ނިޒާމެއް ރަނގަޅުވެދަނީ

ނިޒާމެއްވެސް ރަނގަޅުވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން، ކުރާކަންތައް ރަނގަޅުވެދަނީ ކުރާމީހުން ރަނގަޅުވެވިގެން. ރިޔާސީ ބަރުލަމާނީވެސް މިއީދެނިޒާމު ކަންއެނގިގެން، ސިޔާސަތު ހަރުދަނާގޮތުގައި އެކަންކުރެވޭނެ ގޮތްއެނގިގެން. ނިޒާމެއްގައި އެހުރިކަންކަން ބަަލައިދަސްކޮށް ހަދަންޖެހެޔޭ، ނިޒާމެއްގައި މެހުރި މޮޅުދެރަ އެނގޭނީވެސް އެކަންބެލިގެން، ވެރިންނާ ދެންތިބޭ ބަޔަކާ ތަފާތުމަޤާމު ތައްފުރުމަށް، ވެރިންވެސް ހެޔޮލަފާވެދަނީ އުޅޭމީހުން ރަނގަޅުވެވިގެން. ދިމާއަށް ފެންނަ ގޯސްތައްވެސް އެއީގޯހެއް ކަމަށް ބުނަމުން، ދިމާކުރުމެއް ނުބާއްވާއުޅެ ލަފާބަޔަކަށް މަމެންވެވިގެން. ކުރާވެރިކަން ރަނގަޅުގޮތުގައި ކުރުން އައުލާ ވެގެންވާތީ، މުދާރުއެއީ ކަމަށްދެކިގެން އެކީއެކުގައި ހިނގަންއުޅެގެން. ކަމެއްގައިއޮތް ހެވާ […]