ރައީސް މުޢިއްޒު ލާމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ އަތޮޅަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެވރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް […]

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ މި […]

އަދުރޭއާއި އަދުރޭގެ ދަރި ފައިސަލް ވެސް ވަޒީރުކަމަށް ކޮލިފައިނުވޭ: ޖަމީލު

ވަޒީރު ފެންވަރުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ މުޝީރުކަމުގައި ހުންނެވި ޢަބްދުުއްރަޙީމް (އަދުރޭ) އާއި އޭނާގެ ދަރިފުޅު, ފަތުރުވެރިވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވަޒީރުކަމަށް ކޮލިފައި ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ޖަމީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއްގެ ވާހަކަދެއްކުމުގެ ފެންވަރު ހުރި ވަރާމެދު އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކެމްޕޭން ޖަލްސާގައި ޕީއެންސީގެ ކެންޑިޑޭޓް […]

ޕީއެންއެފް އުުފެއްދުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 8 ގައި, ޔާމީން ބައިވެރިވެވަޑައިގަންނަވާނެ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުުފެއްދުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީޙު ޖަމާލު މިއަދު މީޑިއާތަކަށް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް މި މަހު 08 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. “ޕީޕަލްސް ނެޝަނަލް ފްރަންޓު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މއ.ކާމިނީހުޅަނގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ‏ބާއްވާ […]

ގިރާވަރުފަޅުން ދޫކޮށްފައިވާ 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބުނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ. އެގޮތުން މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ […]

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ގެކޮޅު, ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ. އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އޯކިޑުމަގުގައި ހުންނަ ހިލާލީގެއަކީ ނައިބު ރައީސުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާއިރު ދިރިއުޅުއްވުމަަށް ޚާއްސަކޮށްފައިވާ ގެކޮޅެކެވެ. ނައިބު ރައީސް މިހާތަނަށް ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލުނުކުރައްވައި މަޑުކުރެއްވީ ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދިއުމާ ގުޅިގެންނެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ހިލާލީގޭގައި ދިރިއުޅުއްވިއެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ވެސް […]

ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލައިފި

ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދެ މީހަކު ފިލައިފިއެވެ. ފުލުހުން މިއަދު ބުނީ އިއްޒުއްދީންމަގުގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގެ ރިޕޯޓުކުރީ ރޭ 23:17 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ. އެއީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]

ހުޅުމާލެ 3 ވަނަ ފިޔަވަހި: 15 ހެކްޓަރުގެ ބިން ހިއްކައި ނިމއްޖެ

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް އެޗްޑީސީއިން މިއަދު ބުނެފިއެވެ. އެޗްޑީސީއިން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައި ކަމަށެވެ. މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅުތެރެއިން ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ފެށީ މިދިޔަ ޑިސެމްބަރުގައެވެ. މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ […]

ޕީއެންއެފް އުުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަދީފި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. އީސީއިން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ‏ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ […]

އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ

އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ. ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިއަހަރު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު […]