ކޯވިޑް19: މިއަދު ފެނުނީ އިތުރު 153 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 153 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 13 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 2މީހަކާއި ސަފާރީ އަކުން 3 މީހެއް ފައްސިވެފައި ވާއިރު ހަދަމުންދާ ރަށްތަކަކުން 3 ކޭސް މިއަދު ވަނީ ފެނިފައެވެ. އަނެއް 132 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,819 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,406 އެކްޓިވް ކޭސް ހިމެނޭއިރު، […]

ރާއްޖެ އިން އިތުރު 1,775 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,775 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 121,630 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 92,856 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު 14 އަހަރަށް ޖަލަށް

    ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ. ޖިންސީ ގޯނާ ކުރި ކަން ސާބިތުވެ ހުކުމްކޮށްފައިވަނީ އދ. ދިގުރަށު ކަނީރުވިލާ އުމުރުން 50 އަހަރުގެ ހުސައިން ޔަހުޔާގެ މައްޗަށެވެ. އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާއާއަށް ޔަހްޔާ އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައި ވަނީ 2014 އާއި 2015 އާ ދެމެދު އެވެ. މި މައްސަލަ 2017ވަނަ އަހަރު އދ. ދިގުރަށު […]

ޢާމިރު ޚާން މީސްމީޑިއާއަށް އަލްވަދާއު ކިޔައިފި

މޮޅު ހިންދީ ފިލްމުތަކެއް ކުޅެ، މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފިލްމީ ތަރި، ޢާމިރު ޚާން މީސް މީޑިއާއަށް އަލްވަދާއު ކިޔައިފިއެވެ. ޢާމިރު އޭނާގެ 56 ވަނަ އުފަންދުވަހުގެ އެއްދުވަސްކުރިން އިންސްޓަގްރާމުގައި އޭނާއަށް ތާއިދުކުރާ މީހުންގެ ހެއުއެދުންތަކަށް ޝުކުރު އަދާކުރިއެވެ. ޢާމިރު އިތުރަށް ބުނެފައިވަނީ އެއީ އޭނާ މީސް މީޑިއާގައި ބޭނުންކުރާ އެންމެ ފަހު ޕޯސްޓުކަމަށެވެ. އަދި އޭނާ މީސްމީޑިއާއަށް އަލްވަދާއު ކިޔަން ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ. ޢާމިރު ބުނިގޮތުގައި ބެލުންތެރިންނާ ކުރިއެކޭ އެއްގޮތަށް އޭނާ ގުޅުން ބާއްވަމުންދާނެއެވެ. […]

ތެލުގެ އަގަށް ބަދަލުތަކެއް އަތުވެއްޖެ

އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް އަންނާނޭ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިބަދަލުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އައި ބަދަލުތަކެކެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ކުރިޔާ އަޅާ ބަލާއިރު މިހާރު ދެގުނަ ބޮޑުވެފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން އެކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 9.79ރުފިޔާ އަށް ކަމަށާއި، […]

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަނީ 

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ އިންވެސްޓަރަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. އިކޮނަމިކް މިނިސްޓްރީން ވަނީ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުގެވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ […]

ރާއްޖެ އިން އިތުރު 6,597 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު6,597 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 4,994 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,603 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 94 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 94 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 7 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 80 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,666 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,350އެކްޓިވް ކޭސް ހިމެނޭއިރު، 127 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

ޝާހީ އާއިލާގައި ނަސްލީ އިމްތިޔާޒެއް ނެތް: ޕްރިންސް ވިލިއަމް

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި ނަސްލީ އިމްތިޔާޒު ގެންގުޅޭކަމަށް ވިދާޅުވެ ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން ދެއްކެވި ވާހަހަކަފުޅަށް ހެރީގެ ބޭބޭފުޅު ވިލިއަމް ރައްދު ދެއްވައި ޝާހީ އާއިލާތެރޭގައި ނަސްލީ އިމްތިޔާޒެއް ނޯންނަކަމުގައ ވިދާޅުވެއްޖެއެވެ. މެގަންގެ ތުހުމަތުތަކަށް ޖަވާބު ދެއްވި ޝާހީ އާއިލާގެ ފުރަތަމަ ބޭފުޅަކީ ޕްރިންސް ވިލިއަމްއެވެ. ޝާހީ ޢާއިލާތެރޭގައި ނަސްލީ އިމްތިޔާޒުގެ ކަންތައް އުޅޭކަމަށް ވިދާޅުވެ މެގަން ވާހަކަފުޅުދެއްކެވުމުން ޝާހީ އާއިލާއަށް ވަރަށް ބޮޑު ލޮޅުމެއް އެރުމުގެ އިތުރަށް އިނގިރޭސިވިލާތުގެ އިތުރަށް މުޅިދުނިޔެއަށް ކުއްލި […]

މާފަރުން މުންބާއީ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތަށް ފަށަނީ

  މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ މުމްބާއީއަށް ދަތުރުތައް ފެށުމަށް ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން ބުނީ މާފަރު އެއަރޕޯޓާއި މުންބާއީއާ ދެމެދު ކުރުމަށް ހަމަޖައްސާފައިވާ ދަތުރުތައް ކުރުމަށް އެ އެއަރލައިނުން ތައްޔާރުވެފައި ވާކަމަށާ މި ދަތުރުތައް މިއަންނަމަހު 13 ވަނަ ދުވަހު ފަށާނެކަމަށެވެ. މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ހަފްތާއަކު ތިން ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މޯލްޑިވިއަނުން ކުރިން ކުރަމުންދިޔަ ބޭރުގަމުގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ. އެ […]