ނިޒާމެއް ރަނގަޅުވެދަނީ

Loading

Facebook
Twitter
WhatsApp

ނިޒާމެއްވެސް ރަނގަޅުވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން،

ކުރާކަންތައް ރަނގަޅުވެދަނީ ކުރާމީހުން ރަނގަޅުވެވިގެން.

ރިޔާސީ ބަރުލަމާނީވެސް މިއީދެނިޒާމު ކަންއެނގިގެން،

ސިޔާސަތު ހަރުދަނާގޮތުގައި އެކަންކުރެވޭނެ ގޮތްއެނގިގެން.

ނިޒާމެއްގައި އެހުރިކަންކަން ބަަލައިދަސްކޮށް ހަދަންޖެހެޔޭ،

ނިޒާމެއްގައި މެހުރި މޮޅުދެރަ އެނގޭނީވެސް އެކަންބެލިގެން،

ވެރިންނާ ދެންތިބޭ ބަޔަކާ ތަފާތުމަޤާމު ތައްފުރުމަށް،

ވެރިންވެސް ހެޔޮލަފާވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން.

ދިމާއަށް ފެންނަ ގޯސްތައްވެސް އެއީގޯހެއް ކަމަށް ބުނަމުން،

ދިމާކުރުމެއް ނުބާއްވާއުޅެ ލަފާބަޔަކަށް މަމެންވެވިގެން.

ކުރާވެރިކަން ރަނގަޅުގޮތުގައި ކުރުން އައުލާ ވެގެންވާތީ،

މުދާރުއެއީ ކަމަށްދެކިގެން އެކީއެކުގައި ހިނގަންއުޅެގެން.

ކަމެއްގައިއޮތް ހެވާ ނުބަޔާ ބަލަންޖެހެޔޭ ވަރަށްރަނގަޅަށް،

ކަމެއްއޮތްގޮތް އެނގޭނީވެސް ނިކަންވިސްނައި ބަލައިލެވިގެން.

ދިމާވެއެކި ވަރުގެމަސްއަަލަ ތަަކަށްހައްލެއް ލިބޭނެގޮތެއް،

ބަލައިހޯދަން އެނގޭނީވެސް ފިލާތަންދޮރު އެކަންއެނގިގެން.

ތެތާހުރެގެން ހަލޭއްލުމަކުން ހިކޭނެގޮތް ނުވެސްއޮވެޔޭ،

ތިމާމެން އަހުލުވެރި ވާންވީ ހިނގާދާށޭ ނިޒާމައިގެން.

 

Loading

One Response

  1. ކޮންމެ ނިޒާމެއް އޮތަސް ކަންކުރެވޭވަރުގެ ތަޖުރިބާ ޢިލްމީ ގާބިލުކަން ނެތް ބަޔަކަށް ވާނެ އެއްކަމެއްވެސް ނޯންނާނެއެވެ. މަސްނުބޭނުނީމާ ގޯސްކުރާނީ ކަނޑެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް