ލައްކަ އަކަށްވުރެ މަތިން ފައިސާ ދެއްކޭނީ އޮންލައިންކޮށް: މީރާ

އެއްލައްކަ ދިވެހި ރުފިޔާ އާއި ފަސް ހާސް ޑަލަރުން މަތީގެ ހުރިހާ މުއާމަލާތެއް އަންނަ މަހު އެކަކުން ފެށިގެން ހަމައެކަނި އޮންލައިންކޮށް ބަލައިގަންނަގޮތަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ހަމަޖައްސައިފި އެވެ. މީރާއިން ބުނީ ބޮޑެތި އަދަދުތަކުން ނެގޭ ފައިސާ އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެއްސީ ދިވެހިރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރުކުޑަކުރުމުގެ ގޮތުންކަމަށެވެ. މީރާ އިން ބުނީ އަންނަ […]

ކަންނެއްޔާއި ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި

ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ފިޝަރީޒް މިނިސްްޓްރީން ކަނޑައަޅައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ގެނެވުނު ބަދަލާ އެކު 1.5 ކިލޯ އާއި އެއަށްވުރެ ބަރު މަސް ގަންނަން ޖެހޭނީ ކިލޯއެއް 13ރ. އަށްވުރެ ބޮޑުކޮށް ކަމަށެވެ. އަދި 1.5 ކިލޯ އަށް ވުރެ ކުޑަ މަހެއް ގަނެވޭނީ ކިލޯއެއް 5.15ރ. އަށް ކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ […]

އާކްޓިކަށް ކަޅު އަހަރެއް! ރެކޯޑް މިންވަރަކަށް ގަނޑުފެން ވިރިއްޖެ!

 އާކްޓިކް ކަނޑަކީ ދުނިޔޭގެ އެންމެ އުތުރުގައިވާ، އެތަނެއްގައި ދުނިޔޭގެ ގަނޑުފެނުގެ ބޮޑު އިންސައްތައެއް ހިމެނޭ ސަރަހައްދެކެވެ. ހިނގަމުންމިދާ 2020 ވަނަ އަހަރަކީ އާކްޓިކް ކަނޑަށް ކަޅު އަހަރެއް ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ. މިގޮތުން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑަށް ގަނޑުފެން ވިރިފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށް ސައިންސްވެރިންވަނީ ލަފާ ކޮށްފައެވެ.      އެމެރިކާގެ ”ނެޝަނަލް ސްނޯ އެންޑް އައިސް ޑޭޓާ ސެންޓަރ“ އިން ބުނާގޮތުގައި، ސެޓެލައިޓްތަކުން ރެކޯޑް ކުރެވިފައިވާ މަޢުލޫމާތައް […]

ރެގިއުލަރައިޒްވާ ބިދޭސީންނަށް ހުއްދަ ދޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުން: އިކޮނޮމިކް މިނިސްޓްރީ

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ބިދޭސީންގެ ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރްއީއޭ) ދޫކުރާނީ ޑިޕޮޒިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރެގިއުލަރައިޒްވާ ބިދޭސީންނަށް ދެން އާރްއީއޭ ދޫކުރާނީ ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ބުނާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ. އެގޮތަށް އަމަލު ކުރަން […]

ކޯވިޑް19: އިއްޔެ އިތުރު 67 މީހަކު ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 67 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 2 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 65 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 34 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ […]

ނިޒާމެއް ރަނގަޅުވެދަނީ

ނިޒާމެއްވެސް ރަނގަޅުވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން، ކުރާކަންތައް ރަނގަޅުވެދަނީ ކުރާމީހުން ރަނގަޅުވެވިގެން. ރިޔާސީ ބަރުލަމާނީވެސް މިއީދެނިޒާމު ކަންއެނގިގެން، ސިޔާސަތު ހަރުދަނާގޮތުގައި އެކަންކުރެވޭނެ ގޮތްއެނގިގެން. ނިޒާމެއްގައި އެހުރިކަންކަން ބަަލައިދަސްކޮށް ހަދަންޖެހެޔޭ، ނިޒާމެއްގައި މެހުރި މޮޅުދެރަ އެނގޭނީވެސް އެކަންބެލިގެން، ވެރިންނާ ދެންތިބޭ ބަޔަކާ ތަފާތުމަޤާމު ތައްފުރުމަށް، ވެރިންވެސް ހެޔޮލަފާވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން. ދިމާއަށް ފެންނަ ގޯސްތައްވެސް އެއީގޯހެއް ކަމަށް ބުނަމުން، ދިމާކުރުމެއް ނުބާއްވާއުޅެ ލަފާބަޔަކަށް މަމެންވެވިގެން. ކުރާވެރިކަން ރަނގަޅުގޮތުގައި ކުރުން އައުލާ ވެގެންވާތީ، މުދާރުއެއީ ކަމަށްދެކިގެން އެކީއެކުގައި ހިނގަންއުޅެގެން. ކަމެއްގައިއޮތް ހެވާ […]

ގުޅީފަޅު ބައިނަލް އަގްވާމީ ބަނދަރު

މިދުވަސްކޮޅު ރާއްޖޭގެ ނޫސްތަކުން ފެންނަ އެންމެ ފަލަ އެއްސުރުޚީއަކީ ގުޅީފަޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ހެދުމާމެދު ޢާންމުންގެ ޚިޔާލަށް ހުޅުވާލާފާއޮތް ޚަބަރެކެވެ. އެހެންކަމުން މިކަމުގައި އަޅުގަނޑަށް ފެންނަ ޚިޔާލެއްވެސް ފާޅު ކުރުމުގެ ފުރުސަތު ލިބިފައިއޮތީމާ ގިނަބަޔަކަށް ފެންނާނެގޮތަކަށް އަޅުގަނޑުގެ ޚިޔާލު ފާޅުކުރަން ގަސްދުކުރީއެވެ. ބައިނަލް އަގްވާމީ ބަނދަރެކޭ އޮތީމާ އަޅުގަނޑު ގަބޫލުކުރަނީ މިދައްކަނީ ބައިނަލް އަގްވާމީ ބަނދަރުތަކަށް ކަނޑުދަތުރު ކުރާ އުޅަނދުފަހަރަށް ބޭނުންވާ ތަފާތު ޚިދުމަތަތަކާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވަން ގަސްދުކުރާތަނެއް ކަމުގައެވެ. ވަގުތުފާއިތުވެ މާބޮޑަށް […]

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ

ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުޙަލާތައް ކަޑައްތުކުރަން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މިމަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހާ ރަނގަޅުކަމަކާއި ލިބޭ ހުރިހާ ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިނގާ ހުރިހާ ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ […]

ބަނގުރާ އުފުލި ޕިކަޕެއްހުޓުވުމުން ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީފި

މާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާ އާއެކު ދަތުރުކުރި ޕިކަޕެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި ބިދޭސީން ތަކެއް ފުލުހުންނަށް ހަމަލާދީފި އެވެ. ފުލުހުން މިއަދު ވިދާޅުވީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮފަރޭޝަނެއްގައި ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ބަލައި ފާސްކުރަން އެ ޕިކަޕް ހުއްޓުވަން މަަސައްކަތް ކުރުމުން އޭގެއިން ދަތުރުކުރި ބިދޭސީންތަކެއް ފިލަން މަސައްކަތް ކޮށް ފުލުހުންނަށް ހަމަލާދީފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އެ ޕިކަޕްތެރެއިން ބަލައި ފާސްކޮށް ގިނަ […]

ކުޑަކުދިންނަށް ޖިންސީގޯނާކުރުން ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފި

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅައިފި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ގާނޫނު ތަންފީޒުކުރުމުގައި ގާނޫނީ ގޮތުން ދިމާވެފައިވާ ދަތިތައްހައްލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލަށް މުހިންމު އިސްލާހުތައް ގެނެސް އެ ބިލު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އިއްޔެގައެވެ. މި އިސްލާހުގެ ތެރޭގައި ”ޖިނާއީ ބޮޑު ކުށެއް“ ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރޭގައި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ […]