ޢާމިރު ޚާން މީސްމީޑިއާއަށް އަލްވަދާއު ކިޔައިފި

Loading

Facebook
Twitter
WhatsApp

މޮޅު ހިންދީ ފިލްމުތަކެއް ކުޅެ، މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފިލްމީ ތަރި، ޢާމިރު ޚާން މީސް މީޑިއާއަށް އަލްވަދާއު ކިޔައިފިއެވެ.

ޢާމިރު އޭނާގެ 56 ވަނަ އުފަންދުވަހުގެ އެއްދުވަސްކުރިން އިންސްޓަގްރާމުގައި އޭނާއަށް ތާއިދުކުރާ މީހުންގެ ހެއުއެދުންތަކަށް ޝުކުރު އަދާކުރިއެވެ.

ޢާމިރު އިތުރަށް ބުނެފައިވަނީ އެއީ އޭނާ މީސް މީޑިއާގައި ބޭނުންކުރާ އެންމެ ފަހު ޕޯސްޓުކަމަށެވެ. އަދި އޭނާ މީސްމީޑިއާއަށް އަލްވަދާއު ކިޔަން ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ޢާމިރު ބުނިގޮތުގައި ބެލުންތެރިންނާ ކުރިއެކޭ އެއްގޮތަށް އޭނާ ގުޅުން ބާއްވަމުންދާނެއެވެ. އަދި ”ޢާމިރު ޚާން ޕްރޮޑަކްޝަން“ގެ ރަސްމީ އެކައުންޓުން އޭނާގެ ފިލްމުތަކާ ބެހޭ މައުލޫމާތު ލިބެމުން ދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ”ލާލް ސިންގް ޗަޑާ“ގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ދުވަސްވަރު، ޢާމިރު ޚާން މީޑިއާއާ ދުރަށް ޖެހިގެން ދުވަސްތަކެއް ވާނދެން އުޅުނެވެ. އެދުވަސްވަރު އެއްގޮތަކަށް ވެސް އޭނާ މޯބައިލް ފޯނު ބޭނުންނުކުރެއެވެ. ހުރިހާ ސަމާލުކަމެއް ދީގެން އުޅުނީ ފިލްމީ މަސައްކަތަށެވެ.

ފިލްމު ”ލާލު ސިންގް ޗަޑާ“ ކުޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ފިލްމުގައި ޢާމިރުގެ އިތުރަށް މުހިއްމު ބައެއް ކުޅެފައިވަނީ ކަރީނާ ކަޕޫރެވެ. ފިލްމު އަޅުވަން ހަމަޖައްސާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް