ޝާހީ އާއިލާގައި ނަސްލީ އިމްތިޔާޒެއް ނެތް: ޕްރިންސް ވިލިއަމް

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި ނަސްލީ އިމްތިޔާޒު ގެންގުޅޭކަމަށް ވިދާޅުވެ ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން ދެއްކެވި ވާހަހަކަފުޅަށް ހެރީގެ ބޭބޭފުޅު ވިލިއަމް ރައްދު ދެއްވައި ޝާހީ އާއިލާތެރޭގައި ނަސްލީ އިމްތިޔާޒެއް ނޯންނަކަމުގައ ވިދާޅުވެއްޖެއެވެ.

މެގަންގެ ތުހުމަތުތަކަށް ޖަވާބު ދެއްވި ޝާހީ އާއިލާގެ ފުރަތަމަ ބޭފުޅަކީ ޕްރިންސް ވިލިއަމްއެވެ.

ޝާހީ ޢާއިލާތެރޭގައި ނަސްލީ އިމްތިޔާޒުގެ ކަންތައް އުޅޭކަމަށް ވިދާޅުވެ މެގަން ވާހަކަފުޅުދެއްކެވުމުން ޝާހީ އާއިލާއަށް ވަރަށް ބޮޑު ލޮޅުމެއް އެރުމުގެ އިތުރަށް އިނގިރޭސިވިލާތުގެ އިތުރަށް މުޅިދުނިޔެއަށް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ.

އީސްޓް ލަންޑަން ސްކޫލަށް ވިލިއަމްގެ ދެމަފިރިކަނބަލުން ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ދެންނެވުނު ސުއާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ އާއިލާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ އާއިލާއެއްނޫން.“

އުމުރުފުޅުން 38 އަހަރުފުޅުވީ ވިލިއަމްއަކީ ބައްޕާފުޅު ޗާލްސްއަށް ފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްކުރެވޭނެ ޝަޚްޞިއްޔަތެވެ. ޕްރިންސް ވިލިއަމްއަށްފަހު ރަސްކަމަށް އިސްކުރެވޭނީ ވިލިއަމްގެ ބޭފުޅެކެވެ. ހެރީއަށް ރަސްކަން ލިބިވަޑައިގަންނަވާނެ ގޮތެއް ނެތެވެ.

ޕްރިސް ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީގެ ދެމަފިރިކަނބަލުން އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ވަނީ ހެރީގެ އަނބިކަނބަލުންނަށް ޝާހީ ގަނޑުވަރުގައި ނަސްލީ ތަފާތުކުރުންތަކާއި ހަރުކަށި ގޮތްތަކާ ކުރިމަތިވެވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ހާމަކުރި ރިޕޯޓެއްގައި ވަނީ މެގަންގެ ތުހުމަތުތަކާ ގުޅިގެން އިނގިރޭސި ޝާހީ ގަނޑުވަރުގެ އާދަކާދަތަކަށް ފާޑުކިޔާފައެވެ. އަދި އެމެރިކާއަށް އުފަން މެގަންގެ ހިމާޔަތުގައި ވަރަށް ގިނަ ބަޔަކު ވާހަކަދައްކާފައި ވެއެވެ.

އުމުރުފުޅުން 36 އަހަރުފުޅުވީ ހެރީ ވަނީ ޝާހީ އާއިލާގެ ރަސްމީ ހުރިހާ ހައިސިއްޔަތެއް ދޫކުރެއްވުމަށްފަހު އުމުރުފުޅުންް 39 އަހަރުފުޅުވީ އަނބިކަނަބަލުން މެގަން މާކަލްގެ އަރިހުގައި އެމެރިކާގެ ކެލިފޯނިއާއަށް ހިޖުރަ ކުރައްވާފައެވެ. އެ ދެކަނަބަލުން ވިދާޅު ވަނީ އަމިއްލަފުޅު ޒާތީ ދިރިއުޅުއްވުމާ އިނގިރޭސިވިލާތުގެ ނޫސްވެރިން ބެހި ފާޑުކިޔައި ދުއްޕާން ކުރާތީ ހިޖުރަކުރެއްވީ ކަމަށެވެ. އެދެކަނަބަލުން އެހެން ވިދާޅުވިއިރު، އެމެރިކާގެ ނޫސްވެރިންނަކީ ވަކި ސަހަލު ބައެއް ނޫންކަން ވަރަށް ބޮޑަށް ފާހަގަކުރަންޖެއެވެ. ނަމަވެސް ޕްރިންސް ހެރީގެ ދެމަފިރިކަނބަލުންނަށް އިނގިރޭސިވިލާތުގެ މީޑިއާއިން ދޭ ސަމާލުކަމަށްވުރެ އެމެރިކާގައި ދެވޭ ސަމާލުކަން ކުޑަވެދާނެއެވެ.

މެގަން ވިދާޅުވިގޮތުގައި ޝާހީގަނޑުވަރުގައި އެކަމަނާ އުޅުއްވިއިރު ކުރިމަތިވެވަޑައިގަތް އެކަނިވެރިކަމާއި ވޭނީހިތާމަތަކާ ގުޅިގެން ދަންޖެހުމަށްވެސް ޚިޔާލުފުޅު ކުރެއްވިއެވެ.

ފިރިކަލުން ހެރީއާ ހަވާލާދެއްވައި މެގަން ވިދާޅުވިގޮތުގައި އެ ދެބޭފުޅުންނަށް ލިބިވަޑައިގަތް ބޭފުޅާގެ ހަންގަނޑުގެ ކުލައާ ބެހޭ ގޮތުން ވެސް ޝާހީ އާއިލާތެރޭގައި ފާޑުވިދާޅުވެފައި ވެއެވެ.

ހެރީއާ ކައިވެނިބައްލަވައިގަތުމުގެ ކުރިން ފިލްމުކުޅުއްވި މެގަންއަކީ އާއިލީ ގުޅުން ވަރަށް ވަރަށް ކުޑަ، އިޖުތިމާއީ ގުޅުން ވެސް ކުޑަ، ޝާހީ ވެއްޓެއްގައި ދިރިއުޅުއްވޭ ވަރަށްވުރެ މިނިވަންކަމާއި ”ބާރު“ ބޭނުންފުޅު ބޭކަނބަލެކެވެ.

 

 

Loading

One Response

  1. ކޮން ސާހީ އާއިލާއެއް. ތި އިގިރޭސިންނަކީ ބޯ ހަމަނުޖެހޭ މޮޔަބައެއްދޯ. ފާޑެއްގެ ދައިތަގަޑަކަށް ކަލާނގެވަންތަ ކަމުގެ ދަރަޖަ ދީގެން ދުނިޔެ އުމުރު ތިއުޅެނީ. ތި ދައިތައަށް ވަކި ކީއްވެ ދުނިޔެ އުމުރު ތިހައްޤު އޮންނަންވީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް