ކަމަށް ރަޝިއާ ނުވަތަ […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 138!ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 138 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 44 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 84 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25,191 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,101 އެކްޓިވް ކޭސް ހިމެނޭއިރު 88 ފަރާތަކަށް ދަނީ […]