ސިޔާސީ 3 ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި
އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ސިޔާސީ 3 ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ޖޫރިމަނާކޮށްފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި, ދަ ޑިމޮކްރެޓްސްއެވެ. ެޭރޭގެވަގުތެއްގައި އީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ 3 ޕާޓީ 50,000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ […]
ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒު އިންޑިއާ ސަފީރާ މަޝްވަރާ ކުރައްވައިފި
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު, ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މުނޫ މަހާވަރް އިއްޔެ ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާކަހަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެއިތުރުން އިންޑިއާއިން […]
ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކޮށް ސިއްރުކޮށްފައިވާތާ 3 ހަފުތާ
ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލު ހިމަނައިގެން މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު ނެރޭ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް“ އާންމު ނުކުރާތާ 3 ހަފުތާވެއްޖެއެވެ. އެންމެ ފަހުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުން ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ލިބުނު އާމްދަނީ ވަނީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބިލިއަނެއްހައި ރުފިޔާ އިތުރުވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި 15.4 ބިލިއަން ރ. ލިބުނުއިރު, މިއަހަރުގެ މު މުއްދަތުގައި ލިބުނީ 16.4 ބިިލިއަން […]
އެމްއެމްޕީއާރްސީ ޚިޔާނާތަކީ ”ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓެއް“ : ޔާމީން
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތަކީ އެމަނިކުފާނުގެ ވެރިކަމުގައި ”ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓް“ އެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މައްސަލައިގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ ބޮޑުންގެ ތެރެއިން މަދު މީހަކު ނޫނިއްޔާ ޚިޔާނާތުގެ […]
ރާއްޖޭގެ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކު އެއްވެސް ކަމެެއް ނުކުރޭ
ރާއްޖޭގެ ޒުވާނުންގެ އާބާދީގެ %19 ޒުވާނުން ނުވަތަ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކަކީ ތައުލީމު ހާސިލުނުކުރާ, ވަޒީފާއެއް އަދާނުކުރާ އަދި ތަމްރީނެެއް ވެސް ހަދަމުންނުދާ މީހެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން, 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 53,537 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 27,625 ފިރިހެނުންނާއި, 25,912 އަންހެނުންނެވެ. މި […]
ޗައިނާ(ސިޝުއާން)–މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް
ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސްއާއި ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް ބާއްވަން ނިންމައި އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވައިލައިފިއެވެ. ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި, ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އަންނަ އޮގަސްޓް މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި […]
ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފި
ދިވެހިރާއްޖެއިން މިވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން އޮޅުންފިލުއްވައި, އެ ކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެން އޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. ދެގައުމުގެ ދެމެދުގައި އޮންނަ […]
ރައީސް ޑރ. މުޢިއްޒު, އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަންނަ އޮގަސްޓުމަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެގްރީމަންޓްތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ […]
ޕީޕީއެމް-ޕީއެންސީއާއި ރައީސް މުޢިއްޒަށް ހެއްދެވިނުހެއްދެވިއަށް ގޮވި ނިހާދަށް “ސްޓޭޓް މިނިސްޓަރުކަން“
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި ޕީޕީއެމް-ޕީއެންސީއާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ހެއްދެވިނުހެއްދެވިއަށް ގޮވައި އެންމެ ގަދަޔަށް ފާޑުވިދާޅުވި އެއް ބޭފުޅާ ކަމުގައިވާ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު, ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު, ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖެއްސެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވި ނިހާދު, ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ޕީއެންސީއާ […]
މައްސަލަ ބަލައި އަދަބުދޭން ރައީސް ވިދާޅުވިއިރު, ޚިޔާނާތުގެ ލިސްޓުގައި “އަސްލު ރައީސާއި“, ނައިބާއި, ވަޒީރުން
“އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި, ރައްޔތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެތެރެއަށް ބަލާައިރު, އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ, އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް, އެ މީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ, އެ ފައިސާ ރައްޔިތުންނަށް ހޯދުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން.“ ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުޙައްމަދު ވިދާޅުވިއެވެ. ޚިޔާނާތުގެ ފައިސާ ހޯދަން “ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން“ ކަމަށް […]